ކީރިތި ޤުރުއާނުގައި ހުރި މަންސޫޚުވެފައިވާ އާޔަތްތައް ދެއްކުމަށް، މަޝްހޫރު ޤާނޫނީ ވަކީލު ޙުސައިން ޝަމީމް، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒުގެ ކިބައިން އެދެފިއެވެ.
ޑރ. އިޔާޒު ކުރައްވާފައިވާ ޓްވީޓެއް ރިޓްވީޓް ކުރުމަށްފަހު ޝަމީމް ބުނެފައިވަނީ ދުވަހަކުވެސް، ލޮލަށް ނުފެންނަ ޤުރުއާނުގެ އާޔަތްތަކެއްގެ ވާހަކަ އޭނާއަށް އިވިފައި ނުވާކަމަށެވެ. އަދި، ޤުރުއާނުގައި ފެންނަން ނެތް، އެހެނަސް ޢަމަލު ކުރަން ޖެހޭ އާޔަތްތަކުގެ ލިސްޓެއް ދިނުމަށް އޭނާ އިޔާޒުގެ ކިބައިން އެދިފައިވެއެވެ.
އިލްމުވެރިޔާ ޑރ. އިޔާޒުގެ ޓްވީޓުގައި ވަނީ ސުވާލަކަށް ޖަވާބު ދެއްވާފައެވެ. އެއީ "ޤުރުއާނުގައި ރަޖަމު ކުރުމާބެހޭ ގޮތުން އެއްވެސް އާޔަތެއްގައި އައިސްފައިވޭތޯ؟" މި ސުވާލެވެ.
https://twitter.com/HuShameem/status/1083936353258065920
ސުވާލުގެ ޖަވާބުގައި އިޔާޒު ވިދާޅުވީ ޤުރުއާނުގައި ރަޖަމު ކުރުމާ ގުޅެގޮތުން އައިސްފައިވާ އާޔަތް ވަނީ މަންސޫޚު ކުރެވިފައިކަމަށެވެ. އެހެންކަމުން، ޤުރުއާނުން އެއާޔަތް ފެންނަން ނޯންނާނެކަމަށެވެ. އެހެންނަމަވެސް، އާޔަތުގައި ބަޔާން ކުރައްވާފައިވާ ޙުކުމް މަންސޫޚު ނުވާކަމަށާއި ޙުކުމް ދެމި އެބަ އޮތްކަމަށްވެސް ވިދާޅުވިއެވެ. އަދި އެއާޔަތަކީ ސޫރަތުލް އަޙުޒާބުގެ އާޔަތެއްކަމަށްވެސް ވިދާޅުވިއެވެ.
ޑރ. އިޔާޒު ވަނީ މިކަން ތަފްޞީލު ކޮށްދެއްވުމަށް ޝަމީމަށް އެތައް ލިޔުންތަކެއްވެސް ހިއްސާ ކުރައްވާފައެވެ.
ރަޖަމު ކުރުމުގެ ޙުކުމް ޤުރުއާނުން ފެންނަން ނެތްކަމަށް ވިދާޅުވެ އެތައް ފަރާތަކުން ދަނީ ވާހަކަ ދައްކަމުންނެވެ. ރާއްޖޭގެ ކޯޓަކުން ރަޖަމުގެ ޙުކުމް ކުރުމުން އެތައް ފަރާތަކުން މި ވާހަކަ ދައްކަމުން ދިޔަކަމުގައިވިޔަސް، ރަސޫލާގެ ސުންނަތުން މި ޙުކުމް ފެންނަން އޮވެއެވެ. ސުންނަތަކީ ޤުރުއާނުގެ ޝަރަހައެކެވެ.
