ސިނަމާލެ ބުރިޖުން ހުޅުމާލެއަށް ދިއުމަށް ހަދާފައި އޮންނަ ހައިވޭގައި ދުއްވާފައި ދިޔަ ޕިކަޕެއް ހަައިވޭގެ މެދުގައި ހުންނަ ޑިވައިޑަރުގައި ޖެހުމުން ޑިވައިޑަރުގެ ބޮޑު ބައެއް ފުނޑުފުނޑުވެއްޖެއެވެ.
މިއެކްސިޑެންޓް ހިނގީ ރޭ ފަތިހު 04:30 ހާއިރުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޑިވައިޑަރުގައި ޖެހުނީ ފެންޓަސީ ބޭކަރީގެ ޕިކަޕެކެވެ. ޕިކަޕް ދުއްވަން އިނީ ބިދޭސީއެކެވެ. ޕިކަޕް ޑިވައިޑަރުގައި ޖެހުނީ ޑްރައިވަރަށް ނިދިގެން ކަމަށް ބެލެވެއެވެ.
އެކްސިޑެންޓްގެ ސަބަބުން ޕިކަޕަށް ވެސް ގެއްލުންތަކެއް ލިބިފައިވެއެވެ. ނަމަވެސް އެއްވެސް މީހަކަށް މިއެކްސިޑެންޓްގެ ސަބަބުން ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.
މިއެކްސިޑެންޓް ފުލުހުން އަންނަނީ ތަޙްޤީޤު ކުރަމުންނެވެ.
ސިނަމާލެ ބުރިޖާއި، ހައިވޭގައި އެކްސިޑެންޓް ހިނގުން ވަނީ ވަރަށް އާއްމު ކަމަކަށް ވެފައެވެ. ނަމަވެސް އެކްސިޑެންޓްތައް މަދުކުރަން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭ މަންޒަރެއް ނުފެނެއެވެ.
އަވަހަށް ޑިވައިޑަރު ތަކުގައި އެއްކޮޅުން އަނެއްކޮޅަށް ހެލްމެޓު އަޅުވާ.
ތީ ހެޔޮވަރު ވަރު
ފަރުދީ ޒިންމާތައް ރަނގަޅަށް ނެގެންޏާ ރަނގަޅުވާނެ
މާބޮޑަށް ވެހިކަލް ތަކާއި މީހުނަށް ގެއްލުންދޭ ތަނެއް ތި ބުރިޖަކީ! ޔާމީނު މޮޔަވެގެން ދިވެހިންނަށް ގެއްލުން ދިނުމަށް އެޅި ބުރިޖެއްތަ ތީ!!! ބުރިޖު ބަންދުކޮށް ތަޅާލުމަށް ގޮވާލަން! ޖަޒީރާ ރާއްޖޭގައި ބުރިޖެއް ބޭނުމެއް ނޫން.!! ރިޔަލު ދޯނި ބޭނުމީ!!
ޖަޒީރާ ރާއްގޭގެ މީހުންނަށް ނޭގެނީ ބުރިޖުގެ ބޭނުން ހިފަން
ކަލޭ ތިޔަހެން ތިބުނާމީހާވެސް ހުޅުމާލެއަށް އަރާނީ ހަމަ ތިޔަ ބުރިޖު ހުރަސްކޮށްގެން.......ބުރިޖެއް ތަނެއްގަ އޮތަކަސް އަރަންޖެހޭތަ........ ބުރިޖަށް އެރޭ އިރަށް ހީވަނީ މޮޔަވެގެން އުޅޭހެން........ބުރިޖު އެޅި މީހާ އާއި ބުރިޖު ދޯ މި ގޯސްވީ..... އެތަނަށް އަރާމީހުންގެ އެއްވެސް ޒިންމާއެއް ނޯވޭބާ.......އަމިއްލަ ނަފްސަށް ގެއްލުން ދެނީ ހަމަ އަމިއްލައަށް........
