ރާއްޖޭގެ ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުން ކުރަމުންދާ މަސައްކަތަކީ ޤައުމީ މަސައްކަތެއްކަމަށް، މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވީ، ޓެކްސީ ޑްރައިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ފުރަތަމަ އެހީ ދިނުމުގެ ޕްރޮގުރާމު އިފްތިތާޙު ކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ޑްރައިވަރުން އެބަހުރި މީގެ ކުރިންވެސް ފަސްޓް ކެއާ ފޯރުކޮށްދީފައި. ޓެކްސީ ޑްރައިވަރުން އަދި ޓެކްސީ ސެންޓަރުތަކުން ކުރަމުންދަނީ ގައުމީ މަސައްކަތެއް" ޓެކްސީ ޑްރައިވަރުންނަށް ތައުރީފު ކުރައްވާ މިނިސްޓަރު ވިދާޅުވިއެވެ.
ޓެކްސީ ޑްރައިވަރުންނަށް އަމާޒުކޮށްގެން ހިންގާ ފުރަތަމަ އެހީ ނުވަތަ ފަސްޓް ރެސްޕޮންޑަރސް ޕްރޮގުރާމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ޓެކްސީ ޑްރައިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ފަސްޓް ރެސްޕޮންޑަރސް ތަމްރީނުގައި، އަނިޔާވެފައިވާ ފަރާތްތައް އުފުލުން (މޫވިންގ އެންޑް ލިފްޓިންގ)، ކާޑިޔޯ ޕަލްމޮނަރީ ރިސަސިޓޭޝަން (ސީޕީއާރް) އަދި މި ނޫންވެސް ފުރަތަމަ އެހީގެ އަސާސީ މައުލޫމާތާއި ތަމްރީން ދިނުމަށް ހަމަޖެހިފައިވެއެވެ.
ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކަކީ ޤައުމީ ޚިދުމަތެއްކަމަށް ވިދާޅުވިއިރު، އާއްމުންގެ މެދުގައި އެފަރާތްތަކާމެދު ހިތްހަމަނުޖެހުންތަކެއް ވަނީ އުފެދިފައެވެ. އެގޮތުން، އިދާރާތަކުން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގުގައި ޓެކްސީ ކުރަމުން ދިޔުމުގެ ސަބަބުންނާއި، ޓްރާންސްޕޯޓް މިނިސްޓަރަށް ބިރު ދެއްކި މައްސަލައާ ގުޅިގެން، އެފަރާތްތަކުގެ އަގު ވަރަށް ބޮޑަށް ވެއްޓިފައިވެއެވެ.
ގައުމީ މަސައްކަތް ކުރާއިރު ބައްޓަން ރީތި ކުދިންނަށް ހިދުމަތް ވަރަށް ރަގަޅު..
ޓެކްސީ ޑްރައިވަރުންނަކީ ވަރަށް"ޑީ" ގްރޭޑް ބައެއް.
ގައުމީ މަސައްކަތުގެ ދަށުން، ވަޒީރުންނަށް އިންޒާރުދީ ބިރުދައްކާ، ރާއްޖޭގެ އެއްވެސް ސަރުކާރަކަށް އަދި ވެރިއަކަށް ކިޔަމަންނުވެ، އަމިއްލަ ވެރިކަމެއް ކުރާހެން ގަދަ ދައްކާ، ހިތުހުރި ގޮތެއް ހަދަމުން، ޚިދުމަތެއް ނުދެވޭ އިރުވެސް ރައްޔިތުން ފެލަނީ.
އެހެންވެދޯ ހުޅުމާލޭ އަންނަމުންސަތޭކަރުފިޔާނަގާފައިތުރަން ގެޔައް ހިސާބަށް ގެންދެވޭނީ ސަބުމެރިން ދިނީމައޭކިޔަފަ އިތުރަށް 65 ރުފިޔާ ނެގި މިއީ ކާރު ޑުރައިވަރުން ގެ ހާލަތު!
އިގެެ ތިކަން ތިކަން އިގޭނެ މީހެއްގައިން ލޭތިއްކެއް ފެނުނަސް ކާރައް ނާރުވާނެ
ކޮން ކަރައެއް ތިފަޅަނީ އެމީހުން ހައްދައް.. އެއައްވުރެ ރަހުމު ކުޑަބައެއް މިގައުމުގަވެސް ނޫޅޭނެ.
ތިހިން ނުބުނެ އެހެން އެއްޗެއް ބުނެފިއްޔާ ތިޕޯޑިޔަމް ގާވެސް އުކާނެ.
ތިހިން ނުބުނެ އެހެން އެއްޗެއް ބުނެފިއްޔާ ތިޕޯޑިޔަމް ގާވެސް އުކާނެ.
ކުޑަ ކުދިން ނައް ފޮޑި ޖެހިގެން ވެސް އެބަހުރި ކާރުން ބާލާފަ.
ޕާރޓޭންވެސް ކުރަނީ ގައުމީ މަސައްކަތެއް
ގޭންގު މީހުންވެސް ކުރަނީ ގައުމީ މަސައްކަތެއް
ގޭންގު މީހުންވެސް ކުރަނީ ގައުމީ މަސައްކަތެއް
ވަގުން ވެސް ކުރަނީ ގައުމީ މަސެއްކަތެއް
މިނިސްޓަރައް މާ ބޮޑައް އިގިގެން ތި އުޅެނީ މިބުރިޖު ހެދިފަހުން މާލެތެރެއައް ދަތުރެއް ވެސް ނުކޮއްދޭ ލިބޭ ލާރި މަދުކަމުން. އަބަދުވެސް ބުނަނީ އެއަރ ޕޯޓު އައްދަންޏާ އަރާށެ..
މިނިސްޓަރު ތިހިން ބުންޏަސް ކާކު ތިކަން ގަބޫލް ކުރާނީ ..އެކަށީގެން ނުވާ އަގު ރައްޔިތުން އަތުން ނަގާބައެއް.
މިނިސްޓަރު ތިހިން ބުންޏަސް ކާކު ތިކަން ގަބޫލް ކުރާނީ ..އެކަށީގެން ނުވާ އަގު ރައްޔިތުން އަތުން ނަގާބައެއް.
ކަނޑު ފޭރޭ މީހުންވެސް ކުރަނީ އެގަމު ތަކުގެ ގައުމީ މަސެއްކަތެއް