ގައިމު މި ޝަމީމް މީ "ވަރަށް ބޮޑު ޢިލްމުވެރިއެއް" ކަަމަށް އަވަސް ނޫހުގަ އޮއްވާ ދެކުނިން. މި މީހުންނަކީ އަމިއްލައަށް ބޭޒާރުވާ މީހުން. ކީރިތި ޤުރުއާންގަ އަންހނާގެ އައުރައަކީ ކޮބައިކަމާ ނިވާކުރަންޖެހެނީ ކޮންބަޔަކަށްކަން ބަޔާންކުރެވިފަ ނުވާތީބާ މީނަގެ ޝަހިންދާ އެހެން އެހުންނަނީ. ނޫނީ އެފދަ އާޔަތެއް "އޮންނަކަން ނޭނގެނީބާ"
މިކަމުންވެސް މިއެނގެނީ ދޮންމީހުން އުޅޭގޮތަށް އުޅެގެން ސަލާމަތްވެވެން ނެތްކަމެވެ. ހަމަ އެގޮތަށް ގުރުއާނުގެ ތަރުޖަމާއިން އެކަނި ނުފުދޭކަމެވެ. އިސްލާމްދީނާ ގުޅޭގޮތުން އަހަރެމެންނަށް ލިބިފައިވާ ޢިލްމުގެ މަދުކަމެވެ. ހަމައެކަނި މުސްލިމު ނަމެއް ކިޔުމަކުން އިސްލާމްކަން ފުރިހަމަ ނުވާކަމެވެ.
ސުބުހާނަﷲ އަނެއްކާ މިފެށެނީ ކޮންފަދަ ނުރައްކާ ކަމެއްބާ ރާއްޖޭގައި މިތިބި ދީނީ ޢިލްމުވެރިންނަކީ ދީނުގެ ކަންކަމުގައި ބަސްބުނެ އިޖުމާޢު ވެވޭވަރުގެ ޢިލްމުވެރިންނެއްނޫން ތިކަމުގައި ހިޔާލުތަފާތުވާނަމަ ބަހުގެ ހަމަލާ ބަދަލުނުކޮށް ދަންނަބޭކަލުންގެ އިޖުމާއުއަކަށް ދިއުން މުހިއްމު
އިސްލާމް ދީންދަންނަ ގިނަ އިލްމުވެރިން މިކަހަލަ ހިޔާލުތަފާތުވުން އުފެދޭ ކަންކަމުގަ މިފަދަ ބަހުސް ތަކުގެ ތެރެއިން ހަމަޖެހޭ ރަނގަޅު ހެޔޮ ވިސްނުން ގެނެސް ދެއްވުމަކީ ވަރައް މުހިއްމުކަމެއް
މިއީ ހިޔާލު ތަފާތު މައްސަލައެއްނޫން 1440 އަހަރުވަންދެއް ދެމިއޮތް ދީނީ ހުކުމެއްް. ހުކުމް ކުރުމާ ތަންފީޒުކުރުން ސައޫދީ އަރަބިއްޔާގައި މިހާރުވެސް އެބައޮތް. މިކަހަލަ ޖާހިލުން ބޭނުންވަނީ އިސްލާމްދީން ނައްތާލަން. އެހެންވެ ފަސާދަކިރުމަށް އިބުރާގެ ފަހަތުން ނުކުތް އިބުރާ ޅިޔަންކަލޭގެ ޝަމީމަކީ.
ޝަމީމަކީ އިބުރާގެ ކޮށްކޮ ޝަހިންދާގެ ފިރިމީހާ. ޢެހެންވީމާ މިވާގޮތް އެބައެނގޭނު. އަސްލު މިޚަބަރުގެ ސުރުޚީއަކަށް އޮންންންވީ އަނބިމީހާގެ ދިފާއުގައި ފިރިމީހާ ނުކުމެއްޖެ.
ޝަމީމަކީ އިބުރާގެ ކޮށްކޮ ޝަހިންދާގެ ފިރިމީހާ. ޢެހެންވީމާ މިވާގޮތް އެބައެނގޭނު. އަސްލު މިޚަބަރުގެ ސުރުޚީއަކަށް އޮންންންވީ އަނބިމީހާގެ ދިފާއުގައި ފިރިމީހާ ނުކުމެއްޖެ.
މަގޭ ލޮބުވެތި ފިރިކަލުން އެވިދާޅުވަނީ ހެޔޮކޮށް.
ޢަސލުވެސް ސަމީމް އަކި ދެފުއްކެހެރިެއް އިސްލޒަ،ް ދީނުގެ އެއްވެސް ކަމެހް އެގޭ މީހެއްނޫން
ސުބްހާނަﷲ މިފެންވަރުގެ ވަކީލުން ރާއްޖޭގެ ކޯޓުތަކުގަ ތިބޭކަމުގަ ވަނީނަމަ ކޮންއިސްލާމީ ޝަރީޢަތެއް މިތާ ތަންފީޒު ކުރެވޭނީ. ﷲ މުސްތަޢާން.
