ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް މިހާރު ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް، އުމުރުން ދުވަސްވީ މީހުންނަށް ފައިސާދީ، އެމީހުންނަށް ކިޔަން ނޭނގޭ އިނގިރޭސި ބަހުން ތައްޔާރު ކޮށްފައި އޮންނަ އެގްރިމެންޓްތަކެއްގައި ސޮއި ކުރުވަމުން ގެންދާ ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ތުހުމަތު ކޮށްފިއެވެ.
ރިޔާޒާއި މުސްތަފާ ވެސް ގެންދަނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ތިމަރަފުށީ ދާއިރާއަށް ވާދަކުރުމަށް ކެމްޕޭން ކުރަމުންނެވެ. 2009 ވަނަ އަހަރަށް ފަހު އެންމެ ގިނަ އިންތިޚާބު ކާމިޔާބު ކުރެއްވި މެންބަރުގެ ގޮތުގައި މުސްތަފާ އިންތިޚާބުގައި ވާދަކުރައްވާއިރު އޭނާ ގެންދަވަނީ ރިޔާޒަށް ބަހުގެ ވަރުގަދަ ހަމަލާތައް ވެސް ދެއްވަމުންނެވެ.
މުސްތަފާ ރޭ މެންދަމު ތިނެއް ޖަހަން އުޅެނިކޮށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާޒް އިނގިރޭސި ބަހުން ހަދާ އެގްރިމެންޓްތަކުގައި ސޮއިކޮށް ފައިސާ ނުނެގުމަށް ދާއިރާގެ އުމުރުން ދުވަސްވީ މީހުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.
"ދާއިރާގެ އުމުރުން ދުވަސްވެފައި ތިބި ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ދަންނަވަން. ޢަބްދުﷲ ރިޔާޒް އިނގިރޭސިބަހުން ހަދާ އެގްރިމެންޓްތަކުގައި ސޮއިކޮށް ފައިސާ ނުނަގާތި" މުސްތަފާ ވިދާޅުވިއެވެ.
Dhaairaage umurun dhuvasvefai thibi beyfulhunge salaamathaai rakkaatheri kamahtakai dhannavan! Abdulla Riyaz Ingireysi bahun hadhaa agreement thakugai soi koh faisaa nunagaathi.
— Mohamed Musthafa (@Thimarafushi) February 3, 2019
ތިމަރަފުށިން މިއަދު "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ އެކި ކަންކަމުގައި ފައިސާ ހޯދަން ރިޔާޒް ކައިރީ އެދޭ މީހުންނަށް ރިޔާޒް ފައިސާ ދެމުންދާ ކަމަށާއި ފައިސާ ދެނީ އަނބުރާ ދައްކާ ގޮތައް ކަމަށެވެ. އެފައިސާ އަނބުރާ ދައްކާއިރު އިތުރަށް ފައިސާ ދައްކަން ޖެހޭ ކަމަށް އެގްރީމެންޓްގައި އޮންނަ ކަމަށް އޭނާ ބުންޏެވެ.
ރިޔާޒަކީ އަމިއްލަ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރައްވާ ބޭފުޅެކެވެ. ގޮތް ނޭނގޭ އެގްރީމެންޓްތަކެއްގައި ބަޔަކު ލައްވާ ސޮއި ކުރުވާ ކަމުގެ ތުހުމަތު ރިޔާޒްގެ މައްޗަށް ކުރެވިފައި ވާއިރު ރިޔާޒު އިންތިޚާބަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ މައްސަލައެއް އޭސީސީއަށް ވެސް ހުށަހަޅާފައިވެއެވެ.
އަބަދުވެސް މަޖިލިސް އިންތިޚާބުގައި ތިމަރަފުށީ ދާއިރާގައި ވަރަށް ފޯރިގަދަވެއެވެ. މަޖިލިސް އިންތިޚާބު އޮންނާނީ އޭޕްރިލް 06 ވަނަ ދުވަހު އެވެ.
