23:00
22:44
މުޒާހަރާގެ ބައިވެރިން ވަނީ މަގުމަތިން ހުސްވެފައި. ޗާންދަނީމަގާއި މަޖީދީމަގު ގުޅޭ ހަތަރު އަނގޮޅި އަކީ މުޒާހަރާގެ މައިދާން ކަމަށް އިދިކޮޅު ފަރާތްތަކުން އިއުލާން ކޮށްފައި ވީނަމަވެސް އެސަރަހައްދުގައި މިހާރު މުޒާހަރާ ކުރާ މީހަކު ނެތް. މުޅި ސަރަހައްދު އޮތީ ހުޅުވާލާފައި. ހަތަރު ޓްރެފިކް ފުލުހުން ފިޔަވައި އިތުރު ފުލުހަކު ވެސް އެސަރަހައްދުގައި ނެތް. މާލޭގެ އިތުރު ސަރަހައްދެއްގައި ވެސް މުޒާހަރާއެއް ކުރިއަށްދާކަމުގެ މައުލޫމާތެއް ނެތް.
22:37
މިވަގުތު އިދިކޮޅު ޙަރަކާތެއް ނުވަތަ އިދިކޮޅު ޙަރަކާތުގެ ބައިވެރިއެއްވެސް، މި ޙަރަކާތް ކުރިއަށްގެންދަން ނިންމި ސަރަޙައްދުގައި ނެތް. މި ސަރަޙައްދުން މަޖީދީ މަގުން ދެކޮޅަށް ދުއްވާ އުޅަނދުތަކާއި ހިނގާ މީހުނަށް އެއްވެސް ހުރަހެއް ނެތް.
22:29
ނޫސްވެރިއެއް ކަމަށް ބުނާ މީހަކު، "ވަގުތު"ގެ ނޫސްވެރިންނަށް ޙަމަލާދޭން މަސައްކަތްކޮށްފި. އޭނާ ވަނީ "ވަގުތު"ގެ އަންހެން މުވައްޒަފަކާއި ދިމާކޮށްލައި އެ މުވައްޒަފާއި ދިމާލަށް މީގެ ކުރިން އަވަގުރާނަ ގޮވާފައި. އެއަށްފަހު "ފުނޑާލާނެ" ކަމަށް ބުނެ "ވަގުތު"ގެ އިތުރު ބައެއް ނޫސްވެރިންނަށް އިންޒާރު ދީ، ޙަމަލާ ދިނުމަށް މަސައްކަތްކޮށްފައިވޭ. އެމީހާ އެ ޢަމަލު ހިންގި ވަގުތު އޭނާ ކަރުގައި "ޕްރެސް ކާޑެއް" އަޅުވާފައި އޮތް. ނަމަވެސް އެއީ ކޮން މީޑއާއެއްގައި މަސައްކަތްކުރާ މީހެއް ކަމެއް އަދި ސާފެއް ނުވޭ.
22:22
ފުލުހުން ޙަރަކާތްތެރިވާން ފެށިތާ މާގިނައިރެއް ނުވެ، މާލެ ގްރޭންޑް ސަރަޙައްދަށް އެއްވި މީހުން ފަހަތަށް ޖެހިއްޖެ.
22:15
ރައީސް ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓަރކަން ކުރެއްވި އަފީފް، މާލެ ގްރޭންޑް ކުރިމަތިން ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔަކަމުގެ މަޢުލޫމާތު ލިބޭ.
22:13
މާލ ގްރޭންޑް ޕޭވްމެންޓް މަތީގައި މުޒާހަރާކުރަމުންދާ މީހުން އެ ސަރަޙައްދުން ފޮނުވާލުމުގެ މަސައްކަތް އެސްއޯ ފުލުހުން ދަނީ ކުރަމުން. ފުލުހުން ދަނީ އެ ސަރަޙައްދުގައި މަޑުނުކޮށް ދިއުމަށް ޢާންމުންނަށް އިލްތިމާސްކުރަމުން.
22:05
ޗާންދަނީ މަގުގައި އެސްއޯ ފުލުހުން މިހާރު ޙަރަކާތްތެރިވަމުންދޭ. އެ ސަރަޙައްދުގައި ފުލުހުންގެ އިތުރު ވެހިކަލެއްވެސް އެބައޮތް.
