އިމާރާތަކުން ބިޑިއެއް ވެއްޓި ކުޑަ ކުއްޖަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވެފައިވަނީ އަނިޔާވެފައިވަނީ ހ.މިސޫރިގޭ ހަދަމުން ދާ އިމާރާތެއްގެ 2 ވަނަ ފްލޯއިން ވެއްޓުނު ބިޑިއެއް 17 އަހަރުގެ ކުއްޖެއްގެ ބުރަކަށީގައި ޖެހިގެން ކަމަށެވެ. އަދި މިކަން ހިނގާފައިވަނީ މިރޭ ގާތްގަނޑަކާށް 18:46 ގައެވެ.
މިހާދިސާގައި އަނިޔާވި ކުއްޖާއަށް މާ ބޮޑު އަނިޔާއެއް ވެފެއިނުވާކަމަށް މަޢުލޫމާތު ލިބެއެވެ.
ހަދަމުންދާ އިމާރާތްތަކުން އެއްޗެހި ވެއްޓި ފަހަކަށް އައިސް ގިނަ ބަޔަކަށް އަނިޔާތަކެއް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ. މިގޮތުން މީގެ ދެދުވަހެއް ކުރިން ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ގަލަކުން ޖެހި ބިދޭސީއަކުވަނީ މަރުވެފައެވެ. އަދި އިމާރާތެއްގެ މަތިން ވެއްޓުނު މީގެ އިތުރުން ކުނި ކޮތަޅަކުން ޖެހި އިއްޔެ ކުއްޖަކަށްވަނީ ޒަޚަމްތަކެއް ލިބިފައެވެ.
ސިމެންތި ކޮތަޅަކުން ޖެހި ކުއްޖަކު މަރުވި ހާދިސާއަށް ފަހު ހަދަމުންދާ އިމާރާތްތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ސަރުކާރު ބޮޑު އޮޕަރޭޝަނެއް ފެށި ނަމަވެސް މިހާރު އެއޮޕަރޭޝަންގެ އެއްވެސް ޚަބަރެއް ސަރުކާރުން ހާމައެއް ނުކުރެއެވެ. އެހެންކަމުން މިހާރު އެއޮޕަރޭޝަން ކުރިއަށްދާކަމެއް ނޭނގެއެވެ.
އަޅެ މީދެން އަރަތެއްތަ؟
ބޮޑުކަމަކަށް ވަނީ ކުއްޖާ މަރުވީމަތަ. މިސާލަކަށް ތިޔަ ބުނާ ބިޑިޔަކުން ބޮލުގަ ޖެހުން ނަމަޔޯ؟ ދެރަވަރު.. ބަންގާޅިންނާ ތަން ހަވާލުކޮށްލާފަ ދިވެހި މީހާ އުޅޭނީ އެތަންމިތާ.. ދެން އެމީހުން ހިތުހުރި ގޮތަކަށްދޯ ކަން ކުރާނީ
އެކުންފުނީގެ ޢިމާރާތް ކުރުމުގެ ހުއްދަ 5 އަހަރަށް ސަސްޕެންޑް ކުރަން ޖެހޭނެ.
އަޅޭ މީ އަޖައިބެއްނު! ހާދަ އެއްޗެހި ފައިބާ ސަރުކާރެކޭ! 1 ކޮތަޅު ސިމެންތި،1 ކޮތަޅުކުނި 1 ބިޑި ، މާދަންވެއްޓޭނީ ސަރުކާލު ލޮލް
މޫސުން އައިސްފަ މިއޮތީ!
ހައުސިންގ މިނިސްޓަރާއި ހޯމްމިނިސްޓަރު އިސްތިއުފާ ދޭ ވަރުވެއްޖެ މިހާރު. ލަދެއް ހަޔާތެއް ހުރިއްޔާ އިސްތިއުފާދޭންވީ. ވެރިކަމަށްއައިފަހުން މިނޫން ދުވަހެއްނާދޭ. ރައްޔިތުން ހިމާޔަތްނުކުރެވޭ ވަޒީރެއް ބޭނުމެއްނުވޭ. ޓޫރިމަޒް މިނިސްޓަރުވެސް މިޙާލުގަ
މިޤައުމަށް މިވަނީ އަނެއްކާ ވެރިކަމުގެ ސުންޕާކަން ޖެހި ވަބާ ޖެހިފައިބާ؟، ނޫނީ ނުބައި ނުބައި ކޮޅެއް އިޙްތިޔާރު ކުރެވުމުގެ ނަތީޖާބާ؟ ނޫނީ މިޤއުމަށް ވިގަނި އެރީބާ؟
މޭޔަރ ޝިފާ އިސްތިއުފާ ދީފާ ގޭގައި ހުރޭ.
ދިވެއްސެއް ނެތިމަސައް ކަތް ނުކުރެވޭ ގޮތް ހަދަން ވީ.....
އިމާރަތް ތަކުކން އެއްޗެހި ވެއްޓޭ ސީޒަން
ބޮޑުވަރު... ކޮބާ ... ވެހިކަލް އެކަންޏެއް ނޫން ބަލާ ފާސްކުރަންވީ... ހުރިހާ ކޮންސްޓްރަކްޝަން ސިއިޓްތައްވެސް ހުއްޓުވާ ބަލާފާސް ކޮށް ޤަވައިދާ ހިލާފުވާ ކުންފުނިތަކުގެ ހުއްދަ ބާތިލްކުރަންވީ...
ކުއްޖާ ނިޔާވި ދުވަހު ޝިފާ ދެފައި އެެއްތާ ހަރުނުލާ. މިއަދު ހަމަ އަނގަ ވެސް ނެތް.
ޝިފަ ބަލި
މޭޔަރ ޝިފާ އިސްތިއުފާ ދީފާ ގޭގައި ހުރިހާ އެންމެ އިސްތިއުފާދީފާބަޗާ ނުވާވަރުކަންތަކަށް ބޯނުކޮށްޕަބަލަ އަދިވެސް ވެރިކަންވާނޭކިޔާފަ.
20 3