ގަމާރު ވަކީލް. ޤުރްއާނުގެ ޢިލްމު ނެތި އެ ޢިލްމުގެ އަހުލުވެރިންނާ ޖަދަލު ނުކުރާތި. އަލްޙަމްދުﷲ، މަށައްވެސް އެނގޭ މި މަޢުލޫމާތު. މި ވަކީލަކީ އަވަސް ނޫހުގައި އިޝްތިހާރު ކޮށްފައިވާފަދަ ޢިލްމުވެރި ވަކީލެއް ނަމަ ސޯޝަލް މީޑިއާގައި މިގޮތަށް ޖަދަލު ކޮށް ތިމާގެ ސޯޓް ވެއްޓުމުގެ ކުރިން ތިމާގެ ބުއްދީގެ ބޭނުންކޮށް، ޢިޔާޒުއަށް ފޯނުކޮށްލައިގެން އެކަން ދަސްކުރީސް!
ފަރުޟު 5 ނަމާދުގެ ރަކްޢަތްތަކުގެ ޢަދަދުތައް ގުރުއާނުގެ އެއްވެސް އާޔަތަކުން އެނގޭބާ.
އެއަދަދުތައް ގެނެސްދިން މީހާތަ މިއާޔަތް އޮތްކަމަށް ބުނެ އޭގެ ހުކުމް ގެނެސް ދިނީ؟ ރުޅިނައިސް ޖަވާބު ދީބަލަ
ސުބްޙާނަﷲ.ޖާހިލުކަމުގެ ހައްދެއްނެތް!. ތިފަދަ ޖާހިލުންގެ ތެރެއިން މިއަޅާނުލައްވާށި. އާމީން
ސައްޚަ ހަދީސްވެސް މިހާރު ވަކިނުވާ ހިސާބައް ދުނިޔޭގެ މީހުން ނުބައިކަމުން ގޮސްފި!
ޕާކިސްތާން ހަދީސްތައް މިލިޔަނުން ގުނާލެވޭ! މީހެއްގެ އުމުރު 63 އަހަރުން އެހަދީސް ތައް ގެއްލީމާ ސިކުންތަކު ދިހަ ހަދީސް އެބަކިއިފައި ހުރޭ! މިއީ ބުއްދި ގަބޫލު ކުރެވޭ ވަރެއްތަ؟
މިވެރިކަން ނިމޭއިރު ދިވެހިންގެ ދީން ތަގައްޔަރުވެ ދީނީ ހަނގުރާމައެއް ފެށޭނެކަމާމެދު ޝައްކެއްވެސް ނެތް. މިއަދު ދީނާ ދެކޮޅަށް ބަސްބުނާ މީހުން ލަދު ހަޔާތް ކެނޑި އަންނިގެ ބިރު ފަހަނައަޅާ ގޮސްފި. ފުލުހުންގެ ވެރިއަކަށްވެސް ހުރީ މިފަދަ މީހެއް. ހެއްކެއް މީ.
އިސްލާމް ދީން ހަލާކިކޮށް އެއީ މަލާމާތެއްކަމަށް ހެދުމަށާ ފަސާދަ ކުރުމަށް މި ޝަމީމުމެން ހިންގާ ހިޔަޅު ލްރޮޕަގެންޑާތައް
ޝަމީމް އަޅުގަޑު ހީކުރީ ތިޢީ އަސްލު ވވ މަޢުލޫމާތު މުސްސަދި ވ މޮޅު ޢިލްމް ވެރިއެއްކަމަށް އެކަމަށް ވަރަށް ފުހުން ނޫހުގައި ލިޔެފަހޮތް އާޓިކަލްއެއް ކިޔާފަ އެކަމު ހީކުރި ގޮތާ ޚިލާފް.
ބަލަގަ ތިބުނަަ ޤުރުޢާނުގަ ކަނޑައެޅިގެން ޤިޞާސް ހިފުން އެބައޮތް. އަދި މާފްދެވެނީ ހަމައެކަނި ވާރިސުންނަށް. އެކަމް ސުޕްރީމްކޯޓުން ނުވަތަ ރައީސުން މާފްދޭ...
