މުވައްޒަފުންނަށް އެންމެ ކުޑަ އަދަދަކަށް ދެވޭނެ މުސާރަ 5،000 ރުފިޔާއަށް ހަދަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.
2019 ވަނަ އަހަރުގެ ދައުލަތުގެ ހަރަދުތަކަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގެ ފުރަތަމަ މަރުހަލާގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އަނާރާ ވިދާޅުވީ ބައެއް މަސައްކަތު މީހުންނަށް ލިބޭ މުސާރަވެސް ސަރުކާރުންދޭ އެލަވެންސްތަކަށް ވުރެ ކުޑަ ކަމަށެވެ.
މިގޮތުން އަނާރާ ވިދާޅުވީ ބައެއް މަސައްކަތު މީހުންނަށް ލިބޭ މުސާރައަކީ ގާތްގަނޑަކަށް 3،000 ވަރަކަށް ރުފިޔާ ކަމަށެވެ. ސަރުކާރުގެ ބައެއް ވަޒީފާތަކުގެ އެލަވެންސްތަށްވެސް އެއަދަދަށް ވުރެއް ބޮޑު ކަމަށެވެ.
"ސަރުކާރުގެ ފަރަތުން އެކި ފަރާތްތަކަށް ލިބޭ އެލަވެންސް ވެސް އެބަ އުޅޭ 5000 ރުފިޔާގައި. އެހެންކަމުން މިނިމަން ވޭޖެއް އެބަ ޖެހޭ ކަނޑައަޅަން،" އޭނާ ވިދާޅުވިއެވެ.
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ލިބެނީ އެކަށީގެންވާ އެލަވެންސެއް ނޫންކަމަށާއި ،ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުންނަށް ލިބޭ އެލަވެންސް ބޮޑު ކުރަން ޖެހޭ ކަމަށްވެސް އަނާރާ ވަނީ ފާހަގަކުރައްވާފައެވެ.
އަނާރާ މިހެން ވިދާޅުވެފައި ވާއިރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުންގެ އެލަވެންސް ބޮޑުކުރުމަށް ބިލެއް ހުށަހަޅާނެ ކަމަށް ވިދާޅުވެފައެވެ.
މުވައްޒަފުންނަށް ލިބޭ އެންމެ ކުޑަ މުސާރައެއްގެ ގޮތުގައި 5000 ރުފިޔާ ކަނޑައަޅަން ތާއިދުކޮށް އަނާރާ ވާހަކަ ދެއްކެވި އިރު މިހާރު އެންމެ ދަށް ވެގެން ދެވޭނެ މުސާރައެއް ރާއްޖޭގައި ކަނޑައަޅާފައެއް ނޯވެއެވެ.
ކުލި ކުޑަކުރަންވެސް ޖެހޭ... 5000 އެންމެ ކުޑަ މުސާރަ.. 15000 އެންމެ ކުޑަ ކުލި.. ދެން ކިހިނެއް އުޅޭނީ
އަނާރާ އިސްތިއުފާ
އަޅުގަނޑުމެންގެ އޮފީހުގެ އެންމެބޮޑު މުސާރައަކީ 45000 އަދި އެންމެ ކުޑަމުސާރަ ގާތްގަޑަކަށް 4000 ވަރަށް ތަފާތު ބޮޑު، ވަކި އޮނިގަނޑެއް ހަދައިގެން ކުރީ ސަރުކާރު މީހުން ޖަހާފައޮތް ސަކަރާތްތައް ބެއްލެވުމަށްފަހު މުސާރަ މުރާޖަޢާ ކުރުމަށް ގޮވާލަން
ތިއީ ވަރަށް ރަނގަޅު ކަމެއް ސާބަސް އަނާރާ.
ތިޔަކަންތެންނުވާނެ ތިޔާ އެއްވެސްސަރުކާރަކުން ކުރަންބޭނުންނުވާކަމެއް
ހާދަ އުފާ ވެއްޖެޔޭ މުސާރަ 5000ރ ހަމަ ޖައްސަން ހަމަ އެކަނި ވާހަކަ ދެކެވުނީތީ އަސްލުވެސް ތިންމަހުން ލާނެ ހެދުމެއް ނުގަނެވޭ،ޓީވީ ވައިފައި އަގުބޮޑު ފޯނު މިކަހަލަ ހުރިހާ ކަމަކުން މަހުރޫމް ވެގެން ވެސް މުސާރަ ކުޑަކަމުން ދެކޮޅު ނުޖެހޭ އަސްލު ވަރަށް ދެރަވޭ ރ
ބޮޑު މުސާރަވެސް ހިތްވަރެއް ނުވަތަ އިހްލާސްތެރިކަމެއް ހުރިއްޔާ ކަނޑައަޅާބަލަ. މިބުނީ މެމްބަރުންގެ. ޜީތި ނަންނަމުގަ ޙުސްވަގުން ހުރިހާ ދިމާލެއްގަވެސް.
