ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ގިނަ އަދަދެއްގެ ފައިސާތަކަކަށް ޚިޔާނާތްތެރިވިކަމަށް ތުހުމަތު ކުރެވޭ ދެމަފިރިންގެ ތެރެއިން ފިރިހެން މީހާ އެކަމަށް އިއުތިރާފުވެފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ. އެނގިފައިވާ ގޮތުގައި މި ފިރިހެން މީހާ ބުނެފައިވަނީ އޭނާގެ އަންހެނުން އެކަމުގައި އެއްވެސް ބައިވެރިވުމެއް ނެތްކަމުގައެވެ.
މީގެއިތުރުންވެސް، މައުލޫމާތު ލިބޭ ގޮތުގައި އެ ބޭންކުގައި މަސައްކަތް ކުރަމުން އައި ދެމަފިރިންގެ މީސް މީޑިޔާ އެކައުންޓުތައް ޑީއެކްޓިވޭޓް ކޮށްފިއެވެ. މިކަން ވަނީ އިތުބާރު ހިފޭ މަސްދަރުތަކުން ކަށަވަރު ކުރެވިފައެވެ.
ބީއެމްއެލްގެ އެތައް މިލިޔަން ރުފިޔާގެ ފައިސާތަކަކަށް މި ދެމަފިރިން ޚިޔާނާތްތެރިވީއިރު، ދެމަފިރިން މަސައްކަތް ކުރަމުން ދިޔައީ ބޭންކުގެ ދެ ޑިޕާޓްމަންޓް އެއްގައިކަމަށް މައުލޫމާތު ލިބިފައިވެއެވެ. ބޭންކުގެ އުސޫލުތައް ބުނާ ގޮތުން، ދެމަފިރިއަކަށް އެއް ޑިޕާޓްމަންޓެއްގައި މަސައްކަތް ނުކުރެވޭނެއެވެ.
މި މައްސަލަ ބީއެމްއެލް އިން ބަލަމުންދާކަން އެނގިފައިވާއިރު، މި ދެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ހަމައެހެންމެ، މި ބޮޑު ޚިޔާނާތުގައި ބޭންކުގެ އެހެން މުވައްޒަފެއްގެ ނުވަތަ މުވައްޒަފުންތަކެއްގެ ޝާމިލުވުން އޮތްތޯވެސް ބޭންކުން މިހާރު ދަނީ ބަލަމުންނެވެ.
ބީއެމްލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު އިއްޔެ ވިދާޅުވީ އެ ބޭންކުގެ އެތެރެއިން ހިނގާފާނެ ނުރަނގަޅު ކަންތައްތަކާއި އިހުމާލުތައް ދެނެގަތުމަށް ހަރުދަނާ ގަވައިދުތަކާއި އުސޫލުތަކުގެ އިތުރުން އިންޓާނަލް ކޮންޓްރޯލުތަކެއް ގާއިމުކޮށްފައިވާ ކަމަށެވެ.
ދެރަކަމެއްނުދެންދޯ މީކޮންބައެއްކަން ހާމަނުކުރެވެނީ ކިހާވަރެއް އެމީހުން ހުށައަޅައިގެންބާ؟ ތިހަބަރު ދެން އިތުރަށްނުޖަހާތި އެއީކޮންބައެއްކަން ހާމަނުކުރެވެންޏަ!!
ހުރިހާ އެއްޗެއް ޑީ އެކްޓިވޭޓް ކޮއްލާ. އޭރުން ކަލޭމެން
ދެމަފިރިން ހުދު ފޮތިކޮޅަކަށް ބަދަލުވެ، ފާފަ ފުހެވި،
އިންސާނުންގެ ލޮލަށް ޢައިބުވެދާނެ. ދެން އެ ވަގު ހަރާމް
ލާރިގަނޑުން ޕާޓީ އެއް އުފައްދާ އެއަށް ބޮޑެތި ކުއްވެރިން
ގަނެ ވައްދާ، ޤައުމު ފަސާދަ ކުރީމަ ހަތަރެސްކަން ހަމަވީ
އެކުވެރިޔާ ބޯ ބޮޑު. ތީ ފައްކަކަމެއް ނުރަން
ވަގުންގެ ސަރުކާރެއްގައި ބެންކް ފަޅާވެސްލާނެ ވައްކަންވެސްކުރާނެ ވޯޓްންވެސްކުރީވައްކަން ވަގުންގެ ވަގު ސަރުކާރު
100% ތެދު ވާހަކައެއް.
