މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމުގައި އާމިނިސްޓްރީއެއް ރައީސް ޞާލިހް އުފައްދަވާ ހައުސިން މިނިސްޓްރީގެ ދަށުން މަސައްކަތް ކުރާ ބައެއް މުވައްޒަފުން ޕްލޭނިން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ނިންމުމުން ހައުސިން މިނިސްޓްރީގެ 40 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ އިން ވަކިކުރުމުގެ ބިރާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ސިވިލް ސާވިސް ކޮމިޝަނުން އެކުލަވައިލި، "ސިވިލް ސާވިސްގެ މުވައްޒަފުންގެ ވަޒީފާ އިން ވަކިކުރާ އުސޫލު" ގެ ދަށުން ރޭންކް ކޮށްފައި ނެތް ވަޒީފާތަކުގައި ހައުސިން މިނިސްޓްރީގެ 40 އަށް ވުރެ ގިނަ މުވައްޒަފުން އެބަތިއްބެވެ. އެހުރިހާ މުވައްޒަފުން މިހާރު އޮތް އުސޫލުގެ ދަށުން ވަޒީފާ އިން ވަކިވާނެއެވެ.

ވަޒީފާ އިން ވަކިކުރާނެ މުވައްޒަފުންގެ ތެރޭގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ހައުސިން މިނިސްޓްރީގައި މަސައްކަތް ކުރައްވާފައިވާ މުވައްޒަފުން ވެސް ހިމެނެއެވެ.

"15 އަހަރާއި 20 އަހަރު ޚިދުމަތް ކޮށްފައިވާ މުވައްޒަފުން ވެސް ވަޒީފާ އިން ވަކިކުރުމަށް ވަނީ ނިންމާފައި." މައުލޫމާތު ދިން ހައުސިން މިނިސްޓްރީގެ މުވައްޒަފަކު ބުންޏެވެ.

ސިވިލް ސާވިސް ކޮމިޝަނުން އެކުލަވައިލި އެ އުސޫލު އުވާލައި، އެ މުވައްޒަފުންނަށް ވަޒީފާގެ ޔަގީންކަން ކަށަވަރުކޮށްދިނުމަށް ހައުސިން މިނިސްޓްރީގެ އެ މުވައްޒަފުން ވަނީ ގޮވާލައިފައެވެ.

ހައުސިން މިނިސްޓަރު އާތިފާ ޝަކޫރު ވަނީ މުވައްޒަފުން ބަދަލު ކުރުމާއި ގުޅޭ ގޮތުން ސިވިލް ސާވިސް ކޮމިޝަނަރާއި މިދިޔަ ހަފްތާގައި ވެސް މަޝްވަރާ ކުރައްވާފައެވެ.

ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރުމާއި ގުޅޭ ގޮތުން ހައުސިން މިނިސްޓްރީ އިން ވެސް އަދި ސިވިލް ސާވިސް ކޮމިޝަނުން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ މުވައްޒަފުންނަށް ވަޒީފާގެ ބިރުވެރިކަމެއް ނޯންނާނެ ކަމަށް ވައުދުވެ ވަޑައިގެންނެވެ. ނަމަވެސް މީގެ ކުރިން މުލީއާގޭގެ 25 އަށް ވުރެ ގިނަ މުވައްޒަފުން ވެސް ވަޒީފާ އިން ވަކިކޮށްފައި ވެއެވެ. އަދި ސްޓެލްކޯގެ ޕީޕީއެމް މެންބަރުންތަކެއް ވަޒީފާ އަދާކުރާ ރަށް ބަދަލުކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. ސިޒާ

    ރައްޔިތުންނަށް އޮޅުވާލި ވަގު ރައީސް އިބޫ ރައްޔިތުން ނުކުމެ އަޒުލު ކުރަންވެއްޖެ. ރައްޔިތުން ބިކަ ކޮއްފަ ކަލޭއަށް ވަކި ނޫޅެވޭނެ އިނގޭ ހިންނަވަރު ސޮރާ

  2. ސިޔާސީ

    ސިޔާސީ މީހުން ގިނަކޮށް ސިވިލް މީހުން މަދުކޮށްގެން މިވެރިންގެ އައުވާނުންނަށް ވަޒީފާ ދެވޭނީ...

