އެމްއެންޑީއެފްގެ އިސް ފަރާތްތަކާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ބައްދަލުކުރައްވައިފިއެވެ.
ސިފައިންގެ މައި އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމް އާއި އެމްއެންޑީއެފްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ނަމަވެސް މި ބައްދަލުވުމާއި ގުޅޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފް އިން ހާމަކުރައްވާފައެއް ނުވެއެވެ.
Defence Minister Uza. Mariya Ahmed Didi, MNDF ge Leadership aa eku Miadhu Beyvvevi Badhdhalukurevvumuge Therein pic.twitter.com/phENubajL9
— Maldives National Defence Force (@MNDF_Official) November 18, 2018
ސިފައިންގެ އިސް ފަރާތްތަކާއި ޑިފެންސް މިނިސްޓަރު ބައްދަލުކުރެއްވިއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ސިފައިންގެ އިސް މަގާމުތަކަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޑިފެންސް މިނިސްޓަރު ކަމަށް މާރިޔާ އައްޔަން ކުރައްވާފައިވާއިރު، އެކަމަނާ އަކީ ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރެވެ.
ގާނޫނީ ދާއިރާއިން ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި މާރިޔާ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރެއްވުމާއި ހަމައަށް އެމަނިކުފާންގެ ތަރުޖަމާނެވެ.
ކަންވާ ގޮތެއް ބަލަންތިބެމާ؟ އެހެން ފަރާތެއްނަމަ ޚިޔާލެއް ފާޅުކޮށްލިޔަސް.....
ހެހެހެ ޑިފެންސް މިނިސްޓަރު .ވ.ގާބިލްވާނެ
ޜަގަޅަށް ގޮސްފިއްޔާ ރަގަޅު އެކަނާ ޤާބިލް ކަމަށް ވިޔަސް މުޅި ޤައުމުގެ ޑިފެންސް މި އޮތީ އަންހެން ކަބަލެއްގެ އަތްމަތީ އެއާޕޯޓް ވިއްކާލި ގޮތައް ވިއކާއި ނުލާއި ފިއްޔާ ކިތަހާ ވެސް ރަގަޅު
އިންސާނާއަށް އިމްތިޙާނެއްގެ ގޮތުގައި ހިނދު ކޮޅަކަށްނަމަވެސް ބާރުވެރިކަން ލިބެނީ، ކަނޑައެޅިފައިވާ ވަކިލިމިޓެއްގައެވެ. މާރިޔާއަކީ، ރައްޔިތުންގެ ކުރިމަތީގައި ޤާނޫނު އަސާސީގައި ކޮޅުފައިން ޖަހައި އިހާނެތިކޮށް ހިތްތަވާފައިވާ ބޭފުޅެކެވެ.
ޤާނޫނު އަސާސީއަށް ކޮޅުފައިން އެރި ޑިފެންސް މިނިސްޓަރ ފެނުނަސް ލަދުގަނޭ
ރަގަޅުވާނީ މާރިޔާވަރަށް! ގާނޫނުއަސާސީގެ މައްޗަށް ކޮޅުފައިން އެރި ޑިފެންސް މިނިސްޓަރ މި ލަގަބު ރަގަޅު ދޮގެއްތޯ
އެމްއެންޑީއެފްއަށްވެސް އަރުއްވާނީ ފައިން........ މަޖިލީހުގައި ހެދި ފަދައިން
ޤާނޫނު އަސާސީ އަށް ފައިން އެރި ގޮތަށް، ދިވެހިރާއްޖޭގެ މިނިވަން ކަމާ އިސްތިޤްލާލަށް ފައިން ނުއަރައިފިއްޔާ ވެދާނެ......!!!
ކަންވާ ގޮތެއް ބަލަންތިބެމާ؟
ފިލައިގެންދިޔަ " ފިދަނަ"ތަކާތޯ ބައްދަލުކުރައްވަނީ؟