ކޮޮންމެވެސް މީހަކު އެބައިން ޕޮލިޓިކަލް ވެފަ. އޭގެ ޖަވާބަކީ މިކަން ކުރީ މިދިޔަ ސަރުކާރުގެ ވެރިކަމުގަ. އެހެން ވީ މަ ޔާމީން ޒިންމާ ނަގަން ވާނެ ދޯ.؟ ވަގަކަށް ވެސް ވީ އޭނަ އެއްނުން
އަންހެނުންނަށް އެކަން އެނގިފަ، ބޭންކުގެ މުއައްޒަފަކަށްވެ ހުރެ ބޭންކަށް އެކަންތައް ރިޕޯޓް ނުކުރީމަ އެ ބައިވެރި ވެވުނީ
ބީއެމްއެލް ނަމުގަ ފޯނު ކޯލްތައް ކުރަމުން ދަނީ މިމީހުންގެ ނެޓްވާރކް ތެރެއިންތާ! މީހުން އަބަދުވެސް ޝައްކު އުފައްދަމުން އައި ކަމެއް މީ. މި ޝައްކު އިތުރު ވެއްޖެ މިހާރު.
ކިހިނެއްތަ އިސްލާމީ ތަރުބިއްޔަތު ލިބިގެން އުޅޭ ސަތޭކަ ސަތޭކަ މުސްލިމު ދެމަފިރިޔަކު ތިޔަ ކަހަލަ ކަމެއް ކުރާނީ. ހަމަ ގައިމު މިދިޔަ ރޯދަ މަހު ހުރިހާ ރޯދައެއްވެސް ހިފި އެ ދެމަފިރިން
އެއްވެސް ޝައްކެއް ނެތް ޤާބީލުގެ ދަރިފަސްކޮޅު ގޮލާމެން ތީ
ފައިސާތަކަކަށް ޚިޔާނާތްތެރިވިކަމަށް ތުހުމަތު ކުރެވޭ ދެމަފިރިންގެ ތެރެއިން ފިރިހެން މީހާ އެކަމަށް އިއުތިރާފުވެއްޖެ ޔޯލަޔޯ... ތީކީ އަހަރެމެން އަޑުއަހަން ބޭނުންވާ ވާހަކައެއް ނޫންް... އޭނާ ޓީވީއަށް އަރާފަވެސް އެކަމައް އިއުތިރާފުވެފަ ޓޯކައް ގޮއްސަ ގާޒީ ކައިރީ އެއްބަސް ނުވީމަ އެހުރިހާކަމެެއް ނިމުނީ... އޭރުން ގާޒީ ކަލޭގެ ބުނާނެ ދޮންކަލޯ ކަލެއައް ފުލުހުން ބިރުދެއްކީމަ އެގަޑީގަ އެއްބަސްވީ ދޯޔޭ... މިހާރު އޯކޭ ދެން ކަލޭ ދާށޭ އަލުން އަނބުރާ ވަޒީފާއަށް... އަދި ސަސްޕެންޝަނުގައި ހުރިއިރު މުސާރައައްވާ 5 ލައްކަ ރުފިޔާވެސް ބެންކުން ދޭނެޔޭ އޯކޭ
އިއުތިރާފް ވީއްޔާ ނަންވެސް ހާލަކުރެވެން ވާނެ.
ދެމަފިރިންގެ ނަން ހޯދައިގެން ޒާތީގޮތުން ދިމާކުރަން އުޅޭއިރު ތިމާމންގެ ހާލަކީ ކޮބައިތޯބަލައިލުން ރގަޅު.... ދިވެހިން ވ މޮޅުވާނެ ގެރިއައިން ދައްކާކަހަލަ ވާހަކަ ދައްކަން.....
