އިސްލާމްދީން ނޫން ދީންތަކަށް ރާއްޖޭގައި ފުރުސަތު ލިބިދޭގޮތަށް ކުރެވޭ މަސައްކަތުގައި އަދާލަތު ޕާޓީވެސް ހިމެނުމަކީ އެޕާޓީ ދީނާ ދެކޮޅުކަން ހާމަވާކަމެއް ކަމުގައި ޕީޕީއެމް އިން ބުނެފިއެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބް ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވީ، އީޔޫގެ ޕާލިމަންޓުން ނިންމި ޤަރާރާއި މެދު އަދާލަތުން ކަންބޮޑު ނުވާކަމީ އެޕާޓީން އިސްލާމްދީނާ ދެކޮޅު ކަން ހާމަވާ ކަމެއް ކަމަށެވެ.

ކަޑައެޅިގެން ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ލިބިދޭ ގޮތަށާއި އިސްލާމްދީނުގައި ކަޑައެޅިފައިވާ ބައެއް ހުކުމްތަކާއި ދެކޮޅަށް ރާއްޖެއާއި މެދު ފިޔަވަޅު އަޅަން ނިންމުމަކީ އަދާލަތަށް މިއަދު މައްސަލަ އެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއް ރަހީމް ވިދާޅުވީ މީގެ ކުރިން އަދާލަތު ޕާޓީ ފެނިފައިވަނީ ދީނީ ކަންކަމުގައި ވަރަށް ރަނގަޅު ސިޔާސަތެއް ގެންގުޅުއްވާ ހަރުދަނާ ޕާޓީއެއްގެ ގޮތުގައި ކަމަށެވެ. ދީނާއި ޚިލާފަށް ރައީސް ނަޝީދުގެ ވެރިކަމުގައި ހިންގެވި އަމަލުތަކާއި ދެކޮޅަށް އަޑު އުފުލައި އިހުލާސްތެރިކަން ދެއްކި ގޮތަށް މިއަދު މިކަންކަމުގައި އިހުލާސްތެރިކަން ނުފެންނަކަމީ ހިތާމަކުރާ ކަމެއްކަމަށް އަބްދުއް ރަހީމް ވިދާޅުވިއެވެ.

އީޔޫ ގެ ޕާލިމަންޓުން އިއްޔެ ފާސްކުރި ޤަރާރުގައި ރާއްޖޭއި އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތު އޮންނަން ޖެހޭކަމަށާއި، މަރަށް މަރު ހިފުމާއި ދެކޮޅަށް ވަނީ ޤަރާރު ފާސްކޮށްފައެވެ. މި ޤަރާރުގައި ދީނީ ގޮތުން ފުށޫއަރާ މިފަދަ ކަންކަން ހުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ މިޤަރާރަށް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލީ

    ރަނގަޅުވާހަކައެއް. ކުރިން ނަޝީދުއަކީ ލާދީނީ މީހެކޭ ކިޔާފަ މިހާރު ނަޝީދު ވަރެއް ނެތީގެން އުޅޭނީ ލާދީނީ ކަންކަމަށް ތާއީދުކުރާތީ.

  2. ޙގ

    ޢަބަދުވެސް އަދާލަތަކީ އިސްލާމް ދީނާ އިދިކޮޅު ޕާޓީއެއް

    • އަހަންމާ

      އެމީހުން ގުޅިގެން އެދިގާރާރެއް، ވީމާ ޢަދާލަތުގެ ތަޢީދުވާނެކަން ކަށަވަރު،
      ލާދީނީ ޢަދާލަތު!!!!!!!!!!!!!

  3. ރާއްޖެ

    އަދާލަތޭ ތިޔަކިޔާ ޓެރަރިސްޓް ނަންބޯޑް މިހާރުންން މިހާރަށް ޕާޓީތަކު ދަފްތަރުން އުވާ
    ލުމަށް ގޮވާލަން އެއްވެސް މެންބަރަކު ނެތް
    ހުސް ނަންބޯޑެއް ބޭނުންކޮށްގެން އިސްލާމް ދީނާ
    ދިމާ ދެކޮޅަށް މަސައްކަތްކުރުމަށާއި ފިތުނަ
    އުފެއްދުމަށް އެ ނަންބޯޑު ބޭނުން ކުރިއަދީގެން ނުވާނެއެވެ.