މިކަލޭގެ މިފަހަރު ބުރުވާލަންވާނެ! ކިނބިދޫދާއިރާގެ ގޮނޑި މިހާތަނަށްފުރަމުންއައިއިރު ދާއިރާގެ ޙާލު ބަލާވެސްނުލާތާންގައި ދާއިރާގެ ތަރައްޤީއަށްވެސް އެޅީ ހުރަސް. މިފަހަރު ކިބިދޫދާއިރާއިން ރީތިކޮށް ފެއިލްވާނޭކަން އެގޭތީ ތިމަރަފުށިދާއިރާ ޕަކަޅާކޮށްލަންކަމަށް ތޯ މީނަ މި އުޅެނީ؟ ނުހޮވޭނެ އިންޝާއަﷲ!
ރިޔާޒުގެ އެގުރީމެންޓް ކިޔަން ނޭގޭ ބަޔަކަށް މުސްތަފާގެ ޓްވީޓް ކިޔަން އިގޭނެބާ؟
މަށަކީވެސް ތިމަރަފުށީ މީހެއް .. މުސްތަފާ އެ ހަދަނީ ދޮގު .. ކުޑަ ނަމަވެސް ދޮގެއް ވާނީ ދޮގަކައް .. މުސްތަފާ މޮޅުވާނެ ނިކަން ދޮގުހަދަން
ތި މުސްތަފާ ތީ ދެބޯގެރިއެއް މީހުންގެ އަބުރު ކަތިލުމާއި އަދި ކަލަގޮވުން ތީނަގެ ގައިގައި ހުރި ވަރައްވެސް ނުބާ ސިފައެއް ހުންނަ މީ ހެއް ކޮންމެ އިންތިޚާބަކަށް ތިސޮރު ތިކަން ކުރާކަން މުޅި ރާއްޖެވެސް ދަނޭ ރިޔާޒު ލޯނުދިނީމަ ރަނގަޅެއް ނޫން ބޭންކުން ވެސް ދެނީ އިނގިރޭސިބަހުން ދޯ ކާޑު ހައްދަން ދިޔަސް ދެނީ އިނގިރޭސި ބަހުން ދޯ ފަސްދޮޅަސް އަހަރުވީ ކޮންމެ މީހަކުވެސް ވިސާ ޑެބިޓް ކާޑު ގެންގުޅޭ ނުލަފާ މުސްތަފާ މިވާހަކަ ނުދައްކަނީ ކީއްވެތަ
ފައިސާ ދީފައި ދިންވަރަށްވުރެ އިތުރަށް ނަގާނަމަ އިތުރުވާ ފައިސާ އަކީ ރިބާ.
ބާޣީރިޔާޒު ބޮޑުތަނުން ވައޓާލަންވާނެ
ރިބާގެ މުޢާމަލާތެއް ބަޔަކު ހިންގާ ކަމަށްވަންޏާ މައްސަލަ ފުލުހުންނަށް ހުށަހެޅުން ރަނގަޅުވާނެ.
ބޫޓު ވަގު ކީކޭ މިކިޔަނީ،
ކަލޭމެން ދެމީހުން ތީ އެއްވަރު ދެމީހުން. އަދި ވަކިން ގުއިތަފާ ތީ އަރާ ހުރި މީހެއް. ކަލޭ ދައްކާ ވާހަކަ އެކަކުވެސް ގަބޫލެއް ނުކުރާނެ.
މިކަލޭގެ މީ ތިމަރަފުށީ މީހެއް ދޯ! އާނ އެހެންވިއްޔާ މަކަރާ ހީލަތުން ހުންނާނީ ހައްދުފަހަނައަޅާފައި!