މަގުމައްޗައް ކުނި އަޅާ މީހުން ނަމާ އެޑްރެހާ ޖަހަންޏާ ރާއްޖޭގެ އެންމެ ބޮޑު އެއް ބޭންކު ފޭރިގަތް މީހުންގެ ނަމާ އެޑްރެހާ ހާމަ ނުކުރެވެންވީ ކީއްވެ؟
އަނެއްކާ އަނެއްކޮމެޓީ ހަދަންވީ، ތީ އަދި ފެންމަތި ވިވަރު. ނޭނގި މިކަހަލަ އެތައްޖަރީމާއެއް ހިންގާފަ ހުންނާނެ. ސަރުކާރުގެ ނުފޫޒުގަދަ މީހެއްގެއަތެއް ނުވެނުދާނެ
މަނަމަވެސް އެއްބަސްވާނަން. މިހާރު މިރާއްޖޭ ކިތަންމެބޮޑު ވައްކަމެއްކުރިޔަސް މިއަންނަނީ ކުޑަ ޖަލުހުކުމެއްް. އަދި ގާޒީ ކުރިމަތީ އެއްބަސްވީމަ އެވެސް ކުޑަވޭ. އަދި ކޮބާ 4/1 ބައި ހުކުމް ތަންފީޒް ވީމަ ޕެރޯލް ލިބޭ. އެހެންވީމަ ތީ އެމީހުންނައް މައްސަލައެއް ނޫން ދޯ. އަހަރެމެން ގުދާރު ބިންދައިގެންވެސް ތިވަރުނުވޭ. ވައްކަންކުރީމަ އަތް ކަނޑާބަލަ ވާގޮތްބަލަން
ބަލަ އެސޮރު އެކަންޏެއް ނޫނޭ. ކޮބައިހޭ ޑިޕާރޓްމަންޓްގެ ވެރިން؟؟؟؟
ފައިސާއަށްޓަކައި މުޅި ދިރިއުޅުން ތި ދަވާލީ! ޙާދަ ދެރައޭ!
އިހުމާލުވާ ވެރިންނަށް ފިޔަވަޅުއަޅާ. ކުޑަ އަދަދެއްނަަމަތާ!!
ކިތަންމެ ވަރަކަށް ޑީ އެކްޓިވޭޓް ކުރިޔަސް 2މީހުންގެ ފޮޓޯ އާންމު ކޮށްލާނަން!
އަވަހަށް ރީނދުލާގުޅޭ. އޭރުން ތިޔައީ ހަމަ ނުކުރާ ކަމަކަށް ބަދަލުވެގެންދާނެ.
ކޮބާ ވައްކަން ފެނޭބާ
މިހާރު ތީ އެއްވެސް ކަމެއްނޫން. ދެންއަނަ ސަރުކާރަކާ ގުޅުނީމަ ތި ފައިސާތައްވެސް ލިބުނީ، އަދަބު ވެސް ނުލިބި ސަލާމަތްވާނެ. އަދި ތި ވަޒީފާ އާއި ސަސްޕެންޑް މުއދަތުގެ މުސާރަވެސް. މިހާރު ކުއްވެރިންނެއް ނޫޅޭނެ. ދީނަށް އުޅޭމީހުން ނޫނިއްޔާ.
ތިދެމީހުންގެ ވަނަވަރު ހާމަ ކުރުންެ އެދެން. އޭރުން ދޯ އެހެންމީހުނަށްވެސް މި ދެމީހުންގެ ކިބައިން ސަލާމަތް ވެގެން ތިބެވޭނީ.
މަނަމަވެސް އެއްބަސްވާނަން. މިހާރު މިރާއްޖޭ ކިތަންމެބޮޑު ވައްކަމެއްކުރިޔަސް މިއަންނަނީ ކުޑަ ޖަލުހުކުމެއްް. އަދި ގާޒީ ކުރިމަތީ އެއްބަސްވީމަ އެވެސް ކުޑަވޭ. އަދި ކޮބާ 4/1 ބައި ހުކުމް ތަންފީޒް ވީމަ ޕެރޯލް ލިބޭ. އެހެންވީމަ ތީ އެމީހުންނައް މައްސަލައެއް ނޫން ދޯ. އަހަރެމެން ގުދާރު ބިންދައިގެންވެސް ތިވަރުނުވޭ. ވައްކަންކުރީމަ އަތް ކަނޑާބަލަ ވާގޮތްބަލަން