ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލި ދުވަހު އަމިއްލައަށް ކޮމިޝަނަރ އޮފް ޕޮލިސްގެ ޒިންމާތަކަށް އިސްވެ ފުލުހުންގެ މައްޗަށް އަމުރު ކުރި އަބްދުﷲ ފައިރޫޒް ފުލުހުންގެ ވަޒީފާ އަށް ނިކުންނަން ފަށައިފިއެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދަށް ވެރިކަން ލިބިވަޑައިގަތުމުން ފައިރޫޒް އެސިސްޓެންޓް ކޮމިޝަނަރ ކަމަށް ޕްރޮމޯޓް ކުރެއްވިއެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ފާޅުގައި ސަރުކާރާއި ދެކޮޅަށް ވާހަކަދައްކަވަން ފެއްޓެވުމުން އޭނާ ވަޒީފާ އިން ވަކިކުރިއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ސިވިލް ކޯޓުން އިއްވި ހުކުމްގައި ފައިރޫޒަށް އަލުން ވަޒީފާ ދޭން ވަނީ އަމުރުކޮށްފައެވެ.

ސިވިލް ކޯޓުގެ މިހުކުމާ ގުޅިގެން ފައިރޫޒް ވަކިކުރި އިރު ހުންނެވި މަގާމު ކަމުގައިވާ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު އަލުން ވަނީ ދީފަ އެވެ. އަދި މިހާރު ފުލުހުންގެ ޑިވިޝަނަލް އޮޕަރޭޝަންސް ކޮމާންޑު ހިންގުން ވަނީ އޭނާއާ ހަވާލުކޮށްފަ އެވެ.

ފައިރޫޒް ފުލުހުންގެ ވަޒީފާ އަށް ނިކުންނަން ފެށިއިރު އޭނާ އަކީ އެމްޑީޕީ މެންބަރުންގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވެފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ކޮންމެހެން އެމްޑީޕީގެ މިންބަރުން ރުހޭކަށް ނުޖެހޭ ، ފުލުހުންގެ އިސްވެރިންނަށް ،

  2. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    މިވެރިކަމުގަ މިކަހަލަ ކޮންމެ ނުބައެއްހަދާފަހުރި މީހަކު ދަމާގެނެސް ވަޒީފާދޭނެ. މިހާރު ކަލޭމެން އިހުތިރާމް ކުރުވަން މަޖުބޫރުކޮށްފަ ހުރިމީހާގެ ބެކްގްރައުންޑް ބަލާބަލަ!

  3. މަގޭޚިޔާލު

    އެންމެން ރުހޭ އެކަކުވެސް ނުހުންނާނެ.

  4. ޜުސްދީ

    ދެން 7 އަހަރައް ވާ ވަރައް ލާރި ދީ

  5. ޖަހާންގީރު

    މިސަރުކާރު އަނިޔާގެމަށްޗަށް އަނިޔާ

  6. ޕާޓޭ ގެ ޑެޑީ

    ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލި ދުވަހު!! މީގެ ކުރިން ވަގުތުގަ ޖަހަނީ އަމިލަޔައް އިސްތިއުފާދިން... މިހާރު ވަގުތު މީހުންވެސް ގަބޫލުކުރަންދޯ ވެރިކަން ވައްޓާލީކަން

  7. ޢަލި

    މޮޔަ މީހުންނަށް ވެރިކަން ލިބުނީމާ ފަސޭހަވާނެ ވައްޓާލަން