މަރުގެ ޙުކުމް ތަންފީޒު ނުކުރާނެކަން ދިވެހި ސަރުކާރުން އިއުލާންކޮށް ފޮރިން މިނިސްޓްރީ އިން މިއަދު ކުރި ޓްވީޓް ޑިލީޓް ކޮށްލައިފިއެވެ.

ފޮރިން މިނިސްޓްރީގެ ރަސްމީ ޓްވިޓާ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ 65 އަހަރު ވަންދެން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޛު ނުކޮށް އޮތް އޮތުން ސަރުކާރުން ދަމަހައްޓާނެކަމުގައެވެ. މަރުގެ ހުކުމާ ގުޅޭގޮތުން، އދ.ގެ އާއްމު މަޖިލީހުގައި ނަގާ ވޯޓެއްގައިވެސް، މަރުގެ ޙުކުމާ ދެކޮޅަށް ވޯޓު ދޭނެކަންވަނީ ކަށަވަރުކޮށްދީފައެވެ.

ޓްވީޓް ޑިލީޓް ކޮށްލި ނަމަވެސް މަރުގެ ޙުކުމް ތަންފީޒު ނުކުރަން ދިވެހި ސަރުކާރުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެނައިކަމަށް އަދި ސަރުކާރުގެ އެއްވެސް ފަރާތަކުން ވިދާޅުވެފައެއް ނުވެއެވެ.

ޓްވީޓް ޑިލީޓް ކޮށްލި ސަބަބެއް ވެސް ފޮރިން މިނިސްޓްރީ އިން ވިދާޅެއްނުވެއެވެ.

މަރުގެ ހުކުމް ތަންފީޒު ނުކުރަން ސަރުކާރުން ނިންމި ނިންމުމަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އޭގެތެރޭގައި މަޝްހޫރު ދީނީ އިލްމުވެރިން ވެސް ހިމެނެއެވެ.

ސަރުކާރުގެ ނިންމުމާއި ދެކޮޅަށް ގިނަ ދީނީ އިލްމުވެރިން ވާހަކަ ދައްކަވަމުން ގެންދެވި ނަމަވެސް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އިންނާއި އިސްލާމިކް މިނިސްޓްރީ އިން މިކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ފަތްމިނި

    މިހާރު ސަލާމަތް ނުވާ ހިސާބަތް ދިޔާމަ ޑިލީޓް ކޮއްލީ، ދެން އެކަންތައް ކުރިއަށް ގެންދާނީ އަޑިއަޑިން، އޭރުން އޮންނާނީ ވާނެ ހައެތިވެފަ.

  2. Anonymous

    ހޭބަލިިވީތޯ!!!! މަރުގެ ހުކުމް އެކަނިތޯ ތަންފީޒް ކުރަންވީ؟؟؟؟ ކޮބާ ވައްކަން؟؟؟ ޒިނޭ؟؟؟ ރިބާ؟؟؟ މަސްތުވުން؟؟؟؟ އިސްލާމް ދީނުގެ ބޮޑެތި ހައްދުތައް ތަންޒީޒް ނުކޮށް މަރުގެ ހުކުމެއް ތަންފީޒް ކުރީމާ އިސްލާމްދީނަށް އުޅެވުނީތޯ

    • ދޮންބެ

      ހޭބަލިވީ ތިބޭފުޅާނޫންތޯ؟ ކާކުތޯ ރިބާޔާ، ޒިނޭޔާ ވައްކަމާ އެއީ ދީނުގައި ކޮންމެހެން ކުރަންޖެހޭ ޢައިނިއްޔަ ފަރުޟެކޭ ބުނީ؟ މަރުގެ ޙުކުމް ތަންފީޒު ކުރުމުގައި ދަތިތަކެއް ހުރުމުން ނުކުރެވި ލަސްކުރުމަށްވުރެ ބޮޑު ކަމަކީ ސީދާ އެކަމަށް އިންކާރު ކުރުން. ފަރުވާކުޑަ ކަމުން ނަމާދު ދޫކުރެވޭމީހާއަށްވުރެ ނަމާދު އެއީ ކުރަންނުޖެހޭ އެއްޗެއްކަމަށް ބުނާމީހާޔާ ހުރި ތަފާތު.

    • ނަޝީދު

      އޭ މިހިރަ ގަމަރު އެނޮނިމަހާ. ޔަމީނު ސަރުކަރުން ކިތަން މީހުންގެ މަރުގެ ހުކުމް ތަންފީޛު ކުރިފަހުންތަ ރައްޔިތުން ގެ ވޯޓުން ތަޅާބޭރު އެކުރީ. ހަޔާތްކުޑަކަން. އަދި އަގަ އަރުވާކަށް މާތާހިރެއްނޫނޭ.

  3. ާަެަެިއިންސާފް

    އަބްދުﷲ ޝާހިދު އިސްތިއުފާ ދިނުން އެދެން

  4. މަ

    ފުރަތަމަ މިތާ އިސްލާމީ ސަރީއަތް ގާއިމް ކުރަން ޖެހޭ ނީ
    އެއަށް ފަހު މިތަން އިސްލާމީ ދައުލަތަކައް ވާނީ

