ރާއްޖޭގެ ބައެއް ކޯޓުތަކުގެ ފަނޑިޔާރުންނާއި، ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ގޭންގުތަކާ ގުޅުން އޮންނަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް، ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހިއްސާކޮށްފިއެވެ.

މި ހެކިތައް އޭނާ ޖޭއެސްސީއާ ހިއްސާ ކޮށްފައިވަނީ ޖޭއެސްސީގެ އެދިވަޑައިގަތުމުގެ މަތިންނެވެ.

"ޖޭއެސްސީ އިން އެދިވަޑައިގެންފައިވާ ގޮތުގެ މަތިން ގޭންގުތަކާ ފަނޑިޔާރުންނާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ޖޭއެސްސީ އާއި މިއަދު ހިއްސާ ކޮށްފިން." ސުއޫދު ވިދާޅުވިއެވެ.

މަރުތައް ބަލާ ކޮމިޝަނުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުއޫދު ވަނީ މީގެ ކުރިން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނާ، ގޭންގުތަކާ ގުޅުން އޮންނަކަމަށް ވިދާޅުވެފައެވެ. އަދި، ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ގޭންގުތަކަށް ކޯޓާ ލިބޭކަމަށް ބެލެވޭކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، ގޭންގުތަކާ ގުޅުން އޮންނަ މައްސަލަތަކުގައި، ހެއްކަށް ބާރު ފޯރުވައިގެން ގޭންގުތަކުގެ ފަރާތްތަކުގެ މައްޗަށް ކުށް ސާބިތު ނުވާގޮތަށްވެސް ކަންކަން ކޮށްފައިވާކަމަށް އެދުވަހު އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަލާހް

    ޒަމާނުއްސުރެ މަސްއޮޑި ގޭންގް އާ އޭރަކު އޮންނަ ސަރުކާރަކާ ބޮޑު ގުޅުމެއް އޮވޭ. ޢެތައް ބައެއް ދަންނަ ހަގީގަތެއް.

  2. ލައްބަ

    ވަކީލުންނާ ގޭންގުތަކާއި އޮތް ގުޅުމުގެ ހެކިވެސް ދެއްކިނަމަ ވަރަށް ސަޅިވީސް