ސައިކަލް ދުއްވުމަށް ނަގަން ޖެހޭ ޑްރައިވިންގ ލައިސަންސްގެ ޕްރެކްޓިކަލް އިމްތިޙާނުގައި، އަންހެނުންނަށް، އަންހެން އިންސްޓްރަކްޓަރަކާއެކު ސައިކަލު ދުއްވުމުގެ އިންތިޒާމުތައް ހަމަޖެއްސެވުމަށް ރަސްމީކޮށް އަންގަވާފައިވާނޭކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަހުލާ މިހެން ވިދާޅުވީ، ޓްވިޓަރ ގައި، ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިއެއްކަމުގައިވާ އަލީ ޒާހިރު ފާޅުކުރެއްވި ޚިޔާލަކަށް ދެއްވި ޖަވާބުގައެވެ.

ޓްވިޓަރގައި އަލީ ޒާހިރު ވިދާޅުވެފައިވަނީ ސައިކަލް ލައިސަންސް ނަގަން، ދުއްވާ ޓެސްޓު ހަދާއިރު ފިރިހެނުންގެ ފަހަތަށް އަރަން ބޭނުން ނުވާ އަންހެނުންނަށް ފަސޭހަކަމާއެކު އެކަން ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އެދިވަޑައިގަންނަވާކަމުގައެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ދެއްވި ޚިޔާލާ އެއްގޮތަށް ހަމަޖެއްސުމަށް، މިހާރު ރަސްމީކޮށް އަންގަވާފައިވާކަމަށާއި ވަރަށް އަވަހަށް އެކަން ހަމަޖެހިގެންދާނެކަމުގައެވެ.

"އަލީ ޒާހިރު ސައީދު ތިޔަ ދެއްވި ޚިޔާލާ އެއްގޮތަށް ހަމަޖެއްސުމަށް މިހާރުވާނީ ރަސްމީކޮށް އަންގާފަ، އިންޝާﷲ ވަރަށް އަވަހަށް އެކަން ހަމަޖެހިގެން ދާނެ." މިނިސްޓަރު ވިދާޅުވިއެވެ.

ލައިސަންސް ނެގުމުގެ ޓެސްޓުގައި އޮންނަ ދެ ބައެކެވެ. އެއީ ތިއަރީ ޓެސްޓާއި ޕްރެކްޓިކަލް ޓެސްޓެވެ. ޕްރެކްޓިކަލް ޓެސްޓުވެސް ދެބަޔަކަށް ބެހިގެން ދެއެވެ. އެއީ އަށެއް އެޅުމުގެ ބަޔާއި އިންސްޓްރަކްޓަރަކާއެކު ދުއްވަން ޖެހޭ ބައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އައިޝާ

    ތިޔަރީ ޓެސްޓް ގެސުވާލާ ޖަވާބުގެލިންކެއް ބޭނުން..ޕލީސް

  2. ހުވަދޫ ބެއްޔާ

    މިހާރުވެސް އެކަން ވަނީ ހަމަޖެހިފައި މައްސަލައަކީ އަންހެނަކާއިއެކު އަންހެނަކު ދަސްކުރަން ނަގާއަގު ބޮޑުވީމަ އަންހެނަކާއިއެކު ދަސްކުރާނަމަ 3000ރުފިޔާ ފިރިހެނަކާއިއެކު ނަމަ 2000ރުފިޔާ ތަފާތު ކުރުން ވަރަށްބޮޑު ކީއްވެ އަންހެނަކަށްވީމަ އަގު ތަފާތުވާންވީ

  3. ނަސްރީނާ

    ނަހުލާ ތީ މިނސްޓަރަކީ ސާބަހޭ ނަހުލާ ސާބަހޭ.