ވަރަށް ރަނގަޅު ވާހަކައެއް
އަހަރެން މިއީ ވަގުތީ ޓީޗަރަކަށް މަސައްކަތް ކުރިމީހެއް މުސާރަޔަކީ 4500 ރުފިޔާ އެކަމަކު ދާއިމީ ޓީޗަރެކޭ ތަފާތެއްނެތި މަސައްކަތް ކުރަން އަސްލު ލިބޭއެއްޗަކުން ދެކޮޅުނުޖެހޭ
މައުލޫމާތު ކަމަކު ނުދޭ . މުސްކުޅީންނަށް 5000.00ރފ މަސައްކަތް ކުރާ މީހުންނަށް 5000.00ރފ ކަމަކު ނުދޭ މުސާރައިގެ އެންމެ ދަށް މިންވަރު ކަނޑަ އަޅަންވީ 8000.00ރފ އަށް.
ޢަހަންނަކީ މި ސަރުކާރަށް ތާއީދުކުރާ މީހެއްނޫން. ނަމަވެސް އަނާރާ އެބުނަނީ ރަނގަޅު ވާހަކައެއް. މިހާރު ލިބެނީ މުސާރައަށް 3000 އާއި 4500 ގެ ދެމެދު މުސާރައެއް. ދެން 5000 އައް ހެދީމަ މުސާރަ ބޮޑޭ ވާނީ. ތިކަހަލަ ނުވިސްނޭ މީހުންނޭ މި ރާއްޖެ ފަސާދުމިކުރަނީ. ރަނގަޅަށް ހަބަރު ކިޔާފަ މީހުންނާ ދިމާލަށް ހަޅޭލަވާބަ.
އުނހު! ކަލޭމެން އަމިއްލައަށް އަމިއްލަ މުސާރަ ކަނޑައަޅައިގެން ކައިގެނަ ތިބޭ. ކަލޭމެންގެ މުސާރަ އަދިވެސް ކުޑައީ. މަށަށްފެންނަނީ މީހަކަށް ދުވާލަކަށް މިލިއަނެއްދޭ. އެވަރުން ވާނެތަ؟
އަނަރާ އުސްތާޛާ. ދިވެހިރާއްޖޭގައި މިނިމަމް ޥޭޖަރސް ބިލެއް މިހާރުން މިހާރަށް ފަސްކޮްފަ ޤަނޫނަކަށް ހަދަންވެއްޖެކަން އަދިވެސް ހަމަ ނޭންގެނީބަ އޭ ހިތަށް އަރާ
އޮޅުވާލަންނޫޅޭ! ވަޢުދުވެފައިވަނީ އެންމެ ދަށްމުސާރަ 10000 ރުފިޔާއަށް ހަދާ އޯވަޓައިމްގެ ލިމިޓް ކަނޑާލާނޭކަމަށް! އޭރުން 20000 ރުފިޔާ ނުލިބޭ މުވައްޒަފަކު ނޫޅޭނެ! ނުވާނެ މިކަމެއް!!!
އަސްލުވެސް ތިކަން ކުރަންވެއްޖެ. ޢެކަމް އިބުރާހީމަކަށްވެސް ތި އަޑެއް ނުއިވޭނެ ޔާމީނުއަކަށްވެސް ނުއިވުންވީޔަ
މުސާރަ ކަނޑައަޅާކަށް އަނާރާ އކަށް ނޭގޭނެ. މުސާރަ ކަނޑައަޅަން އެގޭނީ ވަޒީފާދޭފަރާތަށް.
މޯލްޑިވިސް ޕޮލިސް ސަރވިސް ގެ ސިވިލް މުވައްޒަުންގެ ފެށޭ މުސާރަ އަކީ 3000 މަސައްކަތު އަދި އެޑްމިން މުވައްޒަުފުންނަށް ވެސް ހަމަ އެއްމުސާރައެއް. މިމިސަރައަށް 08:00 އިން 16:00 އަށް މަސައްކަތް ކުރަން ޖެހޭ... ޕޮލިސް ސަރވިސް ގައި މަސައްކަތު މީހާއެކޭ ކިޔަވައިގެން އެޑްމިން މަސައްކަތް ކުރާ މުވައްޒަފު އެއްހަމައެއް.....
މީހުން ދިރިއުޅޭ ތަންތަނުގެ އަގު ކަނޑައެޅުމުގެ އުސޫލެއްނެތި އަދި ވިޔަފާރި އަގުތަށް މޮނިޓާކުރާނެ އުސޫލެއްނެތި މުސާރައިން އެންމެ ފުކެއް ބޮޑުވިޔަސް މާދަމާ ގޭކުއްޔާ ކާބޯތަކެތި އަގުބޮޑުކޮށްލާނެ!
ފަސްހާސް ރުފިޔާއިން އުޅެނީ ކިހިނެތް؟ އެއް ކޮޓަރީގެ އެޕާރޓްމެންޓެއް ލިބެނީ އެންމެ ކުޑަކޮށްވެސް ދިހަހާހަށް!