  3. ސޯލިހް ނޮޓް އޯކޭ

    މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ރާއްޖޭގެ އެކި ހިސާބުތަކުގައި ހަދާފަހުރި ބިޑީއެސްސީ ތަކުގައި އުޅޭކުދިންނަށްވެސް އުޅެނީ ހަމަ ތިހާލެއް ޖެހެން. އަހަރު ނިމޭއިރު ވަރަށް ގިނަބަޔަކު މަގުމަތިވާނެ

  4. ވަހީދު

    ރ.ޔ އަށް ކާމިޔާބު ނުވި ހިސާބުން ހައުސިންގެ މުއައްޒަފުންނަށް އަމުރު ހިންގީ މާރިޔާމެން. ކަންތައް ކުރީ މާރިޔާ މެން ބުނާގޮތަށް.މިހާރު ތިބޭނެ ރާކަނި މަސް ކެވިފައި.

  5. ދާއިންކަނބާ

    އިލިޔާސޫ. ކޮބައިތަ އަނިޔާވެރިކަމަކީ؟ މާތްކަލާކޯ. މިއޮތީ ވެރިކަމެއް.

  6. ސޭޓު

    ގައުމު ހިންގޭނީ ގިނަ މުއައްޒަފުން ހުރެގެން. މިހާރު މިވާގޮތުން މަސައްކަތް ކުރާ މީހުން ވަކިކޮއްފައި ބޭކާރު ސްޓޭޓް މިނިސްޓަރުން ތަކެއް މިލަނީ. 40 މުއައްޒަފުންގެ މުސާރަ އެންމެ 2 ސްޓޭޓް މިނިސްޓަރުންގެ މުސާރަ އާއި ހަމަ. އިންޑިއާއިން ލޯނު ނަގައިގެން، ހީވާގި ނިކަމެތި މުއައްޒަފުން ވަޒީފާއިން ވަކި ކޮއްފަ އެއްވެސް އިލްމެއް ނެތް ބަޔަކަށް ސްޓޭޓް މިނިސްޓަރުކަން. ހީކުރި ގޮތަށް ވުރެން މާ ގޯސްކޮށް މި ސަރުކާރު މި ހިންގަނީ. އާ ސަރުކާރަށް އަދި މާކަށް ދުވަހެއްނުވެ އަދި. އިއްތިހާދުގެ ވެރިން ޒިންމާ ނަގަން ޖެހޭނެ މިކަމަށް. ގައުމަށް ރައްޔިތުންނަށް ހެޔޮއެދޭ އެއްވެސް މީހަކު ނެތް. މިފަހަރު މަޖިލީހަށް ކުރިމަތި ލައިގެން އުޅޭ މީހުން ފެނިފަވެސް ހޮޑު ލަވާ.

  7. ސިއްތިޔެ

    އިތުރުމޮޅުހޯދުމަށް ގަޞްދުކޮށް ތިޔަ 40 މީހުންވެސް ވޯޓުދިނީ ނުކިޔަވާއިބޫއަށްކަމަށްވާނީ!

    • ސަޓޯ

      ޙަމަ ޔަގީން

  8. ފާތުމަ

    މޑޕ ވެރިކަމުގައި ތިޔަގޮތަށް ގިޔާސުއްދީން

    ސްކޫލުންވެސް އެތައް މުއައްޒަފުންނެއްވްކިކުރި. ވަކިކުރި އެންމެންނަކީ މޑޕ

    ސަޕޯޓަރުން ގަވައިދުން މުޒާހަރާ ތަކަށާ ޖަލްސާތަކަށް ގޮސްއުޅުނުމީހުން ދޯ އަޒްހަރިއްޔާ . އެކަމަކު ބަދަލުގައި އެހެން ވަޒީފާ އެއްވެސްނުދޭ. .ޔާމީނުވެރިކަމުގައި ވަކިކުރިމީހުންނަށް ވަޒީފާދިނީ.

