މިއަންނަ އަހަރު ޖަނަވަރީ އެއް ވަނަ ދުވަހުން ފެށިގެން މާލެ އާއި ހުޅުމާލެއާ ދެމުދު ދޭ ބަހުގެ ޚިދުމަތުން އަގު ނަގަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.
އެމްޕީއެލް ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މީގެ ކުރިން ހިލޭ ކުރަމުން ދިޔަ ދަތުރު ތަކުން ޖަނަވަރީ މަހުން ފެށިގެން އަގު ނެގުމަށް ނިންމާފއިވާ ކަމަށެވެ. ޓިކެޓް ވިއްކުމަށް ކަނޑައަޅާފައިވާ އަގުތަކަކީ؛
- މާލެ - ހުޅުމާލެ -/10 ރުފިޔާ
- ހުޅުމާލެ - މާލެ -/10 ރުފިޔާ
- މާލެ - އެއަރޕޯޓް -/10 ރުފިޔާ
- އެއަރޕޯޓް - މާލެ -/10 ރުފިޔާ
- ހުޅުމާލެ - އެއަރޕޯޓް -/10 ރުފިޔާ
- އެއަރޕޯޓް - ހުޅުމާލެ -/10 ރުފިޔާ
އެޕްޕީއެލްއިން ބުނީ ބަހުން ޚިދުމަތް ދިނުމަށް ނިންމާފައިވަނީ އެކަމަށް ޚާއްސަކޮށްގެން ތަޢާރަފްކޮށްފައިވާ "ޓަކްލިންކް" ކާޑްގެ ޒަރިއްޔާއިން ކަމަށެވެ. އަދި 25 ޑިސެންބަރ އިން ފެށިގެން މިކާޑް މާލޭ ބަސްޓާމިނަލްއިންނާއި ހުޅުމާލޭ މެއިން ބަސް ސްޓޮޕްއިން ލިބެން ހުންނާނެ ކަމަށާއި ކާޑެއްގެ އަގަކީ -/20 ކަމަށް އެމްޕީއެލްއިން ހާމަ ކުރެއެވެ. މިކާޑް ބޭނުން ކުރެއްވުމަށް ކާޑް ޓޮޕްއަޕް ކުރަން ޖެހެއެވެ. މިޚިދުމަތްވެސް މިތަނުން ލިބޭނެ ކަމަށް އެމްޕީއެލްއިން ހާމަކުރެއެވެ.
ތިއަގު ކުޑައެއްނޫންތަ. 100ރުފިޔާ ރަނގަޅުވާނެ.
ކުރީގެ މީހުންނަގަން ނިންމީ -/5 ރުފިޔާ. މިމީހުން ވ ރަގަޅުތާ.
ކުރީގަ ނެތް ނިނއމާފައެއް... އަންނަ ސަރުކާރަށް އެކަން ދޫކޮށްލަން އޮތީ ނިންމާފަ... އޭރު ވާހަކަ ދެކެވުނީވެސް 20 ނަގަން... އޮޅުވާ ނުލައްވާ
ކަލެއަށް މާބޮޑަށް އެނގެނީ!
މިއޮތީ ޕީ.ޕީ. އެމް ގެ ސަރުކާރު ނެތުމުން ތައްޔިތުންނަށްވާ ގެއްލުން ފެނިފައި. ޓްރާްންސްޕޯޓް ބަހުގެ އަގު ނިކަން ދެކިބަލަ. އަގުބޮޑުކަން.
ޔަޤީން =/5 ރުފިޔާ އަށްވުރެ ބޮޑުނުވާނެކަން.
މެނޭޖުކުރަން ނޭނގޭ މީހުން ކަންކަމަށް އިސްކުރީމަ ލިބޭލަންޑު. ދެންވެސް އަވަހަށް ހޭއަރަންވީ. ވެދިޔަ ކަންތައްތައް ވެ ނިމިދިޔައީ. އަލުން ތައުބާވެ ﷲ އަށް ދުޢާކޮން މިކަމުން ސަލާމަތް ވާންވީން.
