ލާމަރުކަޒީ ނިޒާމުގެ ދަށުން ތައުލީމީ ނިޒާމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު، ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ތައުލީމީ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކާއި ދާއިރާ ކުރި އެރުވުމަށް، ސްކޫލްތަކުގެ އިސްވެރިންނާއެކު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދަރުބާރުގޭގައި މިއަދު ފެށި މި މަހާސިންތާ އިފްތިތާހް ކޮށްދެއްވަމުން މިނިސްޓަރު، ޑރ. އައިޝަތު އަލީ ވިދާޅުވީ އާ ސަރުކާރުން ތައުލީމީ ދާއިރާއަށް ގެންނަ ބަދަލަކީ ކުރިން މަރުކަޒު ކުރެވިފައިވާ ބާރުތައް ސްކޫލްތަކަށް ވީއްލުން ކަމަށާއި މި މަހާސިންތާގެ ސަބަބުން ސްކޫލުތައް ހިންގުމުގައި ދިމާވާ އެކި އެކި ގޮންޖެހުންތަކާއި މައްސަލަތަކަށް އިލްމީ މަޝަވަރާތަކެއް ކުރެވިގެންދާނެ ކަމަށެވެ.
" ލާމަރުކަޒީ ނިޒާމުގެ ދަށުން ތައުލީމީ ނިޒާމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ މިކަމުން ނުކުންނާނެ މަންފާތަކަށް ނަޒަރު ހިންގާލާއިރު މަރުކަޒީ ނިޒާމެއްގައި ކަންތައްތައް ހިނގަނީ ވަރަށް ލަސް ސްޕީޑެއްގައި " މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ލާމަރުކަޒީ ކުރުމުން ނިޒާމު އެފިޝަންޓް ވާނެ ކަމަށާއި ތައުލީމީ ނިޒާމަށް ބަދަލު ގެނެވޭނީ ކްލާސް ފެންވަރުގަ އާއި ސްކޫލް ފެންވަރުގައި ގިނަ މީހުންގެ ތާއީދު ލިބިގެން ކަމަށެވެ.
"ތައުލީމީ ނިޒާމު ލާމަރުކަޒީ ކުރުމުން ސްކޫލުތަކުގެ ފެންވަރު އިތުރަށް ކުރިއަރައި ސްކޫލުތަކުން ދައްކާ ނަތީޖާ ރަނގަޅުވެގެން ދާނީ މި ނިޒާމުގެ ސަބަބުން މި ކަންކަމުގެ ސަބަބުން ސްކޫލްތަކުން ނެރެވޭ ތަރުބިއްޔަތާއި ތައުލީމުގެ ނަތީޖާ ރަނގަޅު ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި މަހާސިންތާގައި ތައުލީމީ ދާއިރާގެ ބޭފުޅުންނާއި، ސްކޫލްތަކުގެ ވެރިން އަދި އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުން ބައިވވެރިވެ އެވެ.
ކޮބާހޭ. ދޭންބުނި ކިރުތަށި. އަދި ނުލިބޭ. އެމްއެމްޕީއާރުސީން ބައެއްމީހުންގެ އެކައުންޓަށް ޑޮލަރު ޖަމާކުރީމަ މައްސލަ ޖެހެންޏާ ސަރުކާރުގެ ފައިސާއިން ބައެއް ކުދިންނަށް ހެނދުނުގެ ނާސްތާދީފަ އަނެއްބަޔަކަށް ނުދެންޏާ އެވެސްވާނީހަމަ ކޮރަޕްޝަނަށް. އެވެސްމިވެސް މީ ރައްޔިތުންގެ ފައިސާ. މިނިސްޓަރު އިސްތިއުފާ.. ވައުދު ނުފުއްދޭ.
ތިހެން ވެގެންތޯ ތިޔަ އޮފީހުގެ ސިޔާސީ މީހުން ޕްރިންސިޕަލުންނާ ގުޅައި ބިރު ދައްކައި ވަޒީފާ އަދާކުރާ ސްކޫލް ބަދަލު ކުރަން މަޖުބޫރު ކުރުވަނީ