ޖަޒީރާ ރާއްޖެ ކުދިން އެހާ ސިވިލައިޒްޑް ނޫނީ ދޯ! އިޓްސް އޯކޭ! ޔޫ ވިލް ގެޓް ދެއަރ!
ނަސީބެއްނު ތާރުގަނޑަށް ގެއްލުމެއް ނުވިކަން
ވަގުވޯޓު ސަރުކާރު ވައްކަންކޮށް ނިމިގެންނު އެހެންކަމެއް ކުރެވޭނީ
ގެޓް ވެބަ ދޯ
އެއީ ހަމަ ގަސްތުގައޭ
ޖަޒީރާވެފަ ތިއޮތީ
އަސްލު ހުދުކުލަވީމާ ޑްރައިވަރަށް ނުފެނުނިއްޔޯ، އަވަހަށް ރީނދޫ ކުލަ ހާކާ.
ތީހަމަ އެއްވެސް މައްސަލައެއްނޫން.. ޕިކަޕު ދުއްވީ ލޯފަން މީހެއްކަމަށްވަނީ.. ކޯޓުން ތިމައްސަލަ ނިމޭނީ ޕިކަޕު ގިޔަރަށް ހުކުން ކޮށްގެން..
މައްސަލައަކީ ޑިވައިޑަރ ވައިޓް ވުން. އަވަހައް ޔެލޯ ކުލައައް ބަދަލްކޮއްލާ!
އަދިވެސް ކުރިން ހަލާކުވި ތަންތަން ޒިންމާވާނެ ފަރާތެއްނެތް.. މިއޮތީވާ ކަމެއް..
ފުރަތަމަ އަމީރުއަހްމަދު މަގު، ދެން ބުރިޖް، ދެން ދަރުމަވަންތަ ހޮސްޕިޓަލް، ދެންނޭނގެ އިސްލާމީ މަރުކަޒު ނޫންކަމެއްވެސް. މިކިޔާއެއްޗެއް ގެޓްވެބަލަ ކޮސްތަކާ
ކަލޭމެންގެ ސައިކަލުތަކުގެ ސްޕީޑް ދަށްކުރަންވީ،،،،ކޮންމެ މީހަކުވެސް އަލަށް ބްރިޖެއް ފެނުނީމަ ވާނީ އެހެން ،،،،،ތިބްރިޖް މަތިން އެންމެފަހުން އަންނި ހުޅުމާލެއަށް ބްރުޖަހަން ދިޔައީވެސް އެއީ ހަމަ ތިތަން ހެދިމީހަކު ހަދާފަ އޮތީމަ ދެން ހަޖަމް ކޮށްބަލަ//!
ޢެކަމަކު ތަހުގީގުކުރުމާ ދަތުރުކުރުން ކޮމިށަންހެދުން މިކަންތަ ހަމަހަބޭސް
ޢެކަމަކު ތަހުގީގުކުރުމާ ދަތުރުކުރުން ކޮމިށަންހެދުން މިކަންތަ ހަމަހަބޭސް ކިބޫގެ ބުޅާސަރުކާރުގާ
ބުރިޖާއި ހައިވޭއަށް އަދި އުޅަނދު ތަކާއި މީހުންނަށް އަދި މުގަލަށް އެފަދަ އެކްސިޑެންޓް ތަކުން ލިބޭ ގެއްލުމަށް ބަދަލު ނެގެން ޖެހޭ... މިކަމަށް ހަރުކަށި ފިޔަވަޅުވެސް އެޅެން ޖެހޭ.. ޤަވާއިދާެި ޚިލާފުވާ މީހުން ހުއްޓުވަން މިހާރަށްވުރެ ބޮޑަށް ފުލުހުން މަސައްކަތް ކުރަން ޖެހޭ.. ބުރިޖާއި ހައިވޭގައި ކެމެރާ ހަރުކޮށް ޓްރެފިކް ލައިޓުފަޅާ މީހުންނާއި، ބާރަށް ދުއްވާ މީހުންގެ ފޮޓޯ އާންމުކޮށް ޖޫރިމަނާ ކުރުމާއި ލައިސަންސް ހިފެހެއްޓެން ޖެހޭ..