22:02
22:01
މާލެ ގްރޭންޑް ކައިރިޔަށް ފުލުހުންގެ ވެހިކަލެއް ގޮސް ހަތަރު މީހަކު ހައްޔަރުކޮށްފި. އޭގެތެރޭގައި ހިމެނެނީ އަންހެނަކާއި ތިން ފިރިހެނުން.
21:56
މުޒާހަރާގެ ބައިވެރިން ދަނީ މާލެ ގްރޭންޑް ކުރިމަތިން ޕޭވްމެންޓު މަތީގައި ތިބި އަޑު އުފުލަމުން. މި ސަރަޙައްދުގައި އެސްއޯ ފުލުހުން ޙަރަކާތްތެރިނުވޭ. ނަމަވެސް ޓްރެފިކް ބެލެހެއްޓުމަށް ދެތިން ފުލުހަކު ޙަރަކާތްތެރިވަމުންދޭ،
21:55
21:48
21:44
މާލޭ ގްރޭންޑް ކައިރީގައި މުޒާހަރާގެ 30 ވަރަކަށް ބައިވެރިން އެބަތިބި، އެފަރާތްތަކުން ދަނީ ސަރުކާރާއި ދެކޮޅަށް ޝުޢޫރު ފާޅުކޮށް ރައީސް ޔާމީން ހައްޔަރުކުރުމަށް ގޮވާލައި އަޑު އުފުލަމުން.
21:33
BREAKING NEWS: Mahloof Ge Bandhah 13 Dhuvas Jahaifihttps://t.co/76mCpIznzW https://t.co/FYE2MqGDt9
— Vaguthu Online (@VaguthuOnline) March 17, 2018
21:27
މަދުމަދުން މަޖީދީމަގާއި ޗާންދަނީ މަގު ގުޅުނު ސަރަޙައްދުގެ ޕޭވްމެންޓް މައްޗަށް މީހުން ދަނީ ޖަމާވަމުން.
21:25
21:21
މިރޭގެ މުޒާހަރާ ފެށުމަށް ނިންމާފައިވާ ސަރަޙައްދުގައި އަދި އެސްއޯ ފުލުހުންވެސް ޙަރަކާތްތެރިއެއް ނުވޭ.
21:17
BREAKING NEWS: Ali Hameed Ge Anbikanbalun Ge Bandhah 15 Dhuvas Jahaifi https://t.co/I8IlcygFWk https://t.co/Lcd9qX6qMm
— Vaguthu Online (@VaguthuOnline) March 17, 2018
21:17
އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މިރޭގެ މުޒާހަރާ، ރޭގެ މުޒާހަރާއަށްވުރެ ބޮޑުވާނެ ކަމަށް. ނަމަވެސް އަދި މުޒާހަރާގެ ބައިވެރިންވެސް، މުޒާހަރާ ފެށުމަށް ނިންމާފައިވާ ސަރަޙައްދުން ފެންނާކަށް ނެތް. ރޭގެ މުޒާހަރާ "ފެއިލް" ވުމުން އިދިކޮޅު އެކްޓިވިސްޓުން ބުނެފައި ވަނީ، ރޭގައި ސަރުކާރު ވައްޓާލަން މަސައްކަތް ނުކުރާ ކަމަށް. އަދި ކުރަން ބޭނުންވި ކަންތައް ރޭގައި ކޮށްފައިވާކަމަށް އެފަރާތްތަކުން ބުނަމުންދޭ. ނަމަވެސް ރޭގެ މުޒާހަރާ ފެށުމުގެ ކުރިން އެފަރާތްތަކުން ބުނަމުން ދިޔައީ އެ މުޒާހަރާގެ ތެރެއިން ސަރުކާރު ވައްޓާލާނެ ކަމަށެވެ.
21:11
ރާއްޖޭގެ ހުރިހާ ރަށަކުން މީހުން ގެނެސްގެން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން "ހުއްޓުވާ" ނަމުގައި ކުރިއަށްގެންދާ "ބޮޑު" މުޒާހަރާ ރޭގައި ކުރިއަށް ދިޔައިރު، ރޭގެ މުޒާހަރާގައި ބައިވެރިވެފައި ވަނީ ޢާންމުކޮށް ބާއްވާ މުޒާހަރާ ތަކުގައި ބައިވެރިވާ ޢަދަދަށްވުރެވެސް މަދު ބައެއްކަން ފާހަގަކޮށްލެވޭ. ރޭގެ މުޒާހަރާގައި ފުލުހުންގެ ބަހަށް ނުކިޔަމަންތެރިވި މުޒާހަރާގެ ބައިވެރިންތަކެއް ފުލުހުންނާއި ކުރިމަތިލައި މާރާމާރީ ހިންގުމަށްވެސް މަސައްކަތް ކޮށްފައިވޭ. ނަމަވެސް ފުލުހުން ބާރުގެ ބޭނުންކުރަން ފެށުމުން މުޒާހަރާގައި ބައިވެރިވަމުންދިޔަ ގިނަ ބައިވެރިން ފަހުން ވަނީ މުޒާހަރާ ދޫކޮށް ގޮސްފައި.
