ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވަކި ބަޔަކަށް ސުޕަ މެޖޯރިޓީ ދޭކަށް ނުޖެހޭނެކަމަށާއި އެކަން އެގޮތަށް ވެއްޖެނަމަ، ޤައުމު ވެއްޓޭނީ އަނދަވަޅަކަށްކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޭތުވެތިދިޔަ ދުވަސްތަކުގައި، މަޖިލީހުގެ ސުޕަ މެޖޯރިޓީ ވަކި ބަޔަކަށް ލިބުމުން ކަންތައްވީގޮތް ތަޖުރިބާ ކުރެވިފައިވާކަމުގައެވެ.
"ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވަކި ބަޔަކަށް ސުޕަ މެޖޯރިޓީ ދޭކަށް ނުޖެހެނޭ! އެކަން އެގޮތަށް ވެއްޖެނަމަ، ޤައުމު ވެއްޓޭނީ އަނދަވަޅަކަށް. މިކަން ވޭތުވެދިޔަ ދުވަސްތަކުގައި ފެނި ތަޖުރިބާ ކުރެވިއްޖެ!" ޝައިޚް ޒައިދު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.
Kuriyah oi Majilis inthikhaab ga, vaki bayakah S majority deykah nujeheyne! Ekan egothah vejjenama, Qaumu vetteynee andavalhakah. Mikan veythuvediya duvasthakugai feni thajuribaa kurevijje! 3 baaru saafukoh vakivaan jehey! Zimmaadaar kuruveyny eyrun! Heyolafaa meehun hovan jehey!
— Ali Zaid (@alizaid1000) February 9, 2019
މީގެއިތުރުންވެސް، ޒައިދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދައުލަތުގެ ތިން ބާރު ވަކިވާން ޖެހޭކަމަށާއި ޒިންމާދާރު ކުރެވޭނީ އޭރުންކަމަށެވެ. ހަމައެހެންމެ، މަޖިލީހުގެ ގޮނޑިތަކަށް ހެޔޮލަފާ މީހުން ހޮވަން ޖެހޭކަމަށްވެސް ޝައިޚް ވިދާޅުވިއެވެ.
"3 ބާރު ސާފުކޮށް ވަކިވާން ޖެހޭ! ޒިންމާދާރު ކުރެވޭނީ އޭރުން! ހެޔޮ ލަފާ މީހުން ހޮވަން ޖެހޭ!" ޝައިޚްގެ ޓްވީޓުގައި ވިދާޅުވިއެވެ.
ހެޔޮލަފާމީހުންކަމަށް ތިޔަ އިގިލިދިއްކުރީ އަދާލަތުގެ މީހުންނަށްތޯއެވެ؟ އެހެންނަމަ އެއީ މިޤަވްމު މިހާތަނަށް ދުށް އެންމެ ނުބައި މުނާފިޤުންނެވެ.
ކަލޭ ތިޔަ ހުރީ އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކުރާ މީހެއްގެ ފަހަތުގައި އުޅޭ ބައިގަނޑަކަށް ބައިޢަތު ހިފައިގެން ނޫންތަ؟
ކޮންމެހެން މެޖޯރިޓީ ބޭނުމެއްނުވާނެ އިބޫގެ ވައުދުތަށް ފުއްދާކަށް އެވަރުގެ ވައުދެއްނެތް އިބޫގެ މެނިފެސްޓޯއަކު ، އެކަމަކު ރާއްޖެ އިންޑިޔާ އަށް ހަދިޔާކޮށް އަންނިޔަށް ބޮޑުވަޒީރުކަން ދޭން ބޭނުންވާނެ މެޖޯރިޓީ އެހެންވީމައި ހުރިހައި ބޭފުޅުން އެމްޑިޕީ ކެނޑިޑޭޓުން ވޯޓް ދެއްވާތި.
ތިކަހަލަ މުނާފިޤުން ގެ ވާހަކަ ދިވެހީން އަޑު އަހާކަށް ބޭނުމެއްނޫން.
މިއެއްޗަކު އަދިވެސް އެބަ އަނގައަރުވަޔޭ ލަދު ހަޔާތްޚުޑަކަމުން.
ޝައިޚް ޒައިދު އަކީ ހަމަޖެހޭ މީހެއްނޫން ސަބަބަކީ އާހަރެމެންގެ މާތްނަބިއްޔާ އަށް މަލާމާތްކޮށް ފުރައްސާރަ ކުރަމުންދާ ބަޔަކަށް ސަޕޯޓްކޮށް އެމީހުންނަށް ހިއްވަރުދޭތީވެ.
ވައުދެއް ކުރަން އެގޭނީވެސް ކިޔަވައިގެން ހުރި ވިޝަން ހުރި މީހަކަށް. ހާލަު ނިޔާކުރިގޮތުން ސަލާމްޖެހިމީހަކަށް މާވަހަރެެއް ލައްގައިގެން ފެނުމަކީ މާބޮޑުކަމެއް ނޫން. އެމީހާ އެ މާވަހަރުން މުންސަދިވާނެ. އެކަމަކު ސުވލަކީ މާވަހަރުން ލިބުނު މުންސަދިކަން ދެމެހެއްޓުމުގެ ގާބިލްކަން އޭނާގެ ކިބާގަ އެބަ ހުރިތޯ.
އިންޑީއާއަށް މި ގައުމު ވިއްކާ މޯދީ ބޭޏުންވާ ގޮތަށް މި ގައުމު އިްނޑިއާގަ އޮްންނަ ސްޓައިލަށް ބަރުލަމާނީ ނިޒާމު ގެނެސް ރަށްރަށުގަ ތިބި ދޫދުވާލާއިން ނުވަތަ މަޗްޅީ ވާލާއިން ޗީފް މިނިސްޓަރުންނަށް ވާން މަޖްލިސް މެޖޯރިޓީ ވަކި ބަޔަކަށް ދޭން ޖެހޭބާ؟ މި ގައުމު ފަސާދަ ކުރަން ފުރްސަތު ލާދީނީ ބަޔަކަށް ދީގެން ނުވާނެ. 3 އަހަރުގެ ފަސާދައާ ހުޅުޖެހުމާ ކޮްރަޕްޝަންމަތިން ހަދާންންކުރޭ !!!
ކަލޭ ލަދެއް ނުގަނޭތަ އަނގަ ފޭކުރާކައް މިހާރުދެން ކޮން ވާހަކައެއް ދައްކާކައް ޝޭޙުންނޯ މީ .