ބަސް ދުއްވަނީ ޑީސެލް އިން އަދި ތެލަކީ މިހާރު ޑިއުޓީ ފުރީ އެއްޗެއް.
ބަހުގެ ދެކޮޅު ދަތުރުގެ ދިގުމިނަކީ 15 ކިލޯ މީޓަރ. ދެކޮޅަށް 6 ލީޓަރ ތެޔޮ
ފައިސާ. 60 ރ
ޕަސެންޖަރުން .މިނިމަމް 25= 250 ކޮޅަކަށް
ފައިދާ 190 ރ.
ބަހުގެ އަގު އެންމެބޮޑް ވެގެން 5 ރ ބޮޑްވީމަ ވ.ބޮޑް. ރައްޔިތުން ފަނާކޮށްލަނީ. ރައީސް ޔާމިން ނިންމާފއިވަނީ 1 އަހަރު ގުރީ.ދެން އޭގެ ފަހުން ކޮޅަކަށް 3 ރ ... އަނެއްކާ ދޯނީގައި ދަތުރުކުރަން ފަށަންވީ. ނޫނީ އެމްޕީ އެލް އިން ބަސް ނަގާފަ އެމްޓީސީސީ އާއި އަވަހަށް ހަވާލްކުރޭ.
ޔާމީނު ބުރިޖުޣެޅީމާ ވަގުޣިބޫ ޣަށް ކިހާރަގަޅު ރަޣްޔަތުންފެލަން ޣޯގާތެރި ވަގުސަރުކާރު
ދިވެހިންނަށް ޚިދުމަތްދޭ އަގަށް ބިދޭސީންނަށް ޚިދުމަތްނުދޭތި؟! ބޭރުގަވްމުތަކުގައިވެސް ކަންއޮންނަނީ އެހެން
އަގު ބޮޑުވެގެން އުލޭ މީހުން ބުރިޖު ބޭނުން ނުކޮއް ފެރީ ބޭނުން ކުރުން ބުއްދިވެރިވާނެ.
ގަރާޖު ތަކުގަ ރަޖިސްޓްރީ ނުކުރާ ކާރުތަކުގެ ރަޖިސްޓްރީ ބާތިލް ކުރަން އެއުޅެނީ މީހުންލައްވާ އަގުބޮޑުކޮށް ބަހުގަ ދަތުރު ކުރުވަން ދޯ
_/10 ރުފިޔާ ނަގައިގެން މިހާރު ތިޔަ ކުރާ ގޮތަށް ޚިދުމަތް ދީގެން ނުވާނެ.. ބާލީހަކަށް ކަފަ ގަންނުވާހެން އެއަށް މީހުން އަރުވާ.. ދެން އެކަކެ އަނެކަކު ގައިގާ ހޭކި އުނގުޅި ބޮޑު ފަކުރަކަށް ވެފަ އޮންނަ ކަމެއް ތީ މިހާރު.. ގިނޑީގަ އިންނަ މީހަކަށް ވެސް އިން ހާލަިގެން ނީނދެވޭ.. ހަމައަށް ނޭވާ ނުލެވުނަސް މ. ޕ. ލ އަށް ހެޔޮ.. 10 ރުފިޔާ ނަގަންޏާ ހަމަ ޖެހިގެން ދަތުރު ކުރެވެން ޖެހޭނެ..
ބަސް ދަތުރަކަށް 10 ރުފިޔަ ބޮޑު..
ތިއަގު ބޮޑު. 30 ހަކަށް މީހުން ބަހަށް އަރުވާ. ކުޑް ކުއްޖަކަސް ޖެހެނީ ކޮޅަަށް ހުންނަން.
ބްރިޖެއްއަޅާ ، ބްރިޖްގައިދުއްވާނޭ ބަސްތައްގެނަސް ދައުލަތަށް އާމުދަނީ ލިބޭގޮތް ރައީސްޔާމީންވަނީ ހައްދަވާފަ! ދެން އުފާލިބިގަނޭ!