21:05
މިރޭ 9:00 ގައި މަޖީދީމަގާއި ޗާންދަނީ މަގު ގުޅޭ ސަރަޙައްދުން "ހުއްޓުވާ" މުޒާހަރާ ފެށުމަށް އިދިކޮޅު ފަރާތްތަކުން ނިންމާފައި ވީނަމަވެސް، އެ ސަރަޙައްދުގައި އަދި މުޒާހަރާގެ ބައިވެރިންނެއް ނެތް. އެ ސަރަޙައްދު އަދި އޮތީ ވެހިކަލްތަކަށްވެސް ދަތުރުކުރެވޭ ގޮތަށް ހުޅުވާފައި.
21:01
ރެއާއި ޚިލާފަށް މިރޭ ވަނީ މުޒާހަރާ ފެށުމުގެ ކުރިން ޖުމްހޫރީ މައިދާން ހިމެނޭ ސަރަޙައްދަށް ނުވަދެވޭ ގޮތަށް ބެރިކޭޑް ޖަހައި ބަންދުކޮށްފައި. ރޭ މުޒާހަރާ ފަށައިގެން ގިނައިރުތަކެއް ވީއިރުވެސް އެ ސަރަޙައްދު އޮތީ ބަންދުނުކޮށް. އެހެންކަމުން މުޒާހަރާގެ ބައިވެރިން ވަނީ ޖުމްހޫރީ މައިދާނަށް އެއްވުމަށް މަސައްކަތްކޮށްފައި. ނަމަވެސް ފުލުހުންނާއި ސިފައިން ވަނީ މުޒާހަރާގެ ބައިވެރިންނަށް އެ ފުރުސަތު ނުދީ ފަހަތަށް ޖައްސާލާފައި. އެސްއޯ ފުލުހުން ރޭގެ މުޒާހަރާ ރޫޅާލީވެސް އިދިކޮޅު ފަރާތްތަކުން ޖުމްހޫރީ މައިދާނަށް ވަންނަން މަސައްކަތްކުރަމުންދިޔަ ދަނޑިވަޅެއްގައި. އެ ސަރަޙައްދު ބަންދު ކުރުމަށްފަހު ރޭ އޮތީ ސިފައިންގެ ބެލުމުގެ ދަށުގައި.
20:58
20:49
މިރޭގެ މުޒާހަރާ ވެސް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅުނު ސަރަހައްދުގައި. މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9 ޖަހާއިރު.
އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ "ހުއްޓުވާ" މުޒާހަރާގެ ލައިވް ކަވަރޭޖަށް މަރުހަބާ!
އިދިކޮޅު ފަރާތްތަކުން ރޭ ވެސް "ހުއްޓުވާ" ގެ ނަމުގައި މުޒާހަރާ އެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ މުޒާހަރާގެ ތެރެއިން 139 މީހުން ވަނީ ފުލުހުންެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ދާނީ ހަމަ ޗޮކުން.
ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ ދަ ކާޅު ހެދުންލާ ދަ އުނގުވިއްކައޭ ދަ ލާދީނީ ފިކުރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ބަދާ ބަދާ ބަދާ ދަ ބަދާ.
އިދިކޮޅު ފަރާތް ތަކުން ކުރިއަށް ގެންދާ މުޒާހަރާ މިރޭ ކޮށްފިނަމަ އެމެން ރަންރީނދޫ ޓްވިޓަރޭ މެން ޖެހޭނެ ބަންދު ކުރަން އަދި އެމްޑީޕީގެ ސެކްރެޓޭރިއެޓް އިން ފެނާއި ފާޚާނާ އާއި ކަރަންޓާއި އަދި ފޯން ވެސް ޖެހޭނެ ކަނޑާލަން. އަދި އެމްޑީޕީގެ ނަމުގައި އެސްއެމްއެސް ފޮނުވާ މެޝިން ދިރާގުން ޖެހޭނީ ކަނޑާލަން. އެމެން ޝަރީއަތަށް ގޮސްގެން ދެން އެކަން ރުޖޫއަ ކުރޭ. އެނޫން ގޮތެއް މީގައި އޮވެގެން ނުވާނެއެވެ.
