މަޝްހޫރު ވިޔަފާރިވެރިޔާ ސަންލޭންޑް ހޮޓެލްސްގެ އެއް ހިއްސާދާރު ހުސެއިން ހިލްމީ (ސަންލޭންޑް ހިލްމީ) ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރުކޮށްފި އެވެ.
ހިލްމީ ހައްޔަރުކުރީ ބައުންސް ޗެކްތަކެއްގެ މައްސަލައިގަ އެވެ.
އޭނާ މިހާރު ބަންދުކޮށްފައި ހުރީ އަތޮޅުވެހީގައި ކަމަށް ވެ އެވެ.
ހިލްމީ އަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ދުވަސްކޮޅަކު ވަޒީރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރެއްގެ ގޮތުގައި އޭނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަން ވެސް ކުރެއްވެވިއެވެ.
ހިލްމީ މިރޭ ހައްޔަރުކޮށްފައި ވާއިރު 2017 ވަނަ އަހަރު ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ވެސް އޭނާގެ މައްޗަށް ކޯޓުން ޙުކުމް ކުރިއެވެ.އެފައިސާ ބަހާލައިގެން ދައްކަން އޭނާ ވަނީ ކޯޓުގައި އެއްބަސްވެސް ވެފައެވެ.
ނަމަވެސް މިރޭ ހިލްމީ ހައްޔަރު ކުރީ ކޮން ފަރާތަކަށް ބައުންސް ޗެކްތަކެއް ދޫކުރި މައްސަލައިގައި ކަމެއް އަދި ނޭނގެއެވެ.
ހިލްމީގެ ހިއްސާ އޮންނަ ސަންލޭންޑް ކުންފުންޏަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާތާ 30 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކުންފުންޏެކެވެ. އެކުންފުނީގެ ދަށުން ގިނަ ރިސޯޓްތަކެއް ހިންގަމުން ގެންދެއެވެ.
އެއީ ސިޔާސީ މީހެއް. މިހާރުން މިހާރަށް ދުކުރަންގޮވާލަން. ސްޕްރީމްކޯޓުން އެއަމުރު ބާތިލްކުރާނެ. މިސަރުކާރުން ސިޔާސީ މީހުން ހައްޔަރުނުމުރާނަމޭ ކިޔާފަ. އިންސާފު ގާއިމުކުރޭ.
ސަންލޭންޑަކީ މޑޕ އައް ފާޅުގަ މިލިޔަނުން ހަރަދުކުރާބަޔެއް. ތި ނުހިންގާނެ، ބަންދުކުރީމަ ގޯސްވާނީ ފުލުހުން. އެހެން މަކަރެއް ހަދައިގެން ތިކަން އޮއްބާނުލެވިއްޖެޔާ ރައީސްގެ އެންގުމަކުންވެސް ޖެހޭނީ ދޫކޮއްލަން. ކޯޓައްވެސް ނުދެވޭނެ. ދޫކޮއްލާފަ އެކަން އޮތްބާލާން އެކްޓިވިސްޓުން ލައްވާ އިސްތިހާރު ކުރާނީ ޔާމިނުގެ ކޮންމެވެސް ކަމެއް.
ރިސޯރޓް ހިންގާ މަހުޖަނުންގެ ހާލަތަކީ މިއީ ދޮތަ! އަބަދުވެސް ކޮންމެވެސް މީހަކަށް ބައުންސް ޗެކް ތަކެއް ދީފައި ލަނޑެއް ދެވޭތޯ ބަލަނީ ދޮތަ!
ޔާމީން މީނަ ހައްޔަރު ކުރަން އުޅެޔޭ ކިޔާ ވާހަކަދެްކި މީހާދޯ މިއީ
ދޫކޮށްލިޔަސް ތަހުގީގު ކުރެވޭނެ. ކޮބާ ސުމިތު؟
ތީ އެތާގެ މުވައްޒަފުންނާވެސް ބެހޭ މީހެއް ކަމަށް ހަބަރު ލިބޭނެ
ފަހަރި ވަޒީރު ވަޒީފާ ބޭނުމިއްޔާ އޭނަ ދޫކޮށްލަން ޖެހޭނީ. 2012 ގައި ރާޅުގަނޑު ސަރަހައްދު ހިސާރު ކޮށްގެން ސިހުރު ހަދަން ތިބި ބައިގަނޑަށް ރާ ސަޕްލައި ކޮށް ދިނީ ތިމީހުންގެ ރިސޯޓުތަކުން. ދޮގެކޭ ބުނެބަލަ ނިކަން.
މުޒާހަރާ ކޮއްގެން މީނަ ދޫކޮއްލަން ފެނޭ
މުޒާހަރާ ކޮއްގެން މީނަ ދޫކޮއްލަން ފެނޭ