ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މާދަމާ، ރައްޔިތުންގެ މަޖިލީހަށް ރިޔާސީބަޔާން އިއްވަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ރިޔާސީބަޔާން އިއްވަވާނީ، މާދަމާ ހެނދުނު 10 ޖަހާއިރު ދަރުބާރުގޭގައި ބާއްވާ ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައެވެ.
ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައި އޮންނަނީ ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވާންވާނެއެވެ.
ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާތީ، މާދަމާ ސަރުކާރު ބަންދު ވާނެއެވެ.
މާދަމާ ރައީސް ޞާލިހް ދެއްވަވާ ރިޔާސީ ބަޔާނަކީ އެމަނިކުފާނު ދެއްވަވާ ފުރަތަމަ ރިޔާސީ ބަޔާނެވެ.
މާދަމާ މަޖިލިސް ހުޅުވާ އަންނަ ހަފްތާގައި މަޖިލީހުގެ ޖަލްސާތައް އާއްމު އުސޫލުން ކުރިއަށް ގެންދަން ފަށާއިރު ސަރުކާރުން ފާސްކުރަން ބޭނުންވާ މުހިންމު ބިލްތަކެއް، ފާސްކުރުމުގެ މަރުހަލާގައި އެބައޮތެވެ. އޭގެތެރޭގައި އެންމެ ފާހަގަ ކުރެވޭ އެއް ބިލަކީ ރިޔާސީ ކޮމިޝަނަށް ބާރުތައް ހޯދަން ސަރުކާރުން ހުށަހަޅާފައިވާ ބިލެވެ.
ރައީސް ޔާމީން ، ރައީސް ވަޙީދު ، ރައީސް މައުމޫނު މަޖްލިސްގައި ރިޔާސީބަޔާންއިއްވި ދުވަސްތަކުގައި އެމްޑީޕީމީހުން ހަޅޭލަވާ ކަށިގަނޑުފުމެ މެފޯނުން ހަޅޭލަވާ ކޮށިހަދާ ރިޔާސަތުމޭޒަށް ކޮއްޅުންއަރާ ރައީސްގެ ގޮނޑިގެނގޮސް ހެދިދުވަސް މިއަދު ހަނދާނަށް ގެންނަވާ! މިއަދު އިދިކޮޅުގައިތިބި 32 މީހުން އެގޮތަށް ކަންތައްކޮށްފިނަމަ އަސަރުކޮށްލާވަރު އެގޭނެ!
ހިންދީ ބަހުން ބަޔާން އިއްވާފަ، "ޖައިހިންދު" ގެ ނަޣަރާއިން ބަޔާން ނިންމާފަ، ޖަލްސާ "ސާރޭ ޖަހާންސް އައްޗާ" އިން ނިންމާލާ. ގައުމު އިންޑިޔާއަށް ވިއްކާ ނިންމައިފި.
ރިޔާސީ ބަޔާން އިއްވާނޭ ކޮމިޝަނެއް ހަދާކަށް ނުވޭތަ؟ ތިކަމަށްވެސް ދެތިންސަތޭކަ ނައިބުން ހޮވާބަލަ!