ޖުމްހޫރީ ޕާޓީ އަށް ގުޅުމަށް އެންމެ ބޮޑު ވިސްނުމެއް ދެއްވީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ވިދާޅުވެއްޖެއެވެ.

މެމްބަރު އަބުޅޯ މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވުމަށް މިރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ.

އަބުޅޯ ވިދާޅުވީ ޖުމްހޫރީ ޕާޓީ އާއި ގުޅުނީ ވަރަށް ގިނަ ފަރާތްތަކަކާއި މަޝްވަރާ ކުރުމަށްފަހު ކަމަށާއި އެގޮތުން ކޯލިޝަނުގެ ހަތަރު ލީޑަރުންނާއި ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ. އޭގެތެރެއިން ކުރީގެ ރައީސް ނަޝީދާ އެކު ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށް އަބުޅޯ ވިދާޅުވިއެވެ.

"މި ޕާޓީއާ ގުޅުމުގެ އެންމެ ބޮޑު އެއް ވިސްނުމެއް އަޅުގަނޑަށް ދެއްވީ ވެސް ރައީސް މުހައްމަދު ނަޝީދު. އަޅުގަނޑަށް ދެއްވި އިރުޝާދާއި ލަފަޔަށްޓަކާ ރައީސް ނަޝީދަށް ޝުކުރު އަދާކުރަން" އަބުޅޯ ވިދާޅުވިއެވެ.

މެމްބަރު އަބުޅޯ އަކީ ވެސް އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު 12 މެމްބަރުންގެ ތެރޭގައި ހިމެނުނު މެމްބަރަކަށްވާއިރު އޭނާ ވިދާޅުވީ އެ 12 މެމްބަރުން އިސްލާހީ ހަރަކާތަށް ނިކުތީ ކޯލިޝަނުގެ ހަތަރު ލީޑަރުން ދެއްވި ހިތްވަރާއި އިރުޝާދުގެ ދަށުން ކަމަށެވެ. އަދި އެ 12 މެމްބަރުން ކޮންމެ ޕާޓީއެއްގައި ތިއްބެވި ނަމަވެސް އަބަދުވެސް އިސްކުރާނީ ގައުމު ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދެމެހެއްޓުމަށް ތެދުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެއާ އިދިކޮޅު ތެދުވާ ކޮންމެ ބޭފުޅަކާ ދޭތެރޭ އަޅުގަނޑުގެ މޭ އައްޑަނައަކަށް ދިއްކުރާނަން. އެކަމަށް އަޅުގަނޑު ގުރުބާންވާނަން. މި ކޯލިޝަން ދެމެހެއްޓުމަށްޓަކާ އަޅުގަނޑުގެ ޒުވާން ހަކަތަ ގުރުބާން ކުރާނަން" އަބުޅޯ ވިދާޅުވިއެވެ.

ގައުމު ހަމަ މަގަށް އެޅުވުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވީ ސަރުކާރު ކޯލިޝަނުގައި ތިއްބެވި ހަތަރު ޕާޓީގެ ލީޑަރުން ކަމަށާއި އުއްމީދަކީ ސަރުކާރު ދެމެހެއްޓުމަށް ހަތަރު ލީޑަރުން އެކުއެކީގައި ތިއްބެވުން ކަމަށްވެސް އަބުޅޯ ވިދާޅުވިއެވެ.

އަބުޅޯގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވެސް ވަނީ ޖޭޕީ އަށް މިރޭ ސޮއިކުރައްވާފައެވެ. މި ދެ މެމްބަރުން ވެސް ކުރިން ތިއްބެވީ ޕީޕީއެމްގައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަބުޅޯ

    ތަ ވޮންނައު އެކެތާ ކެތެނުވެގެން

  2. ޢަލީ ހަމީދު

    ޓ ތީހުސް ހައްޕުނޑު

  3. ހުސެން

    ހަކުރުދެންޔާ ބޮޑުބޭބެ. ޢެހެންވީމަ ގުނަވަންތައްވެސް އެބަޔަކައް ގުރުބާންކުރާނެ.