ރަނގަޅު ވާހަކަ
ޙައިވޭތަކުގައި ދުއްވާ ޤަވާއިދު ދިވެހިންނަށް ދަސްކޮއްދިނުން މުހިންމު....!
ފުލުހުންގެ ފަރާތުން ހައިވޭގެ ސެކިއުރިޓީ ބަލަންވާވަރަށް ނުބެލިދާކަން ހިތާމަޔާއެކު ފާހަގަ ކުރަން، ފުލުހުން އިތުރުކޮށް ހައިވޭގެ ސެކިއުރިޓީ ވަރުގަދަ ކުރަންޖެހޭ، ހަމައެކަނި ދެކޮޅުގަ ލޯގަނޑުނެތް ސައިކަލް ހިފަހައްޓާ ބަޔަކަށްވެގެންނުވާނެ.
ކިތަންމެ ވަރަކަށް ފިޔަވަޅު އެޅިއަސް ފަރުދީޒިންމާ އަދާނުކުރާހާ ހިނދަކު ކަމެއް ރަނގަޅެއް ނުވާނެ
އެއީ މި ސަރުކާރުން މީހުންނަށް ރުފިޔާ ދީގެން
ކުރުވާ ކަންކަން. ބޭނުމަކީ ބުރިޖު ނައްތާލުން.
ޔާމީން ހަދާފަ ހުރި ތަންތަން ފެނުނީމާ ސަރުކާރު ނޭވާ ހާސްވާތީ
ޑިވަޑަރުގެ ބަދަލުގަ ފެންޓަސީން ތައްޔާރުކުރާ ޕާން މަގުމެދުގަ އަތުރައި މަގު ޑިވައިޑުކުރުން މާރަނގަޅު.
ކަޑޫ ފަލު ރަނިންނަށް މިނިސްޓަރުކަން ދިނީމާ ވާނީވެސް ތިހެން..އިސްތިއުފާ ދީ.. މިނިސްޓަރު ކަމެއް ނުކުރެވޭ އައިސާ އަކަށް.
ކަނޑޫ ފަލުތަ؟ ކުއްޅަވައް ފަލުތަ؟ ލޮލް
ކޮން. ޙައިވޭއެއްތަ އަޖައިބެކޭމީ ހައިވޭ ކިޔާތީ މީހުންްމޮޔަވނީ އެތާ މަޑުންނުދުެއްވޭނޭ ހިތަށްއަރުވައިގެން 150ކމ ގައި ދުއްވަނީ. ޙައިވޭ ކިޔާވަރު ދިގު ރާސްތާއެއް ކަޑައްތުކުރަންޖެހޭނަމަ ރަނގަޅު ހައިވޭކިޔަން. ނަންބަދަލުކުރޭ!
ހަލާކުވި ތަން ހެދޭވަރުގެ ޖޫރިމަނައެއް ނެގެންޖެހޭނެ....
ނިދިގެނެއް ނޫން، މި ބިދޭސީން ދުއްވަނީ ވަރަށް ބާރަށް ވޭނާ ޕިކަޕްވެސް، ދިވެހިންވެސް ދުއްވާ އެކަމަކު މީހަކައް ތަނަކަށް ބެލުމެއް ނެތި ބިދޭސީން ދުއްވަނީ. އެމީހުންނަށް ކޮން ކަމެއް ކިތަންމެ ހިތާމަވެރި ހާދިސާއެއް ކުރިމަތިވިޔަސް. ދިވެހިންވެސް އެމީހުނަށް ޓްރީޓް ކުރަނީ އެހެންވިއްޔާ.