ޤުރްއާނުގަ އޮތްކަމެއް ނުވެގެން އުޅޭއިރު...
ޤުރުއާނުގަ އޮތަސް ނެތަސް ހަމަ ފެންނަހާ ގޮތަކަށް އުޅެނީ..
ދެން އަޅެ އަޖައިބެއްނުން...
ޖާހިލުންނާ ޒުވާބުކޮށްގެން ކުރި ނުލިބޭނެތީ ޝަމީމަށް ޖަވާބު ދޭކަށްނެތިން. އިސްލާމިކް ސްޓަޑީޒް އިން ފުރަތަމަ ޑިގްރީ ޙާޞިލް ކުރަން ޝަމީމަށް ދަންނަވަން. އޭރުން ތިޔަ ސުވާލާ އަދި ތިޔަނޫނަސް ކިތަންމެ ސުވާލެއްގެ ޖަވާބު އަމިއްލައަށް ލިބިގެންދާނެ. ކޮމެންޓެއްގަ ލިޔެވޭ ވަރަށްވުރެ އައްނާސިޚް ވަލް މަންސޫޚް ފުޅާވީމަ މިތާގަ ލިޔެވޭކަށް ނެތް. ސޮރީ. ނޫނީ ޢިލްމުވެރިޔަކާ ތިޔަސުވާލު ކުރޭ. މަގޭސުވާލަކީ ޤުރްއާނުގަ ނެތީސް ހެއްޔޭ ނަބީ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޒިނޭކުރި އަންހެނަކު އޭނާގެ ނަފުސާ ދެކޮޅަށް ހެކިބަސް އެކަލޭގެފާނުގެ ކުރިފުޅު މަތީގައި ދިނުމުން ރަޖަމް ކުރެއްވީ؟ ތިޔަ މައްސަލާގައި ބަޙުސް ކުރާ އެންމެން ޖަވާބުދީބަލަ.
ބްރޯ. އަޅުގަނޑު ވަރަށް ލަދުގަތްޖެ، ބްރޯ ސުންނަތް ޤަބޫލު ނުރާކަން ދޭހަވާފަދަ ވާހަކަ އެއް ވިދާޅުވީމަ.
ސަޢުދީ ޝައިޚުންނަށް އެކަން އެނގެއެވެ. މިޞްރުގެ ޝައިޚުންނަށް އެކަން ނޭނގެނީ ހެއްޔެވެ؟
ގްރުއާން ގައި ނެތް ނަމާދު ކުރާނެ ގޮތްވެސް . އެހެންވެއްޖެއިޔާ އެކަން ވެސް ނުކޮށް ތިބެންވީ އެއްނޫން.
ކޮއްކޮ ޝަމީމަށް އެނގޭތޯ ކިޔެވުން މަންސޫޙް ވިޔަސް ހުކުމް މަންސޫޣް ނުވާ ޔާތަށްތަކާއި ހުކުމް މަންސޫޙް ކުރެވިފަ ވީނަމަވެސް ކިޔެވުން މަންސޫޙް ނުކުރެވޭ އާޔަތް ޤުރުޢާނުގަ ވާކަން؟ އޭގެ ތެރެއިން ޤުރުޢާނުގަ ނުލިޔެއްވުމަށް ރަސޫލާ އަމުރުކުރެއްވީ ހަމައެކަނި ކިޔެވުން މަންސޫހްކުރެވުނު އާޔަތްތައް. އެއީ ޤުރުއާނާ ހަދީޝްގެ މައިގަނޑު އެއްތަފާތަކީ ޤުރުޢާން ކިޔަވައިގެން ވެސް ސަވާބުލިބޭނެ ނަމަވެސް ހަދީސް ކިޔަވައިގެން ސަވާބެއް ނުލިބޭނެ ސަވާބު ލިބޭނީ އެއަށް ޢަމަލުކޮށްގެން. އެ ކިޔަވައިގެން ސަވާބެއް ނުލިބޭނެތީ އެފަދަ އާޔަތްތައް ނުލިއުއްވީ. އުޟޫލުލް ފިޤުހު ނޭނގި ހުޅަނގުން ކިޔަވައިގެން އައިސް ދީނޭ ކިޔާ އަނގަ ނަާރުވާތި.