ސަރުކާރު ޔުނިވަރސިޓިއެއްގެ ކޯސްފީވެސް މަހަކު ތިންހާސް އަރާ!
ސިވިލްސާރވިސްގެ އެކި އިދާރާތަކުގަ އެއް ރޭންކިންގަ ތިބޭ އެކި މުވައްޒަފުންނަށް ލިބެނޭ އެކިވަރުގެ މުސާރަ! މީގެން ކަމަކަށް ވިސްނާނުލާ ހަމަ ވޯޓު ހޯދަން ރައްޔިތުންގެ އިހުސާސްތަކާއި ކުޅެނީ!
އަޅުގަނޑުސުވާލުކޮއްލަން ދިވެހިރައްޔިތެއްގެ ހައިސިއްޔަތުން އަނާރާއާ ބާޒާރުގެއަގުތައްމިހުންނަ ވަރުން އަނާރާއައް މަހަކު 5000ރުފިޔާއިން ފުއްދޭނެތޯ ތިބޭފުޅުން 850000ރުފިޔާއިންނުވެގެން ފިތާލާކޮއްމެ ފިތަކައް 3000000 މިލިޔަނަގަމުންތިދުވަނީ ރައްޔިތުމީހާ 5000 ރުފިޔާއިން ފުދެންޖެހޭ ތީބޮދުޖޯކެއްނުން ކަލޭމެންނައްކެވޭވަރުމަދީ އަހަރެންހތައް އަރާ ބުރުގާއަޅީ ކޯޗެއްފޮރުވަން ބާވައޭ ލަދުހަޔާތްކުޑަވީމަ އަނގަގަނޑު ތަޅުވަނީ އަހަރެންމިކުރިސުވަލައް ޖަވާބުދެއްވަންޖެހޭނެ
އަނާރާ އިސްތިއުފާ. ކުލި ކޮންޓްރޯލް ނުވެ އެވަރުންވެސް ދެރަނިކަމެތިމީހާގެ މުސާރަ ހަދާލަން ތިއުޅެނި ކޯންޗަކަށް އަނާރާ.މިވެސް އިންސާނުންނޭ. ހަމަ މިހާރުން މިހާރަށް ކަމަނާ އިސްތިއުފާދިނުން ރަނގަޅީ
ރައީސްޔާމީން ހޯދައިދިން އެތިކޮޅު ހުސްވަންދެން ފޮނުނެގޭނީ. ދެން ދާނީ ގެނބިގެން. ބަލަން ތިބޭތި!
މެމްބަރުންގެ މުސާރާ އެއްވަރައް ބޮޑުކުރަން ފެނޭ... ނޫނީ މެމްބަރުންގެ މުސާރަ ކުޑަކުރަން...
ބުމަ ހަދާލެވޭވަރުގެ މުސާރަ އަކަށް ވޭތޯ ބަލައްޗޭ އައްނާރާ.
އެއްކަމެއްވެސް ނުވާނެ. ތިޔޮތީ ދެން ރާކަނިމަސް ކެވިފަ. ކެކެކެކެ?.
ކުލި ކުޑަ ކޮށްބަލަ ކަމެއްކުރަންޏާ...:މުސާރަ ބޮޑުކޮށްލާއިރަށް މާލޭ މީހުން ހާަދަ އަވަހަކަށް ތެޅި ގަންނާނޭ
އެޔާއިއެކު މަޖިލިސް މެންބަރުންގެ މުސާރަ ކުޑަ ވެސް ކުރަން އެބަޖެހޭ 15000ރ އަށް، އެލަވަންސް 5000ރ އަށް!
މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރަންފެނޭ. އެންމެ މަތިވެގެނަ 20000 ރަގަޅުވާނެ މެންބަރުންނަށް. ކަމެއްކުރާބައެެނޫން ތިޔަބައި ގަނޑުތީ. ހަޅެލަވާ ހައިޖާނުހަދާ. ގިނައިންލިބޭ ކޮޅަކަށް ވިކޭބައެއްތީ.
ދެން މުއަށްޒަފުންގެ މުސާރަ ބޮޑުކުރޭ.
ނުކުލެދުން ތެރިކަން ހުރި ފަރާތް ތަކުގެ އެލަވަންސް ބޮޑުކުރުމާ ބެހޭ ގޮތުން ވާހަކަ ނުދަކަނީ ކީވެބާ
ކަލޭ ފަސްހާސް ރުފިޔާއިން 1މަސް ދުވަހުގެ ހަރަދު ފުދޭތަ
އެކަނި ވެރި މައިން ނަށް ކަމެއް ނުކޮށް ތިބެ -/10000ރ. ހޭބޯނާރާ ސަރުކާރަށް ޚިދުމަތް ކުރާމީހުން ނަށް -/5000ރ. މިއީ ހަމަ ހަމަ ކަން ބާވައެވެ.