ސަރުކާރު ވައްޓާލަން އުޅެނީ އެމްޑީޕީ އާއި ޖޭޕީން އެކަނި ނޫނެވެ. އޭގެ ތެރޭގައި މިހާރު ނޫހާއި އަވަސް ނޫހާއި އައްޑޫ އޮންލައިން ނޫސް މިތިން ބައި މީހުންނަކީ ހަމަ އެމްޑީޕީ އަށް ވުރެން ބޮޑަށް މަމެން ގެ ވެރިކަން ވައްޓާލަން ބޭނުންވާ މީހުން ކަމަށް މަމެން ތުހުމަތު ކުރަން. މިހާރު ނޫސް ވަކިން ބޮޑަށް ފާހަގަވޭ. މިހާރު ނޫސް މަކަރާއި ހީލަތުން ޕަބްލިސިޓީ ހޯދީ އެއީ މަމެންގެ ޕީޖީ ގްރޫޕްގެ ލީޑަރު ބޭނުން ކޮށްގެން. އެކަމަކު އެމެންނަށް ނޭވާ ލެވުނީ މަމެންގެ ސަރުކާރާއި ދެކޮޅަށް އެމެން ނިކުތީ. މަމެން ގަބޫލު ނުކުރަން މިހާރު ނޫހަކީ މިހާރު މިރާއްޖެ އަށް ބޭނުންވާ ނޫހެއް ކަމަށް. އެނޫސް ބަންދު ކޮށްފިނަމަ ދިވެހިރާއްޖޭގެ އިގްތިސާދު ހިންދެމިލާނެއެވެ. މިހާރު ނޫސް ސީދާ ސައުދީ އިންވެސްޓްމެންޓް ރާއްޖޭން ފޮނުވާލީ. އެއީ ހަމަ މިހާރު ނޫސް ކުރި ކަމެއް ކަމަށް މަމެން ހުވާ ކޮށްފައި ދޭނަން ޔަގީން ކަން.
ހުއްޓުވާ. ހައްޔަރުކޮށްގެން ގެންގޮސް ފަޅުރަށަކަށް އަޅާލާ. ވެރިކަން ބޭނުމިއްޔާ ވާދަކުރޭ. ޖަނަވާރުންހެން ވީދައިގެން ކާން ނުހަދާ.
ކުއްލި ނުރައްކަލުގެ ހާލަތަށް ފަހު ވެސް ލީޑަރުން މިނިވަނެއް ނުވާނެ ކަމަށް ނިހާން މެން ތިޔާ ބުނަނީ އެއީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަނީތޭ. އެއްގޮތަކަށް ވެސް އުވާލައިގެން ނުވާނެއެވެ. އެއީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. ކުއްލި ނުރައްކަލުގެ ހާލަތު ހަމަ ބާއްވާލާ އެއެއްގޮތަކަށް ވެސް އުވާލައިގެން ނުވާނެއެވެ. ކުއްލި ނުރައްކަލުގެ ހާލަތު އޮތުން އެއީ މަމެންގެ މަރާއި އަދި ދިރުމާއި ގުޅިފައިވާ ކަމެކެވެ.
އަނެއްކާ އަނެއްބަޔަކު ހައްޔަރުވާންވީދޯ. މީހަމަ މިގައުމަށް ފާވެފައިއޮތް ބަލާވެރިކަމެއް.
ތިޔާއީ ލާދީނީ ކަންކަމަށް ހިތްވަރު ދޭން އުޅޭ ބަޔެއް. ތިޔާ ހުރިހާ މީހުން ޖެހޭނީ ހައްޔަރުކޮށް ޖަލަށް ހުކުމް ކުރަން. އެއިރުން އެމެންނަށް ރަނގަޅު އެއްޗެއް އަންޑަރސްޓޭންޑް ވާނީ. 1000 މީހުންނަށް ހުކުމް ކުރަނި ކޮށް ތިޔާ ކަން ނިމޭނެއެވެ. މިކަން ކުރުމުގައި ފަސް ޖެހިގެން ނުވާނެއޭ އެއްގޮތަކަށް ވެސް.