  4. ޢަލީ

    ނަޝީދު އިރުޝާދު އެގޮތަށް ދިނީކީއްވެގެންކަން މިހާދުވަހު އުޅުނުއިރުވެސް ނޭންގުނުދޯ؟ އަބުޅޯވެސް ބޭނުންވަނީ އަންނަ ދައުރުގަ ގޮނޑި އެހެންވީމާ އެމް.ޑީ.ޕީއިން އެކަން ކޮށްދެވެންނެތީމަ ޖޭޕީ އަށް އަބުޅޯ ފޮނުވާލީ ނަޝީދުވަނީ ޓިކެޓުދޭނެ މީހުން މިހާރުހޮވާ ކެމްޕޭން ކުރަންފަށާފަ. މިކުދިން ކޮންދުވަހަކުންބާ ބޮޑުވާނީ !!!!!!

  5. ލަބީބު

    ހިތިކޮށް ނަތީޖާއާ ކުރިމަތިލަން ތައްޔާރުވޭ ދެފުށްކެހެރިންނޭ! އިންޝާއަﷲ މިދުވަސް ދާދި އަވަހަށް ކުރިމަތިވާނެ!

  6. ދޮށި

    ރަށްޔަތުން ހާލާކު ކުރާ މަޖިލިސް މެމްބަރުން

  7. ސުހައިލް

    ގާސިމް އިބްރާހިމް ވަރަށް ރަނގަޅަށް ވިސްނަވާތި ތިބައިގަޑު ތިއުޅުއްވަނީ ނަޝީދަށް ބޮޑު ވަޒީރު ކަންހޯދަދޭން

  8. އަނގަ

    ގައުމު ވެއްޓުނު ހިސާބަކަށް ވެއްޓުނީވެސް ތި މެންބަރުންގެ ފިޑި ކަމާ އަމިއްލަ އެދުން ބޮޑު ކަމުން..ހިދުމަތް ކުރަންޖެހެނީ ރައްޔެތުންނަށްކަން އޮޅި އަމިއްލަ އެދުމާ އާރާއި ބާރުގެ ބޭނުމުގަ ހެދުނު ގޯސްތަކެއްގެ ސަބަބުން ބެދުނު މަޅިއެއް އެއި. އެމަޅިން ރައްޔެތުން ނިކުމެ 12 މެންބަރުން ސަލާމަތް ކުރީ އިންސާނިންޔަތަށް ޓަކާ.އިތުރަށް އެހީވާކަށް ނެތިން

  9. Anonymous

    ޢަންނި ތިބުނާ

  10. ޜަނާ

    ޢަންނި ތިބުނާ ވިސްނުނުމެއް ދީފިނަމަ ތީ ނުބައެއް

  11. Miadhu

    އަބުޅޯގެ ތިބުނުމަކީ ރައިސް މައުމޫނަށް އެއްލި ގާގަޑެއްދޯ މުސްތަފާ އެމްޑީޕީއަށް ގުޅުނީ ރައިސް މައުމޫނު ވިދާޅުވެގެންކަމަށް ބުނުމުމްދޯ ކޮންމެމީހަކުވެސް ތިއުޅެނީ ލިބޭވަރުމަދުވެގެން

  12. ޑޮނާޑު

    ވަރައްބޮޑު ސުވާލެއް؟؟؟ ރައިސް ނަސީދު އެމްޑީޕީގެ ރައިސް ކަމުގަ ހުންނަވައިގެން އެހެން ޕާޓީތަކައްވަންނަން މީޙުންންއް އިރުސާދު ދެއްވަނީ ކީއްވެބާ؟އެހެންބޭފުޅުން ބައްލަވަނީ އަމިއްލަޕާޓީއައްމީހަކު ވެއްދަޭތޯ؛

  13. ޔާމިން

    ކުރެވޭނެއެއްވެސްކަމެއްނެއް ތެޅިތެޅިތިބެންޖެހޭނީ ފުޑުވަނީ ރައްޔިތުންގެލޯބިލިބިފައިވާޔާމިން އަންނަނީ