މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ހެނދުނު ކަރަންޓްގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.
މާލެއަށް ކަރަންޓް ފޯރުކޮށްދޭ ސްޓެލްކޯ އިން ވިދާޅުވީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓްގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށާއި އަލުން ކަރަންޓް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކަރަންޓްގެ ޚިދުމަތް މެދުކެނޑުނީ މިއަދު ހެނދުނު 08:45 ހާއިރު އެވެ.
ފަހަކަށް އައިސް މާލެ އިން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑުމުގެ މައްސަލަ ވަނީ ދިމާވެފައެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ވިދާޅުވަމުން ގެންދެވީ މާލޭގެ ކަރަންޓްގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބެން އޮތީ އަލުން ކޭބަލް އަޅައިގެން ކަމަށެވެ. އެކަމުގެ ޕްލޭންތައް ވެސް ޔާމީންގެ ސަރުކާރުން ކޮންމެވެސް ވަރަކަށް ކުރިއަށް ގެންދިޔައެވެ. އަދި ސްޓެލްކޯގެ ކެޕޭސިޓީ އިތުރު ކުރުމަށް ބޮޑު މަޝްރޫޢުއެއް ފަށާ އެމަޝްރޫއުގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަގެންދެއެވެ.
މާލޭގެ ކަރަންޓް މައްސަލަ ހައްލު ކުރުމަށް އާސަރުކާރުން ގެންގުޅޭނެ ސިޔާސަތެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.
މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުނީ ކީއްވެ ކަމެއް ސްޓެލްކޯ އިން ހާމަ ކުރައްވާފައެއް ނުވެއެވެ.
ނުކެނޑޭނެ، މި ސަރުކާރަކު ނުކެނޑޭނެ. އިބޫ ފެއިލް
ގަބޫލުކުރެވޭ ވާހަކައެއް ނޫން ނުކެނޑޭނެ. ކެނޑުނަސް އެވާނީ ގޮދުރަތީކަމަކަށް
ގަބޫލުކުރެވޭ ވާހަކައެއް ނޫން ނުކެނޑޭނެ. ކެނޑުނަސް އެވާނީ ގޮދުރަތީކަމަކަށް
ޢޮޅުވާލިވޯޓް މަރުހަބާރައީސްޔާމިން
ކަރަންޓު ކެޑުނީމަ ފުޅިބައްތި ދިއްލަބަލަ؟؟ މީ ޖަޒީރާ ރާއްޖެ އެކޭ؛ޖަޒީރާގަ ނުޖެހޭނެ ކަރަންޓު ބޭނުންކުރާކަށް
ޖަޒީރާ ރަށްތަކަށް އެންމެ ރަނގަޅީ ފުޅި ބައްތި ކަރާސީނު ތެޔޮ ވިއްކަން ފައްޓަމާދޯ އަވަހަށް. މިއީ ޖަޒީރާ ރާއްޖެ. ފުޅިބައްތި ހަދާފަ ވިއްކާ ކަންމަތީ ފިހާރަ ހުޅުވަން އުޅެމާ
ޖަޒީރާ ރާޢްޖޭގައި ބޭނުންކުރަނީ އަތުފަންކާ އަދި ދިއްލުމަށް ފުޅިބައްތި، ބޯރިދޫ އަދި ބިގަރު. ކީއްވެތަ މާލޭ މީހުނަށް ޖަޒީރާ ސްޓައިލްގަ އުޅެން ނޭގެނީ. ގައިމު ޖަޒީރާ ޖަޒީރާ ކިޔާފައި އަނގަ ތަންމިނަށް ހުޅުވައިގެން އެންމެ ބާރަށް ގޮވި ބަޔަކީ ސޯ ކޯލްޑް މާލޭ މީހުން. އޮޅުވާލި ވޯޓު. ގުއިރޯނު ޖަޒީރާ
ތިކަމަކީ މިސަރުކާރުގަި ވެގެންވާނެކަމެއްނޫން ތިވާނީ ޔަމީން ސަރުކާރުގެ ކަމަކަށް.
އިބޫ އިސްތިއުފާ
ކަރަންޓް ވެސް ދާނެ އެވެ.އެކަމު ކަރަންޓް ދަތިނުވާނޭ ގޮތަށް ހޯދަދޭ މީހާ އެއީ މޮޅު މީހާ އެވެ.
ޢަދި 100 ދުވަސް ހަމަނުވެ
ކަރަންޓް ކެނޑުނަސް ނުވާނެ ހޫނެއް މިހާރަކު.
މައުމޫނު އިސްޕީކަރު ނަރުން ކަރަންޓް ދެނިކޮށް ވަޔަރު އަޅައިދީ އާ އިންޖީނު ތަކެއް ގާއިމް ކޮށްފައި ހުންނާނެ ޔާމީން ސަރުކާރުން. ކީއްވެ ކަރަންޓް ދާންވީ.
އޭ؟؟؟ ކަރަންޓް ކެނޑުނީއޭ؟؟؟ ރައީސް ޔާމީންގެ އިހްމާލު ތިޔައީ!
ނިމިދިއަ ވެރިކަމުގަ މާލެއިން ކަރަންޓު ކެނޑިއްޖެނަމަ ތައްޔިތުންގެ ތެރެއިން ބަޔަކު ހީވާނީ ކިލާފަނިތަކެއްހެން ދެކޮޅުވިއްދާ ނަގަމުން ތައްޔިތުންގެ ހައްގުގައޭކިޔަމުން ކޮބާ މިއަދު އެބައިގަނޑު