ބްލެކްމެއިލް މައްސަލައަކާއި ގުޅިގެން ކ. ހުރާ ކައުންސިލް ރައީސްގެ ފޯނު ހިފަހައްޓައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، ފުލުހުން ބަލަމުން އަންނަ ބްލެކް މެއިލް މައްސަލައެއްގައި ދެ މީހެއްގެ ފޯން ހިފަހައްޓާފައިވާ ކަމަށެވެ.
އެ އޮފިޝަލް ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައި ވަނީ 50 އަހަރުގެ ފިރިހެނަކާއި، 43 އަހަރުގެ ފިރިހެނެއްގެ ފޯނު ކަމަށެވެ.
“ވަގުތު” އަށް އެނގިފައިވާގޮތުން ދެ މީހުން ކުރެ އެކަކުގެ ފޯން އެއީ ހުރާ ކައުންސިލް ރައީސްގެ ފޯނެވެ.
ހުރާ ކައުންސިލްގެ ރައީސް ފޯން ހިފެހެއްޓިކަން އެރަށު ކައުންސިލް މެމްބަރެއް “ވަގުތު”އަށް ކަށަވަރުކޮށްދެއެވެ.
މި މައްސަަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
ބްލެކްމެއިލް ކުރުމާ މީހުންގެ ބަރަހަނާ ފޮޓޯ ލީކު ކުރުމަކީ ބަރަހަނާ ފޮޓޯ ނެގުމަަށް ވުރެ ބޮޑު އަދަބު ދޭން ޖެހޭ ކަމެއް.
މި ފުލުސް އިދާރާ މިހާރު މުޅިން ސިޔާސީ ވެ ނިމުނީތަ؟ ސިޔާސީ މައްސަލަ ބެލުން އިބޫ ސޯލިހުގެ ދިފާއުގައި ސަފުތައް ރުކުރުވާލެވިފައި ޅިޔަނުގެ މަސައްކަތައް ތައުރީފު އޮހެނީ. މަރުތައް ދުވަހުންދުވަހަށް ވަނީ އިތުރު.