މި މުސްކުޅިދައިތަ ޖެހޭނެ އުފުރާލަން. ހިތުހުރި އެއްޗެއްކިޔާ ހިތުހުރި ގޮތަކަށް މިތާ އުޅެވޭނެ ދުވަސް ހަމަވެއްޖެ. ދެން އިންޗިއެއްގެ މިންވަރު ގާނޫނާ ހިލާފު ވިއަސް އަދަބު ދެވޭނީ. އެބަޖެހޭ މިގައުމުގެ ޖަނަވާރު ވައްތަރު ބައިގަނޑު ޑިސިޕްލިން ކުރަން.
ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ ދަކާޅު ހެދުންލާ ދަ ލާދީނޭ ތަމެން ދެން ޓްވީޓް ކުރޭ ވަރަށް ލާރޖް މުޒާހަރާ އެކޭ 25 ހާސް މީހުން ބައިވެރިވެއޭ މުޒާހަރާގައި ކިޔާ ރޯ ބުހުތާނު ދޮގު ހަދާ ބަދަައްވާ. ހަރާމީ ހަރާމްކޯރ ދަ ހަރާމްކޯރޭ ދަ ހަރާމްކޯރޭ.
ކުޑަގޮލާގެ ލެޔާ ، ކާޅުގެ ލެއި އެއްކޮށްގެން ކައްކާފަހުރި ރީނދޫ ބޮޑިބަތްކައިގެން ސިޙްރު ޖެހިފަހުރި ކަންނާޑީއަކާ ވައްތަރީ! އަދި އިތުރު ހަ ބުރުގާ އޅާ ދައްތާ!
އޭ އެއްލޯ ޖައުފަރާ. ކަލޭ މާ ގަދަވެފަ ނޫޅެއްޗޭ. ތިހިރީ ކަލޭ ހުރި ގޮތް. ބޮލުގަ ބާކީހުރި ފަތްކޮޅާ ދެން އިން ލޮލާ ދޭތެރޭ ފުންކޮށް ވިސްނާލާ. މީ ވަރަށް ވާހަކަ މުސްކުޅި ބެގަނޑާ.
އަދިވެސް ނުވިސްނޭތަ، ކަމެއްވާ ވަރުގެ ވެރިން ތިބެގެން ކަމެއްވާނީ. ކަލޭމެންގެ ވެރިން ބުނި އެއްކަމެއްވެސް ވެއްޖެތަ؟ ރަގަޅަށް ވިސްނާލަފަ ބުނެބަލަ، ބުނި އެއްވެސް ކަމެއް ވެއްޖެތަ؟ މިއަދު ޓީވީ ތަކަށް އަރާ ކާމިޔާބު ވިއްޔޭ ބުނި، އެއްވެސް ކާމިޔާބެއް ވިނަމަ މިރޭވެސް މީހުން ނުކުންނާނެ ދޯ؟ މިހާރު ތިކުރެވޭ ކަމެއް އިނގޭތަ؟ މިހާރު ކޮންމެ ރެޔަކު ނުކުމެ ޖަމަލު ފޮޑި ތިޖަހަނީ.
ކޮބާ އެއްކަލަ ވަލުތެރޭން ނެރޭނަމޭ ބުނި އަމީތު؟ އެހެން ބުނި ފަހުން ނުވެސް ފެނޭ، ވަލުތެރެޔަށް ވަދެ ފިލީތަ؟ ނޫނީ އެއަރޕޯޓަށް ފުރަން ދިޔައިތަ؟
ކޮބާ އެއްކަލަ ދުންމާރި އަމީތު؟ އެސޮރު މިހާރު ޖެހެނީވެސް ޖަމަލު ފޮޑިއެއްނޫން، ޖަމީލުބެ ކައިރިން ދަސްވެގެން ޖަމީލު ފޮޑި.
އެންމެފަހުން ކާމިޔާބު ވީލެއްބޮޑުކަމުން މީހަކުނުވެސް ނުކުތީ. ހަސަންލައްޓި ބައި އިންޗި ދަރޮޒޭ އންޑްއަމާރިއޯ ކޮބާ ؟ ތިޔަކަހަލައަމިއްލައެދުންބޮޑު ދެތިންކައްޓޮޅި އެއްގެބަހައް ހެއްލޭނީ މޮޔައިންކަން މިހާރުއެބަހާމަވޭ. ވަރަށް ސަލާން