ސާބަސް މުސްތަފާ ހިފަހައްޓާފައި ބަހައްޓާ ތިރިޔާޒަކީ ފަހަކަށްއައިސް ވަރަށް ފެންމަތިވެގެން އުޅޭ ބޭކަލެއް މިފަހަރު ސައިޒުކޮށްލާފައިމެނުވީ ދޫނުކުރާތި ލައްކަދުވަސްވެއްޖެ މީހުންގެ އަބުރު ކަތިލަމުން ލަދެއްހަޔާތެއްނެތި މީޑިޔާގައި އުޅޭތާ މިފަހަރުތިޖެހުނީ މީހަކާ ރަގަޅަށް ސައިޒުކުރާތި
ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އެބުނީ ވަރަށް ގޮޑު ތެދައް! ހަދާ ގޮތަކީ ގޭގެއަށް ގޮސް ބުނަނީ މިގެއަށް ދަތިވެފައި އިތީ ކޮން ކަމެއްހޭ؟ ތިމަންނާ ތި ދަތި ވެފައިހުރިކަން ހައްލުކޮށްދޭނަމޭ! ގެގެ ވެރިފަރާތުން ބުނަނީ ގޭގެ މިހާރު ހަދަމުންދާ ބައި ޓީނުޖެހުމާ ސިމެންތި ޖެހުމަށް! ރިޔާޒް ބުނަނީ ތިމަންނާއަށް ވޯޓް މި ގޭ ދޭށޭ! ތިމަންނާ އެކަން ކޮށްދޭނަމޭ! ތިމަންނާ މަޖިލީހަށް ހޮވިއްޖެ ނަމަ ލޯނު މާފްވީއޭ! ނުހޮވިއްޖެ ނަމަ ލޯނު އަނބުރާ ދައްކަން ޖެހޭނޭ! މީ ތެދު
މުސްތަފާ އެބުނީ ވަރަށް ރަގަޅު ވާހަކައެއް. މިހާރުވެސް އެކަން އެބަ ހިގާ
އެޔޯ ތެދެއް. މަ ހެކިވަން.
ފައިސާ ދެނީ އެގްރީމަންޓް ހަދައިގެން. އިންތިހާބަށް ނުފޫޒް ފޯރުވުން. ވަރަށް ހިތާމަ ހުރި ކަމެއް
ތިމަރަފުށީ ރައްޔިތުން ފައިސާ އަށް ހަލަކް ކޮށްފި. އަބްދުﷲ ރިޔާޒް މި ހިންގަނީ ކޮރަޕްސަން. ތިމަރަފުށީ މީހަކަށް ވާތީ ދެރަވޭ.
ވަރަށް ދެރަކަމެއް، ހަރާމް ފައިސާ
މުސްތަފާޔަކީ ފޭރޭމީހެއް. ވަގެއް.
ތިޔަ ތިމަރަފުށީ ރިޔާޒަކީ ވަރަށް ވަގު މީހުން ލޫޓުވާލުމުގައިވެސް އަރާ ހުރި މީހެއް މީނާ އާއި މީނާގެ ބައިވެރިން ވެގެން ކަޓު ލިބޭގޮތައް އާރުސީސީ އަށް ކަމަށް ބުނެ ބާގީ ނާޒިމު އިސްވެ ހުރެ އިމިގުރޭޝަންގެ ކުރީގެ ވެރިއެއް ލައްވާ 18000 ބިދޭސީން ގެނެސް އެމީހުންގެ ރެކޯޑްތައްނައްތާލާ ކޮންމެ މީހަކަށް ޑިޕޕސިޓުގެ ގޮތުގައި 800 ޑޮލަރު 14.5 މިލިއަން ޑޮލަރު ދައުލަތުގެ ބަޖެޓުން ފޭރުނު. އޭގެ ތެރެއިން އެއްބައި ގޭޖް ކިޔާ ކުންފުންޏަކަށް އަނެއްބައި އާރު ސީސީ ގެ ވިޔަފާރި ފުޅާކުރުމަށް ހޭދަކުރި ކަމުގެ ވާހަކަ ތައްވެސް ބަލަންޖެހޭ.
މިމީހުންނަކީ ޤައުމީ ބޮޑެތި ވަގުން.