އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީއާއެކު މަސައްކަތް ކުރަން ތައްޔާރު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕާލަސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އިން ބުނެފިއެވެ.
ޕީއެންސީ އުފެއްދުމަށް ޕީޕީއެމުން ވަކިވެވަޑައިގެންނެވި ޕީޕީއެމްގެ ކުރީގެ އެސްޖީ ބިލެތްދޫ ދާއިރާ މެމްބަރު ޑރ.އަބްދުﷲ ހަލީލު ވިދާޅުވީ އެމްޑީޕީ އަށް މެޖޯރިޓީ ނުދީ އެމްޑީޕީގެ އަނިޔާވެރި ވަކިތަކުން ރައްޔިތުންގެ މަޖިލިސް ސަލާމަތް ކުރުމަށް ގާސިމް ފެއްޓެވި މަސައްކަތުގައި އެމަނިކުފާނާއިއެކު ތިއްބެވި ކަމަށެވެ.
" އެމްޑީޕީ އަށް މެޖޯރިޓީ ނުދީ ރައްޔިތުން އެދޭ މަޖިލިސްއެއް ރައްޔިތުން ހޮވާނެ" ހަލީލު ވިދާޅުވިއެވެ.
ހަލީލު މިހެން ވިދާޅުވެފައި ވަނީ ވެރިކަން ކުރާ ކޯލިޝަނުގެ އެންމެ ބޮޑު ދެ ޕާޓީ ކަމަށްވާ ޖޭޕީއާއި އެމްޑީޕީ މެދުގައި ހިޔާލު ތަފާތުވެ ރައީސް ޔާމީނާއެކުވެސް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެއްކޮށް މަސައްކަތް ކުިރުމަށް މަޝްވަރާކުރަން ތައްޔާރަށް ހުންނެވި ކަމަށް ގާސިމް އިބްރާހިމް ރޭ އިޝާރާތް ކުރައްވާފައި ވަނިކޮށެވެ.
ޤާސިމް ވިދާޅުވެފައި ވަނީ އަނެއްކާވެސް އެމްޑީޕީ ޖުމްހޫރީ ޕާޓީ މަގުމަތިކޮށްފި ކަމަށާއި އެމްޑީޕީ އިން ހެދި އެއްބަސްވުމާ ޚިލާފުވެއްޖެ ކަމަށެވެ. އަދި ގާސިމް ގެންދަވަނީ އެމްޑީޕީ އަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ފަހަކަށް ފާޑު ވިދާޅުވަމުންނެވެ.
ޕީ އެން ސީ ގެ ނަމުގައި ޕާޓީ ހެދިޔަސް ވަގުން ވާނީ ވަގުން ނަން! ސުވާލުވެސް ކުރާނެ ކަމެއް ނެތް، ވަގުންގެ ފަހަތަން ވަންނާނީ ހަމަ ވަގުން .މައްސަލަ ބަލާ ކޮމެޓީ ތަކަން ޖުމްހޫރީ ޕާޓީން އެއްބާރުލުން ނުދިނީ ކަމުގެ ހަގީގަތް އާންމު ރައްޔިތުން ނަން ،ފަޅާ އަރާފާނެތީ ހިތާ؟ އެއައްވުރެ ރައްޔިތުން ހޭލާތިބީ .ފަޅާ އަރާއިފި .
ވަގުންނޫން މީހަކު މިގައުމުން ދައްކަބަލަ؟ ތިމާ މީހާ ހަލާލުގޮތުގައި ކެއި އެއްޗެއް ހަނދާނަން ގެންނަން މަސައްކަތް ކޮށްބަލަ!
ބަލަ ތި މޮޅު ޕާޓީން އެކަނި އެކަންކޮއްބަލަ ހިއްވަރެއް ހުރިއްޔާ
މޑޕ އަށް މަޖިލިސް ލިބއްޖެނަމަ ރާއްޖެ
ނުރައްކާތެރި އަނދަވަޅަކަށް ވެއްޓޭއެވެ މިހާރު
ވެސް ހައްދުފަހަނަ އަޅާފައިވާ މޑޕގެ އިސް
ފަރާތްތައް ރާއްޖެ އަޅުވެތިކޮށް އިސްލާމްދީން
ރާއްޖެއިން ފުހެލާނެއެވެ މިއީ ރައްޔިތުން ވަރަށް
ބޮޑަށް ސަމާލްވާޖެހޭ ކަމެކެވެ
އެމް ޑީ ޕީ ގަ ތިބީ ވަގުން. ކޮބާތަ އަނި 3 އަހަރުގެ ވެރިކަމުގަ ވަގައް ނެގި ފައިސާރައް. އެމަސަލަތައް ކީވެ ނުބެލެން ވީ. ޔާމީން ވަގައް ނެގި ފައިސާއެއް އޮތީޔާ އެއްހޯދަބަލަ. ޔާމީން ވަކަމެއް ކުރިޔާތަ އެއް ފެއްނާނީ. ޔާމީން މިޤައުމައް ގެނެސްދިން ތަރައްގީއައް ހަސަދަލައިގެން ތިއުޅެ ނީ. މިކޮމެންޓް ޖަހާލަ ދޭތި. ވަރައް އާދޭހާއެކު ދައްނަވަން. ވަރައް ސަލާން.
ބުރުމާއެއްގެ ބޯނެތިއްޔާ ކަށިހަރު ކުރަން ވަރައް އުދަގޫވާނެ