ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ދުވަހުގައި ހިނގާދިޔަ ކަންކަމާއި ގުޅުވައިގެން ވާހަކަދައްކަވަން ނަޝީދަށް ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް ޗެލެންޖް ކުރެއްވުމުން މާލޭ އޭރިޔާ ކޮމާންޑަރު ބްރިގޭޑިއާ (ރިޓަޔާޑް) އިބްރާހިމް ދީދީ ރައްދު ދެއްވައިފިއެވެ.
ނާޒިމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ބްރިގޭޑިއާ ޑީޑީ ވިދާޅުވީ ނާޒިމް ވިދާޅުވި ގޮތައް އެކަން އޮތް ނަމަ އެދުވަހު ސިފައިންގެ ބޭރުގައި ހުންނަވައިގެން ތިމަންނާ މިހުރީ ސިފައިންގެއާއި ހަވާލު ވެގެން ކަމަށް އިއުލާން ކުރައްވައި ވަރަށް އަވަހަށް ސިފައިންގެއަށް މީހަކު އަންޔަން ކުރާނަމޭ ވިދާޅުވީ ކޮން ހައިސިއްޔަތަކުންތޯ ސުވާލު ކުރައްވާފައެވެ.
"ޖަވާބު ދެއްވުން އެދެން. އަޅުގަނޑުގެވެސް ޗެލެންޖެއް" ޑީޑީ ވިދާޅުވިއެވެ.
https://twitter.com/ibrahimmdidi/status/1087405453988880384
ނާޒިމް މިދިޔަ ހުކުރު ދުވަހު ވިދާޅުވީ ނަޝީދު އިސްތިއުފާދެއްވި ދުވަހު ސިފައިންގެ ތެރެއަށް ވެންނެވި އިރު އެއްވެސް ވަރަކަށް ރައީސް ނަޝީދާއި މުއާމަލާތް ނުކުރެވޭ ކަމަށާއި، އަދި ރައީސް ނަޝީދާއި ސިފައިންގެ ތެރެއިން ބައްދަލުވެސް ނުވާ ކަމަށެވެ.
"އަޅުގަނޑު ރައީސް ނަޝީދެއް ނުދެކެން އެތެރެއަކުން. ރައީސް ނަޝީދާ ބައްދަލުވެސް ނުވޭ. ރައީސް ނަޝީދަށް މިކަމުގައި އިތުރުފުިޅު ހައްދަވާކަށް ކެރިވަޑައެއް ނުގަންނަވާނެ." ރައީސް ނަޝީދަށް ޗެލެންޖުކޮށް ނާޒިމް ވިދާޅުވިއެވެ.
ނަޝީދުގެ ވެރިކަން ވައްޓާލީ ބަޣާވާތަކުން ކަމަށް އަބަދުވެސް އެމްޑީޕީ އިން ތުހުމަތު ކުރެއެވެ. އެބަޣާވާތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ނާޒިމާއި، ކުރީގެ ސީޕީ އަބްދުﷲ ރިޔާޒް ކަމަށް ވެސް އެމްޑީޕީ އިން ތުހުމަތު ކުރެއެވެ.
ޑީޑީ އަކަސް ނާޒިމަކަސް އަންނިއަކަސް އިބޫއަކަސް ހަމަ އެކައްޗެއް! ރައްޔިތުންނަށް އޮޅުވާލަން ނިކަން މޮޅު ވާހަކަދައްކާނެ! އެކަމަު ތިމާގެ އަންބޮނޑި ބޮޑުކަންވީމާ ހައްޓަކު ހެޔެއް ނުހުންނާނެ!
ކަލެއަކަށް ނާޒިމަކާ ޗެލެންޖެއް ނުކުރެވޭނެ. ހަނދާން ނައްތާލާ ކަލޯ.
ސާބަހޭ ޑީޑީ. ތިހުންނަނީ ގަޓުހުރި މީހުން. ނާޒިމަކީ ޚިޔާނާތްތެރިއެއް މުޅި ޤައުމަށް. މިވަރުގެ ތެދުވެރިއެއްކަމަށް ހެދިގެން އޭނަ އެއުޅެނީ މަޖިލީސްތެރެއަށް ބޭނިގަންނަން. ވަނަނުދޭތި އިބްރާހީމްދީ. އެކަން ސާބިތުކޮށްދޭތި
މީނަ ވެސް މޮޔަ ވެއްޖެ. ވާނީ ވެސް އެހެން ގޮނޑިގަނޑު ގެއްލުނީމަ.
"ރައީސް ނަޝީދަށް މިކަމުގައި އިތުރުފުިޅު ހައްދަވާކަށް ކެރިވަޑައެއް ނުގަންނަވާނެ." މީތި ގޯސް. އޭނަ ޖެހިލުމެއް ނުވާނެ ކިތަންމެ ބޮޑު ދޮގެއް ހަދާކަށްވެސް.
ނަާޒިމަކީ ވެސް ބާޢީއެއް.. ﷲ އިރާދަކުރެއްވިއްޔާ މިވެރިކަމުގަވެސް ބާޢީންތައް ޖަލަށްވައްދާނަން..
ދީދީ ބުނަން ރަގަޅު ވާހަކައެއް؟ ކަލޯ ތިޔަހަރީ ޕްރައިމަރީ އިންވެސް ކަޓާފަ. ދެންވެސް އަނގަނުތަޅާ މަޑުން ހުރެވޭތޯބަލާ. ލައްކަ ގިނަލާރި ރައްޔިތުންގެ އަތުން ކެވިއްޖެނު ކަމެއް ނުކޮށްދެވުނަކަސް؟
ބްރިގާޑިއާ މަނިކްފާނު ސިޔާސީ އޮޑީގައި ގެބެމުންދާ ހިނދު އެބެއްލެވީ ފަލަސުރުހީން ޖާގަހޯދޭތޯ! ބަލަ 7 ފެބްރުއަރީގައި ހިނގާފައިވާ ހުރިހާކަމެއްގެ އެންމެބޮޑު ޒިންމާ އުފުލަން ޖެހޭނީ މާލޭއޭރިއާއޭ ކިޔާ ކޮމާންޑަރުގެ ހައިސިއްޔަތުން ތިމާއޭ! އެޒިންމާ ތިމާގެ ނާގާބިލްކަމުން މުޅި އޮޕަރޭޝަން އަތައްގޮވީ.
ތީހަމަ އައްޑޫ މީހުންގެ ވައްތަރު ހިތެއްނުފުރޭނެ ރައްތަރައްގީ ކުރާށޭ ކިޔައިގެން އަންބޮޑި ބޮޑުކުރަން ރަށުގަ މީދަލެއްވެސް ބުލަލެއްވެސް ދިރި ނޫޅޭ ހުރިހާ ވެރިން އުޅެނީ މާލޭގަ..ކިޔާނެކަމެއްނެއް ލަބީބަކަސް ސަރީފަކަސް އަސްލަމަކަސް އިބުރާހިމަކަސް ސޯދިގަކަސް ތެންކޮން ރށެކޭ ތަރައްގީ އެކޭތޯ