  9. އަދުރޭ

    މި ވެރިކަން ގެނައީ އަނިޔާވެރިން ކިބައިން ގައުމު ސަލާމަތްކުރަން، އަނިޔާވެރި ހިޔާނާތްތެރި މީހުން ވަޒީފާތަކުން ވަކިކުރަން ޖެހޭ. ނުހައްގުން ފުލެޓްތައް ބަހާލި މީހުންނައް ހަރުކަށި އަދަބު ލިބެން ޖެހޭ

  10. ނިހާ

    ހާދަ ހެޔޮފުޅޭ ދޯ

  11. ޖޮއްބެ

    ބަރާބަރު. އާދައިގެ މުވައްޒަފުން ވަކި ކޮށްފަ ސްޓޭޓް މިނިސްޓަރުން ގިނަ ކުރޭ.....!!! އޭރުން ދައުލަތުގެ މާލިއްޔާ އަވަހަށް ދޮވެލެވޭނީ.

  12. ފެންޓަސީ

    މިސަރުކާރުގެ އަނިޔާވެރިކަމާ ނުފޮރުއްޕާން އެދަނީ މިހާރު ހައްދުން ނައްޓައިގެން. ބޯނެތް ސޯލިޙު އިސްތިޢުފާ.....!!!

  13. ނުރަބޯ

    ނޫނޭނޫނޭ ނުކުރާނެ. އަނިޔާވެރިކަން ނިންމަން އައިބަޔަކު އަނިޔާއެއް ނުކުރާނެނު....؟

  14. ބަފާ

    އިންޑިޔާއިން ވޯޓް ހޯދައިގެން ވެރިކަމަށް އައި މީހެއް އެއީ!

  15. Anonymous

    މިސަރުކާރު ވައްޓާލުން ނޫން ގޮތެއްނެތް. އަނިޔާވެރި ސަރުކާރު

  16. މަސްވެރިޔާ

    މިއީ ރައްޔިތުން ފުނޑުކުރާ ސަރުކާރެއް، މިފަދަ މިނިސްޓްރީތަކުގައި މިވަގުތު ތިބި މިނިސްޓަރ ވިސްނަނަޖެހޭ އެޕްރިލް 2019 އިން ފެށިގެން މިނިސްޓަރ ކަން ގެއްލޭނެ. އޮނިގަޑޭ ބޮޑިބަދޭ ކިޔާފަ 15 އަހަރު ސަރުކާރުގެ ޚިދުމަތުގައި ތިބި މީހުންނާއި އެހެން އެއްވެސް މީހެއްގެ ވަޒީފާ ގެއްލިގެން ނުވާނެ. ބާކީ 4 މަސް ސޯލިހުގެ ގޮތެއްފޮތެއްނެތް ސަރުކާރު ސައިޒްކޮށްލަން އޮތީ. ތައްޔިތުންގެ ވޯޓް ދިނީ ތުފަދަ ޖައްބާރު އަމަލް ހިންގާކަށް ނޫން. ސާފް ވެއްޖެތޯ. ސުނާމީ ޕޮރޮޖެކްޓް 10 އަހަރު ވަންދެން އާތިފާގެ އަޑިނޭގޭ އަމަލްތައްކޮވާތޯ.

  17. ހާޓޭ

    ގަވާއިދާޙިލާފަށްދީފަހުރިވަޒީފާތަކެއްތީހަމަރަގަޅަށްތިހަދަނީކަޑާބޭރުކޮށްލާ

    • ސޭޓު

      ކޮބާ ދީނީ އިލްމު ވެރިޔާ އިލްޔާސް. އިލްޔާސް ބުނިދޯ ރަސޫލާގެ ރުހުން ލިބިފަ ހުރި ވެރިޔެކޭ އިބޫ އަކީ. ވަގުތު ނޫހުން އެ އާޓިކަލް ރީ ޕޯސްޓް ކޮށްލަދީފާނަންތަ. ހެޔޮ ވެރިކަން ގެންނަންށޭ ކިޔާފަ ފޫގަޅާފަ މަސައްކަތް ކުރި މައުމޫނު، ގާސިމު، އިމްރާނު އަކީ ގައުމަށް ހެޔޮ އެދޭނެ ބައެއްނޫން. އެއީ ދުނިޔަވީ ދަހިވެތި ކަމުގަ އުޅޭ ބައެއް.

  18. ޝުކުރިއްޔާ ގައުމު

    ސަޅި. ބޮނޑި ބޮއިގެން ތިބޭ.

