މިއަދަކީ ދިވެހި ރާއްޖޭގެ ދުސްތޫރީ ތާރީހުގައި އައި ވަރަށް ކަޅު ދުވަހެއް ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
އަލީ ހުސެއިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ ރާއްޖޭގެ ދުސްތޫރީ ތާރީހުގައި އައި ކަޅު ދުވަހެއް ކަމަށާއި ރޭގަނޑު އެންމެ އަނދިރި ވަގުތު އަންނާނީ ފަތިސް ވުމުގެ ކުރިން ކަމަށެވެ.
Miee dhivehi rajjeyge dhosthooree thaareekhugai ai varah kalhu dhuvaheh. Reyganduge enme andhiri vaguthu annanee fathis vumuge kurin.
— Ali Hussain (@AleeVoice) March 13, 2018
މިއަދު ރައްޔިތުން މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު ފާސްކޮށްފައިވާތީ އެއަށް އިޝާރާތް ކުރައްވާ އަލީ ހުސެއިން އެގޮތަށް ވިދާޅުވެފައިވާއިރު މިއަދުގެ ޖަލްސާގައިވެސް އިދިކޮޅު ފަރާތްތަކުން ބައިވެރިވެ ވަޑައެއްނުގަންނަވައެވެ.
މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ޗެމްބަރަށް ވަދެވަޑައިގެންފައިވަނީ 40 މެންބަރުންނެވެ.
މިއަދު މަޖިލީީހުން ފާސް ކުރި ފަނޑިޔާރުންގެ އިސްލާހުގެ ބިލުގައި ވަނީ ފަނޑީޔާރެއްގެ މައްޗައް ޖިނާއީ ހުކުމެއް ސާބިތުވެއްޖެ ކަމަށް ކޯޓަކުން ހުކުމެއް ކޮށްފިނަމަ ފަނޑިޔާރުކަން ގެއްލޭނެ ކަމަށެވެ. އަދި އެންޓި ޑިފެކްޝަން ބިލްގައިވަނީ ޕާޓީގެ ޓިކެޓްގައި ވާދަކޮށް ދައުރު ނިމުމުގެ ކުރިން އެހެން ޕާޓީއަކާ ގުޅިވަޑައިގެންފިނަމަ ގޮޑި ގެއްލޭނެ ކަމަށެވެ.
އެއީކީއްވެހޭ އަލީހުސައިނޫ ބަޔަކުމީހުންގެ ވިހަ ވިޔަފާރި ހުއްޓުމަކަށް އައީމަތޯ
މިއަދަކީ ޑިލް ހަދާ މީހުން ނައް ކަލު ދުވަހަކައް ވެދާނެ
5 އަހަރައް ކެންދޫ ދާއިރާއައް އަލީހުސޭނު ހޮވުން އެއީ އެދާއިރާއައް ކަޅު 5 އަހަރު.
ކެންދޫދާއިރާގެ ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ހިތާމައަކީ އަދި އެ ރައްޔިތުންނަށ މިހާތަނަށް އައި އެންމެ ނޮހޮރުއްޕާންވި ދުވަހަކީ ރައީސްޔާމީން އެދިވަޑައިގަތުމުން ކަލޭ އެ ދާއިރާއަށް ހޮވުނުކަން! ދެން ކުރިމަތިލާބަލަ!
މީ ބޭފުޅާޔަކީ މިހާރު މިގައުމަށް ޖެހިފައޮތް ބޮޑު މުޞީބާތެއް ހަމަ ކޮންމެ ކަމެއް ވެސް މީނަ ބޭނުން ގޮތަކަށްވާންޖެހެނީ ކުލީސިފައިން ގެންނަން ބަޣާވަތް ގެންނަން ވަރިހަމަ އެނުވޭ ކަޅުވިލަޔަށް ބޮޑު އަޖައިބެއް ނޫންތަ
ކެންދޫ ދާއިރާޔަށް ކަލޭ ކަމެށް ނުކޮށް ތިމަގާމުގަ ހުރުމަކީ ވެސް ކަޅުވެގެންވާ އަނދިރި ދުވަސްތަކެެއްކަމަށް ކެންދޫ ދާއިރާގެ ރައްޔިތުންނަށް އެނގޭ ކަމީ ސިއްރެއްނޫން.
އަލީހުސޭނު ކެންދޫ ދާއިރާގެ މެމްބަރޭ ކިޔާތީވެސް ލޮލަށް އަނދިރިވޭ މިއީ މި ފަސްއަހަރު ކެންދޫ ދާއިރާގެ މެމްބަރުކަމާ ހަވާލުވެހުރި ކެންދޫގެ ރިއަލް އަނދިރި އަނދިރީން
ިމއަދަކީ ރިސްވަރުގެ ފައިސާ ކައިގެން ތިބި މީހުންގެ ކަރުގައި ޤާނޫނު ދަތްއަޅާ ދުވަސް.