އެކްސިޑެންޓްތައް ދިރާސާކުރާ ކޮމިޝަނެއް އުފައްދައިން ނޫނީ ތިކަން ތަހްްގީގެއް ނުކުރެވޭނެ މިސަރުކާރަކަށް! އަވަހަށް ކޮމިޝަން ހެދުމަށް ގޮވާލަން!
ނަހުލާކައިރީ ގައި ބުނެލަން ބޭނުމީ ހެލްމެޓް އެޅުމަކުން އަދި މިނިސްޓްރީގެ ވާޖިބު ނިމުނީކީނޫންކަން އެބަޖެޙެ ރަގަޅު އޮއްޓަރު ހުންނަ ގަވައިދު ހަދާފައި އެގަވައިދުތައް ތަންފީޒު ވޭތޯ ބަލަން ހަމަ ގަވައިދު ހަދާފައު ރައްއިތުންގެ ކުރިމައްޗައް އެއްލީމަކާ މިކަހަލަ ތިންވަނަގައުމް މީހުން ނަކައް ނޭނގޭނެ މިހެންބުނަން ލަދުވެސް ގަނޭ
އެކްސިޑެންޓަކަށްފަހު އެކްސިޑެންޓެއް ވާކަން އެނގޭ. ދެންވާގޮތެއް ނޭނގޭ. އަޅެފަހެ މިވަރުގެ ބޮޑެތި ގެއްލުން ލިބޭއިރު އަޅާ ފިޔަވަޅެއްވެސް ހާމަކުރާނަމަ ތަންކޮޅެއް ބަލާލާނެދޯ. މިއެކްސިޑެންޓްގައިވެސް ގެއްލުމުގެ ބަދަލެއް ވަގުތުން އަތުލަންޖެހޭނެ. މައްސަލަ ތަޙުޤީޤުކުރުމަކީ ބޮނޑުނަގުލަށްގޮސް ހުލިވާކަމެއް.
ރަނގަޅޭ ބުނީ ...
ޑިވައިޑަރުތައް ހުރީ މުރަނަ ވެފަ، މީހަކު ފޮޑިއެެއް ޖެހިޔަސް އެ ފުނޑުވާނެ. ނޫސްވެރިން އަޅެ ބަލާބަލަ އޭގަ އަތްލާފަ މީ ދޮގެެއް ނޫން.
ތިގޮތަށް ލިބޭ ގެއްލުންތައް، އެ ގެއްލުން ދޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ! ކޮންމެ މީހަކު ކޮށްދެއްވި ކަމެއް ނަމަވެސް، ދިވެހިންގެ ލާބަޔާއި މަންފާއަށް ކޮށްފައިވާ ކަމެއްކަމަށް ދަންނަންޖެހޭ.
ބިދޭސީން ރާއްޖެގެނެސް އެމީހުންލައްވާ މަސައްކަތް ކުރުވާ އިރު އެކަށީގެން ނުވާވަރަށް ބުރަކޮށް މަސައްކަތް ކުރުވުންވެސް އެއީ ވަރަށް އާންމުކަމެއް. މިފަހަރު ހަލާކުވީ ޑިވައިޑަރު. ޑްރައިވަރ ސަލާމަތްވީކަން އެއީ ޑްރައިވަރ އާއި އޭނާގެ އާއިލާއަށް ލެއްވިރަހްމަތެއް. ޑިވައިޑަރ އެއީ މާދަމާ ވެސް ހަދާފަ ބެހެއްޓިދާނެ އެއްޗެއް ނަމަވެސް މީހެއްގެ ފުރާނަ މާމުހިންމު. .
ބައްޔެއްނުދެން އަޖައިބެއް ނުވާނެތަ. ދެން ކޮންކަމެއްތަ ކުރަންވީ އެކްސިޑެންޓް ހުއްޓުވަން.
ޑިވައިޑަރު ތަންކޮޅެއް ދެރައީ. ވަށައިގެން ދަނގަޑު ފްރޭމް ޖަހަންފެނޭ.