ހެޔޮހިތުން އެއްޗެއް އޮޅުން ފިލުވަން ނުވަތަ ދަސްކުރަން ބޭނުންވިނަމަ، ވަކިންބައްދަލުކޮށް އެމައުލޫމާތެއް ހޯދާނީ. ތިގޮތަށް ތިއުޅެނީ އެހެން މަގުސަދެއް ހާސިލް ކުރަން. ދިވެހިން ވަރަށް ވިސްނަންޖެހޭ، އިސްލާމް ދީން އުގެނެން މަސައްކަތް ކުރަންވީ، އެހެންނޫނީ ދީނާ މެދު ސުވާލު އުފައްދަން މަސައްކަތް ފަށައިފި. މިއަދު ހުރިހާ ދީނީ އިލްމުވެރިންގެ ވާޖިބެއް ރައްޔިތުންނަށް އިސްލާމް ދީން ދަސްކޮށްދީ މިފަދަ ކަންކަމުން ރައްޔިތުން ސަލާމަތް ކުރުމަކީ
މިފެންނަނީ ގިޔާމައް ވުމުގެ އަލާމާތް ތައް ..
ދީނާ މެދު މީހުން ސައްކު އުފައްދާ ކަހަލަ ސުވާލް ކުރުމަކީ ދުނިޔޭގެ ނިމުން ކައިވުމުގެ އަލާމާތް ތައް..
މިފެންނަނީ ގިޔާމައް ވުމުގެ އަލާމާތް ތައް ..
ސަމީމް އައް ކަރަންޓު ލޮލައްފެނޭތަ.އެކަމު ކަރަންޓުގަ ޖެހިގެން މަރުވޭދޯ
ނުފެންނަ ކަރަންޓާއި ފެންނަ ކަރަންޓް ވެސް ހުންނަނީތަ؟
ޝަމީމު ކުރެއްވީ ސުވާލެއް. އޭގެ ޖަވާބު އެންމެންނަށް އެނގޭގޮތަށް ދަންނަބޭކަލުން ދެއްވަންވީނު؟ ސުވާލު ކުރާ މީހާ ޖާހިލަކަށް ހަދަން ޖެހޭތަ؟
މީނައަކީ އިބްތިހާލުގެމަންމަ އާފިޔާވެސް ސަލާމަތްކުރަން ނިކުތްވަކީލެއް.
ލާދީނީ އާލާތުން ފާޅުގަ ދީނުގެ ހުކުމް ތަކަށް ފާޑުކިޔަން މިކެރުނީ މިއަދުގެ ވެރިމީހާ އެކަމަށް ފުރުސަތު ދޭތީ. އަދި މިޔަށްވުރެއް ބޮޑަށް މިމީހުން ފަށާނެ މަޖިލިސްގެ މެޖޯރިޓީ މިބައިގަނޑަށް މިއުޅޭ ކަނުވެފާ ތިބި 138000 މީހުން ދިނީމަ.
ކީރިތިﷲގެ ފޮތުން ނުވަތަ ސުއްނަތުގެ ނައްޞުތަކުން ޙުކުމެއް ފެންނަށް އޮންނަ ކަމެއްގައި ޢަމަލުކުރަންޖެހޭ އެޙުކުމަކަށެވެ. އެފަދަކަންކަމުގައި އެހެންއެއްވެސް ފަރާތަކުން ހޯދަންޖެހޭ އެއްވެސް މަޝްވަރާއެއް ނޯންނާނެއެވެ.
ރަސޫލާގެ ހަދީސުގެ އޮވޭ ވަލީޔާއި ނުލައި ކައިވެނި ހުއްދަ ނުވާނެ ކަމަށް އެކަމަކު ރާއްޖޭގެ ކޯޓުތަކުން އެކަހަލަ ކައިވެނިތައްވެސް އެކުރަނީ ނުންތޯ..