  4. ޟީތަލަ ހަންނާން

    ތިޔަ މިނިސްޓަރު ވިދާޅުވި 2 ދުވަސް ތެރޭގައި އެތޭރޭގެ އުދުހުން ތަކުގެ އަގުވެސް ހެޔޮކުރާނަމޯ، މިހާރު ކުރިޔައް ވުރެންވެސް އަގުބޮޑު، ކިހާބޮޑު ޖޯކެއް، ސޭޓު އަންހެނުންގެ ފިރިމީހާގެ އަންހެނުން، ގާބިލު ނޫންކަން ވަރައްސާފު، ތާއީދެއް ނެތޯ ހެހެއް

  5. ޙޫން

    ކޮބާ ހޭ އަނގުހެޔޮކުރި ޓިކެޓް؟

  6. ބޮޑު ބާޣީގެ އަންހެނުންގެ ފިރިމީހާ

    ތީ ވަރަށް ރަނގަޅު ކަމެއް. ލާދީނީ ބައިގަނޑަކާއެކު އުޅެމުންވެސް ޒުހުދާ ތިކަން ހަމަޖައްސައިި ދީފިއްޔާ ވަރަށް ހެޔޮފުޅު.

  7. ލަކި

    ޓެސްޓްގެ ތިންވަނަ ބަޔަކީ އެއްލަކިން ވީހާވެސްގިނަބަޔަކަށް އެއްފަހަރައި ލައިސަންސް ދިނުން.

  8. ނާނާ

    މިނިސްޓާ ނަހޫ އަޅުގަނޑުމެންގެ ވަރައްބޮޑުއެދު މެށްމީ ލައިސަންސް ނަގާއިރު އަށެއްނާޅާ ހަމަޖެ ހޭނެގޮތެށް ހަށްދަވާދެށްވުުންއެދެމެވެ މީއަޅުގަނޑު މެންއަންހެން ވެރިންގެ ވަރައްބޮޑުއެދުމެށް

  9. ނަހޫ

    މިނިސްޓަރު ނަހުލާ ލައިސަންސް ނަގާއިރު އަޅު ގަނޑުމެންއަންހެނުންނައް ތަންކޮޅެށްލުއި ފަސޭހަ ގޮތެށް ހަމަޖަށްސަވައި ދެއްވުންއެދެން އޭގެތެރެއި ން އެއްގޮތަކީ އެއްލަކިން ބުރެށްބޭށްވުން އަނެއްގޮތަކީ އަށެއްނާޅާލައިސަންސްދިނުން މިގޮތް ތަކާދޭތެރޭ ވިސްނަވާ ގޮތެށްނިންމަވައި ދެއްވުން އެދެމެވެ.

  10. ކުކުޅޭ

    މިނިސްޓަރ! ތީކީ އަައު ކަމެއް ނޫން. އަދި ތިކަމުގެ ޝުކުރު ޙައްޤުވަކީ މި ސަރުކާރަކަށްވެސް ނޫން. ގާރލްސް ޑްރައިވިން ސްކޫލުން ކުރި މަސައްކަތުން (ނިމިދިޔަ ސަރުކާރުގައިވެސް) ތިކަން ހަމަ ތިގޮތަށް ކުރިއަށްދިޔަ. ނަމަވެސް އަންހެން އެގްޒަމިނަރަކަށް އެދި ސިޓީއެއް ލާން ޖެހުނު. އެނޫނީ އިތުރު ތަކުލީފެއް ނެތް. ތިކަމުގެ ޙަޤީޤީ ޝުކުރު ޙައްޤުވަނީ "ގާލްސް ޑްރައިވިންގ ސްކޫލަ"ށް.

  11. ބޮޑު ސޭޓް

    އަންހެން ކުދިން އަންހެން ޑޮކްޓަރަށް ދެއްކޭނެ ގޮތް ހަދާ ބަލަ. ތިޔަށް ވުރެ މާތާހިރުވާނެ. މަގޭ އަންހެނުން ދުއްވަން ދަސްކުރީ ވެސް އަންހެނެއް ކައިރިން ޑްރައިވވިން ސްކޫލް އިން. ލައިސަންސް ނެގީ ވެސް އަންހެން އޮބްސަރވަރެއް ކައިރިން. ބަލަ މޮޅު ވާހަކަ ދައްކާ ރައްޔިތުން ގުދޯ ހައްދަން ނޫޅޭ. ކޮބާ ޓިކެޓް އަނގު ހެޔޮ ކުރަން ބުނީ ބަންދު ދުވަސްތައް ނުލާތަ؟