ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސްރީލަންކާގެ 71 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ. އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ދިވެހި ސަރުކާރުގެ އިސް ވެރިންގެ ވަފުދެއް މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ސްރީލަންކާގެ ގޯލް ފޭސް ގްރީން ސަރަހައްދުގައި ކުލަގަދަ ހަރަކާތްތަކަކާއިއެކު ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި، ސްރީލަންކާގެ ރައީސާއި އެ ޤައުމުގެ ބޮޑުވަޒީރާއި ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން ބޭރުޤައުމުތަކުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ސްރީލަންކާގެ މިނިވަންދުވަހުގެ ގޮތުގައި ފާހަގަކުރަނީ އިނގިރޭސިންގެ އަތްދަށުން މިނިވަންކަން ލިބުނު ދުވަސްކަމުގައިވާ 1948 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 4 ވަނަ ދުވަހެވެ.
ސްރީލަންކާގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވުމަށް ރައީސް ޞާލިހް ލަންކާއަށް ވަޑައިގެންނެވީ އިއްޔެ އެވެ. އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގައެވެ.
ރައީސްގެ ދަތުރުފުޅުގައި އިއްޔެ އެމަނިކުފާނު ވަނީ ލަންކާގައި ދިރިއުޅުވާ ދިވެހިންނާއި ބައްދަލު ކުރައްވާފައެވެ.
އެގޮތަށް ޝަރަފުވެރިކޮށްދިން އެޑިއުކޭޝަން މިނިސްޓަރވެސް. އިބުރާހިމުވެސް އެތާގަ ކުޅިބަލަން އިނީ. މިނިސްޓަރުވެސް އިނީ. ސިރިސޭނާ ކައިރިއަށްވެސް ނުގެންދޭ
ތިކަމުން ދިވެހި ރާއްޖެ އައް ކުރާނީ ކޮން ފަދާއެއް