މަށަކަށް މިކިޔާ އެއްޗެއް ނުވިސްނުނު. ގުރުއާނުގެ އާޔަތެއް މަންސޫޚުވީޔޯ. އެކަމަކު ވިޔަސް އަމަލު ކުރަން ޖެހެޔޯ. އެއްވެސް ހަދީސެއް ގުރުއާނުގެ އާޔަތަކާ އެއްފަދައެއް ނުވާނެޔޯ. ހަދީސްތަކުގެ ތެރޭގައި އެބަ ހުރެޔޯ އަމަލު ކުރަން ނުޖެހޭ ކަހަލަ ހަދީސްތައް. އެކަހަލަ ހަދީސްތައް ވަކިކޮށް ދެނެގަންނާނެ ޔަގީން ގޮތެއް އޮންނަ ކަމަކަށް ނުވޭ. އެކިދަންނަބޭކަލުންގެ ބަސްތައް އެކިގޮތް. ދެންވެސް ރަޖަމު ކުރަން ފަށަންވީތަ؟
ޝައިޚް އިޔާޒުގެ ބަސްފުޅަށް ތާއީދު. ޝަމްބެއަށް ޢަރަބިބަސް އެނގުނު ނަމަވެސް ދީނީ ޢިލްމެއް ނޭނގެ. ސެކިއުލަރ ވިސްނުން ހުންނަކަން މި އެނގެނީ
މުސްލިމުން ތަބާވާން ޖެހޭނީ ޤުރުއާނާ ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ސުންނަތަށް. އެހެން ކަމުން ރަޖަމުގެ ހުކުމް ރަސޫލާގެ ސުންންތުން (ސައްހަ ހަދީސުން) ފެންނަން އެބައޮތް. އިތުރު ސުވާލެއް އޮތް ކަމެއްނޫން މިއީކީ. ކޮންހާ ވާހަކައެއް!
ތިލާވަތު މަންސޫޚްވެ ޙުކުމް ދެމިގެންވާ އަޙްޒާބު ސޫރަތު ތި އާޔަތް ޤުރްއާނުގައި ނުހިމަނައި މާދުރުގައި ބާއްވަންޖެހުނީ ކީއްވެތޯ؟ "އަތްލުންމަނާ، ބެލުންމަނާ، ކިޔެވުންމަނާ، އުފުލުންވެސްމަނާ، އެކަމަކު ތިމާ މީހަކަށް އަނިޔާކޮށްލަންވީމަ ޢަމަލު ކުރުން ހުއްދަ އާޔަތްހުރޭތަ؟" ސުބްޙާނަﷲ ރަސޫލާގެ(ޞޢވ) އިސްތަށިފުޅުގައި މިފަދަ ބޮޑު އިލްޒާމެއް އަޅުވައިގެން ފަތުވާ ދެއްވަމުންދާއިރު ކުޑަވެސް ބިރެއް ނުގަންނަތީ އެންމެކަންބޮޑުވާންޖެހެނީ!މީގެ15 އަހަރުކުރިން އަހުރެން ޢިލްމެރި ދެތިންބޭފުޅެއްގެ އަރިހުން އެބޭފުޅުން އެއްބަސްކުރުވިން އެއީ ހަދައިގެން އުޅޭ އާޔަތެއްކަމަށް! ވަރަށްގިނަދަލީލު ދެއްކުމަށްފަހު އެންމެފަހުން އެބޭފުޅުން އެކަމަށް އެއްބަސްވި! އަނެއްކާ ތިއާޔަތާ ބޮޑުތަރުތީބުގައިވާ އާޔަތާ މުޅިންތަފާތެވެ. އެ އުފެއްދި ދުވަހުންފެށިގެން މިއަދާ ހަމައަށް އައި އިރު މިވަނީ ތަފާތުވެސް ވަރަށް ބޮޑުވެފައެވެ. ޤުރްއާނަށް ﷲ ވަނީ ޖާމިނުވެ ވޮޑިގެންފައެވެ. ޤިޔާމަތައް ދާންދެން ދުވަހަކުވެސް އެއަށް ބަދަލެއް ނާންނާނެގޮތުގައެވެ.
ދިނަސްނޭގޭނެ. އެގުނަސް އެއްބަހެއްނުވާނެ. އެހެންނަމަ މީހަކު ދެންދެން މަޑުކުރާކަށް ނުުޖެހޭނެ ގޫގުލް ކޮށްލިޔަސް ގައިމު ލިބޭނެ.