  5. ބަސީރު

    ރައީސް ޔާމީން އަށްޓަކައި ދިވެއްސެއްގެ ހައިސިއްޔަތުން ފަޙުރުވެރިވަން، އެމަނިކްފާން ފާޅުގައި އިސްލާމް ދީނަށް ޖޯކު ނުޖަހާ ، މަސައްކަތް ކުރެއްވި ދީނުގެ ހުކުމްތައް ކުރެއްވުމަށް،އެތައްބަޔަކު ހަސަދަވެރިވެގެން ރައީސް ކުރަން އުޅުނު އެތައްކަމެއް ހުއްޓުވި، އެންމެފަހުން މަރާލަންވެސް އުޅުނު ، ރައީސް ޔާމީން އަކީ ދުރުވިސްނޭ ކުޅަދާނަ ވެރިއެއް، މައްސަލަ އަކަށްވީ 1000 މޫނުގެ މީހުންތަކެއް ކާރީގައި ލަފާދޭން އުޅުން، ..ރައީސްޔާމީން އަށްޓަކައި މިފަސްގަޑުގައި އަންނަން އޮތްޖީލްތައް ކަރުނަ އަޅާރޯނެ، ލާދީނީ ބަޔަކަށް އިލިޔާސްމެން ހޭބަލިވެގެން ވެރިކަން ހޯދަދީ ދެންކީކޭ މިކިޔަނީ،

    • އަހުން

      ރައީސް ޔާމީނުއަކީ ގައުމީ މީހެއް. ދީނީކަންތަށް ފަރުވާ ބަހައްޓާ ވެރިއެއް އަދި ބަފައެއް. ފަހަރުގަ ތުބުޅި ނުހުރެދާނެ. އެކަމަކު އީމާންތެރިކަން އެއީ ތަފާތު އެއްޗެއް. ހިތާމައަކީ އެގި ތިބެމެ އަލިފާނަށް ދަރުއަޅާދީ އަދި އަޅާން އެހީވެދޭތީ ކޮންމެބަޔަކު ކުރި ކަމުގަ ވިޔަސް

  6. ސްކޯރޕިއަން

    ސަރުކާރަށް އެއްގޮތަކަށްވެސް ނޭގޭ އޮރިޔާމުން ހުއްޓާ މީހަކު އަތުން އިޝާރާތް ކޮށްލާފަ ތިއިންނެވީ އޮރިޔާމުންނޭ ބުނީމަ ނޫނީ! ޑިލީޓްކުރެވޭނީ ލިޔާއެއްޗެއް ޒަމީރާ ދެކޮޅެއް ނުވެވޭނެ! ސަރުކާރު ވެރިކަމަށް އައިސްފިނަމަ މިވެނި ކަމެއް ނުކުރާނަމޭ އެކި ބޭރުގެ ކުންފުނިތަކާ ޖަމްއިއްޔާތަކާ ކާރީގައި އޮތް އިންޑިޔާއާއެކު ވައުދުތަކއްވި! ޢެކަމަށް ބޮޑެތި ފައިސާ ހޯދި. ބޮޑެތި ކުށްވެރީން ޖަލުން ނެރުންވެސް. ޢިންޑިޔާގެ އަޅުވެތިކަމުގައި ރާއްޖެބާއްވާނެކަމަށް އެއްބަސްވީ! ފައްޅި އަޅާންވެސް އެއްބަސްވި. ޢިލްމުވެރީން ނަކީ ނަމެއް ބޭރުން ދައްކާ ދަޅައެއް! ޢެމީހުންނަށް ނޭގިއެއްނޫން އެއުޅެނީ! ކެނެރީގެ ނަށީދު އެއްބަސްވޭ ރާއްޖެ އޮންނަންޖެހެނީ އިންޑިޔާ ދަށުގައި ކަަމަށް!

  7. ޙާކިމ.

    ތިޔަކަހަލަ.ބޮޑެތި މޮޔާން ތިބީހުސް އެމްޑީޕީގަ
    ތިބީ.ދެންވާނީ ކިހިނެއް؟؟؟؟؟؟؟؟؟

  8. ޒާ

    ޑިލީޓް ކުރީ ރައްޔިތުން ރަތަށް އަރާތީ އެކަން ކުޑަކުރަން. އެކަމަކު ސަރުކާރުން ނިންމި ނިންމުން ބަދަލު ނުކުރާނެކަން ކަށަވަރު. އެކަމުގެ މޭސްތިރިންނަކީ އިސްލާމް ދީނަށް ހަޖޫޖަހާ މީހުން. އެއީ ސަރުކާރުގެ ބާރުގަދަ މީހުން.

  9. ނައިންޓީ

    އިންޑިޔާއާ ހުޅަނގު ޔަހޫންދީން ރުހޭ ހުރިހާކަމެއް ކުރުމަށް މަޖުބޫރު ސަރުކާރެއްމީ. މިފަހަުން އިންދިޔާގަ އެއްޖިންސުން ގުޅުން ހިންގުން އެއީ ހުއްދަ ކަމަކަށް ހެދި. އެފަދަ ހުއްދައެއް ރާއްޖޭގައި ކުރުވަންވެސް މަޖުބޫރު ކުރުވާނެ. ބައިނަލް އަގުވާމީ ގާނޫނުތަކަށް ޙުރުމަތްތެރިކޮށް ހިތާ ދޭދޭ ގައުމުތަކާއެކު ގުޅުން ދަމަހައްޓަން މަސައްކަތް ކުރުމަކީ ކުރުން ރަނގަޅހުކަންކަން. އެހެނަސް އިސްލާމްދީނުގެ އެއްވެސް ޙުކުމެއްގެ ޙުރުމަތް ކަނޑާލުމުގެ އެއްވެސް ހައްގެއް ނޯންނާނެ. ސަލާމަތާ ރައްކާތެރިކަން އޮތީ އިސްލާމް ދީނުގަ. ހުޅަނގާ އިންޑިޔާގެ ރުހުމަކުން ސަލާމަތްކަން ކަށަވަރެއް ނުވާނެ.