  19. ޙަސްން

    އިންޝާﷲ މި ސަރުކާރު ވ ވ ވ އަވަހަށް ވެއްޓޭނެ

  20. މިއަދު

    ދެރަނުވޭ ކުދިންނޭ ހެޔޮވެރިކަމަކީ މިއީ ގައުމުގެ ރަޢިއްޔަތުން ބިކަކޮށް ފަރަންޖީންލައްވާ ހުރިހަމަސައްކަތެއްކުރުން 4 ބޮޑުން ބެނުންވާ މަދުމީސްކޮޅަކަށް ވަޒީފާދީ ދެންތިބި އެއްމެން ބާކީކުރުން އިންޝާﷲ ވަރަށް އަވަހަށް މިކަން ނިމިދާނެ

  21. ޢައި

    އިންޝާﷲ މި ސަރުކާރު ވ ވ ވ އަވަހަށް ވެއްޓޭނެ

  22. ޙައްވަ

    40 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ އިން ވަކިކުރުމުގެ ބިރާއި ކުރިމަތިލާން ޖެހުނީ އުސޫލެއްނެތި ޔާނުގެ ސަރުކާރުން ސީޔާސީވެގެން ވަޒީފާތައް ދީފައޮތީމަ.

  23. ކާސި

    2008 ގަ އެމް.ޑީ.ޕީ ވެރިކަމުގަ މުސާރަކުޑަކޮށް، އެލަވަންސްތަށް ކަނޑާލީ. ދެން އަންހެނުން ކޮމިޓީ ލާރިގަނޑު އަތުލީ. ޔާމިނު އައިސް އެބައި ފޫބެއްދީ. ސާބަސް

  24. ސޯލިޙްކީ އައުވާން

    ބަލަ ސޯލިޙް ކިޔާ މީހަކަށް އަހަރުމެން ވޯޓޭއްނުދޭން. އިބްރާހިމަކަށް ވެރިކަންދޭންވެގެން ދިވެހިން ތެޅިގަތީ. އގިންގެތާ ފޫހިކަމެއް ރައީސް ސޯލިހޯ. ކޮންތާކުންއާ ސޯލިހެއްބާ. އިންޑިއާއިންވނީ މުވައްޒަފުންނަށް ދޭނެ ފައިސަހޯދާފަ. ނުކަނޑާނެ އަރުވާ އަޑެއް. ހާސްނުވޭ. ކުރިމަތީ އޮތީ މަޖިލިސް ހޮވުން.

  25. އިކޮނޮމިކް

    އިކޮނޮމިކް މިނިސްޓްރީން މިއަދު 30 ސްޓާފުން ކަނޑައިފި.

  26. ޜިތްދަޑި

    ޖަޒީރާ ވަންތަ ވެވެމުންނޭ މިދަނީ ކެތްތެރިވެބަލަ

  27. ޙަލީމު

    މިހާރުވެސް ސަރުކާރުގަ މަސައްކައް ކުރަން ތިބޭ ގިނަ މުވައްޒަފުން އެއީ ބޭކާރުބައެއް. ގަވާއިދާ ހިލާފައް އިތުރުގަޑީގެ މަސައްކައް ކުރާކަމައް ޖެހުން. ޝުކުރިއްޔާ ޜައީސް.

  28. މަލާ

    ކަންތަކާ ޖެހުނީ

  29. ސޮއްބެ މާލެ

    ނުކުރާނެ ނުކުރާނެ.... ހެޔޮފުޅު ސަރުކާރު ތިކަހަލަ ޖަރީމާ ނުހިންގާނެ... މީކީ ޖަރީމާ ރާއްޖެއެއް ނޫން ވިއްޔަ...

  30. ހަބީބު

    މަރުހަބާ ބޭކާރު މީހުންތައް ބޭރުކޮއްލާ ރިސޯޓުތަކައް ބަންގާޅިން ބޭރުކޮއް އެވަޒީފާ ތަކައް އާދޭ

  31. عبدالله

    މިއަށްވުރެ ވަޒީފާގެ ބިރުބޮޑު ސަރުކާރެއް ނުދެކެމެވެ. މިއީ ކޮރަޕްޝަންގެ ތެރެއިން ޕާޓީތަކަށް ސަރުކާރުގެ މަތީމަޤާމުތައް ބަހަމުންދާ ސަރުކާރެކެވެ.