މިއަހަރުގެ މިހާތަނަށް ހިނގާފަހުރި އެކްސިޑެންޓްތަކުގެ ޙަޤީޤަތް ބަލައި ފިޔަވަޅުއަޅަން ރިޔާސީ ކޮމިޝަނެއް އެކުލަވާލަން ވަރަށް ބޮޑަށް ފެނެއެވެ. ތަފާތު އެކްސިޑެންޓްތަކުގައި ބޮޑެތި ގެއްލުންތަށް ފެފައިހުރިކަން ފާހަގަކުރަން.
ޕިކަޕް ކާރު ކިޔާނެ ކަމެއް ނެތް ދުއްވާ އެއްޗެއްގަ އިނިއްޔާ ހެލްމެޓް އަޅުވަންވީ މުޅި ބުރިޖްގަވެސް ހެލްމެޓް އަތުރާފަ ބަހައްޓަންވީ މޮޔަކަމަނާ އަށް ސަލާމް
ބުރިޖަކީ ޔާމީންސަރުކާރުން ރަށްޔިތުންނަށްކުރެއްވި ލުއިފަސޭހަކަންތަކުގެތެރެއިން ފާހަގަ
ކުރެވޭ މުހިއްމުކަމެއް ގޯހީ ބުރިޖެއްނޫން ރަށްިޔތުންގެ ލުއިފަސޭހައަށް ބުރިޖުއެޅުއްވި
ފަރާތެއްވެސްނޫން ގާނޫނާ ގަވާއިދަށްނުބަލާ ތަނުގެމުހިއްމުކަމަށްނުބަލާ ލިބިދާނެގެއްލުމަށް
ނުބަލާ ޑިވައިޑަރު ފުނޑުފުނޑުކޮށްލިފަރާތްގޯހީ ލިބުނުގެއްލުމުގެ ބަދަލު ރަށްޔިތުންނަށް
ލިބުން ރަގަޅު މިއީ ހެލްމެޓްއެޅުމުން ހައްލުވާނެކަމެއްނޫން ބޭނުންވަނި ރަށްކާތެރިކަމަށް
ބެލުން
ޢެވަރުކަމެއް ވެދާނެ
މިތަން ހަދާނީ ހަމަ ރައްޔިތުންގެ ފައިސާއިން ދެއްތޯ؟؟؟
މަސައްކަތްބަދަލުކުރަންވީ 72 ގަޑިއިރު ނުދިނިދާ ކުރަންޖެހޭގޮތަށް އެއިރުން އަދިވެސް ތިފަދަހާދިސާތައް އިތުރުވާނެ
ތިޔަފެނުނީ ހަމައިން ނެއްޓިގެން ދިޔަތަން! ޜަގަޅށްވެއްޖެއްޔާ ތިޔަޑްރައިވަރުގެ ލައިސަނެއްވެސް އޮތަކަމަކަށް ނުވާނެ! ބްރިޖަށް ޕިކަޕް އެރުން މަނާކުރަންވީ
މީހަކުކަމެއްކޮއްދިނީމަ ސުކުރުކޮއްގެން އޭގެހެޔޮގޮތުގަ ބޭނުންކޮއްބަލަ އެކްސިދެންޓުވީމަ ބުރިޖުނުބައިވެފަ މަސްނުބެވުނީމަކަނޑުނުބައިވީމަ ކަމަކުނުދާނެ އިންސާނުންނަކީ ސުކުރުންނެތް ނުބައިނުލަފާބައެއްކަމައް ކީރިތިގުއާނުގަވެސްއޮއްނާނެ
ޕިކަޕްގެ އެފަރާތަށް ދެޔޯ އެއް އެރީ އެ ދެޔޯ އިށީނީ ބޭރަށް ފައި އެކުވައިގެން ފޮށިގަނޑުމަތީގަ އެ ދެޔޯގެ ފައި ޖެހުނު ހިސާބު އެހުރީ ބުރައިގެން ގޮއްސަ . ވީމާ ޑްރައިވަރުގެ މައްސަލަ އެއް ނެތެއްނު.