ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި ޕްރޮގްރެސިވް ކޯލިޝަނުން ކުރަމުންދާ މުޒާހަރާގެ ތެރެއިން، ޕީޕީއެމްގެ ޕީޖީ ލީޑަރ އަހުމަދު ނިހާން ހުސައިން މަނިކު ފުލުހުންގެ ވެހިކަލްގެ ދަށަށް ގާބުރިއެއް ލާ މަންޒަރު ދަށްކުވައިދޭ ވީޑިއޯއެއް އާއްމުވެއްޖެއެވެ.
މިހާރު ދައުރުވަމުން އަންނަ ވީޑިއޯ އިން ފެންނަ ގޮތުން މިރޭ ކާނިވާގައި ކުރިޔަށް ދިޔަ މުޒާހަރާ ނިންމާލުމަށްފަހު ކާނިވާ ސަރަހައްދުން ޕީޕީއެން ސަޕޯޓަރުންނާއެކީ ނުކުންނަވަމުން، މަގުމަތީގައި އޮތް ގާބުރިއެއް ނަގާ ނިހާންވަނީ ފުލުހުންގެ ވެހިކަލްގެ ދަށަށް ލައްވަވާފައެވެ. ވީޑިއޯ އިން ފެންނަ ގޮތުން ނިހާން މިކަން ކުރެއްވި ވަގުތު އެހެން ސަޕޯޓަރުންވަނީ އެކަން ހުއްޓުވުމަށް މަސައްކަތް ކޮށްފައެވެ.
https://www.facebook.com/MaldivesViralVideos/videos/385275198937809/
މިއީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުއްވުމުގެ ގޮތުން ނިހާން ކުރެއްވި ކަމެއް ކަމަށް ގިނަ ބަޔަކު ޓްވިޓަރގައި ބުނަމުންދާއިރު މިކަމުގެ ރައްދުގައި ނިހާން ބުނެފައިވަނީ އެގޮތަށް ކަން ކުރައްވާފައިވަނީ ފުލުހުން ރައްޔިތުންނަށް އަނިޔާވާނެހެން ކަންތައް ކުރައްވުމުން ކަމަށެވެ.
"މޯލްޑިވްސް ޕޮލިސް ސާވިސްގެ ވެހިކަލެއް ރައްޔިތުންގެ ތެރެއަށްވަދެ، ފަހަރަށް ދުއްވަން އުޅުފިނަމަ ރައްޔިތުންނަށް އަނިޔާވެދާނެތީ އެފަދަ ކަމަކުން ސަލާމަތް ކުރުމަކީ ކޮންމެ މީހެއްގެ ވާޖިބެއް" ލޫކަސް ޖަލީލް ނިހާންގެ މިއަމަލް ތަޙްޤީޤް ކުރައްވަން ޖެހޭ ކަމަށް ބުނި ޓްވީޓަށް ރައްދު ދެމުން ނިހާން ވިދާޅުވިއެވެ.
https://twitter.com/ahmed_nihan/status/1098279518203084800
2012 ވަނަ އަހަރު އޭރުގެ ވެރިކަން ވައްޓާލުމަށް ބޭއްވި މުޒާހަރާއެއްގައި ފުލުހުންގެ ބެރިކޭޓް މަތިން ނިހާން ދާ މަންޒަރު ދައްކުވައިދޭ ވިީޑިއޯއެއް އޭރު ދައުރުވަމުން ދިޔަކަން ފާހަގަކޮށްލެވެއެވެ.
ފުލުހުންގެ ވެހިކަލަކުންވެސް މީހަކަށް އަނިޔާއެއްވެދާނެކަމަށްބެލެވޭނަމަ އެކަމަކުން
ސަލާމަތްވާނެގޮތެއް ހޯދުން އެއީ ހަމަ ކުރަން ޖެހޭނެކަމެވެ.
ހާދަގޮތެއްނެތޭ.ބެރިކޭޓްމައިންވެސް ފުންމި
ފިޔަވަޅުއަޅާ؟!
ބަލަ މިކަލޭގެއަކީ ފުލުހުންނާ ރައީސަށް އަމުރުކުރަން ހުންނަ ކަލޭގެތަ؟ ކޮން ލޫކެއް ބޯކެއްތަ؟
އެކަން ކުރުން ލަސް ވެސް ވެއްޖެ، ގާ ނޫކިކަން ރަނގަޅުތާ، އެމްޑީޕީ ނަމަ ވެހިކަލްގަ ހުޅުޖަހާނީ، ހުޅުޕާޓީ،
ސާބަހޭ ނިހާނު.ރައްޔިތުންގެ ހްއަގުގައި ތިޔަކުރއްވި މަސައްކަތައް.
އެއީ ރައްޔިތުންނަށް ހަރާންކޯރުވަނީ ، ރައްޔިތުންގެ ބަސްބުނަން ހުންނަ ފަރާތަކުން ރައްޔިތުން ހިމާޔަތް ކުރަން ތިބޭ މީހުންނަށް ހުރަސް އަޅަނީ .. މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން މިޒާތުގެ ނުވިސްނޭ މީހުން ދެން ރައްޔިތުންގެ ބަސްބުނަން ނުހޮވުން ވަރަށް އަދަބުވެރިކަމާއިއެކުގައި އެދެން ،
ސޯވަޓް؟ ފުލުހުންގެ ވެހިކަލް ދަށުގަ ގާގަނޑެއް ބޭޢްވުމުން ފުލުހުންގެ މަސައްކަތް ހުއްޓުވޭނެތަ؟ އެހެންވިއްޔާ އެއީ ވަރަށް ފަސޭހަކަމެއް. ފުލުހުންގެ ވެހިކަލެއްގެ ދަށަށް ގަލެއް ލީމަ ޗައިނާ ބޮޑުފާރު ނޭރުނީ.
ފުލުހުންގެ ވާޖިބައްހުރަސްއެޅީކަމައްބެލެވޭނީ
އެކަހަލަ ތާކުން ތާކު ނުޖެހޭ ކަމެއް އެސޮރު ކުރާނީ.އެއް ބެރިކޭޑް މަތިން ފުއްމާލި މީޙާ އަނެއް ބެރިކޭޑް މަތިން ވެސް ފުއްމާނެ
ވީ އެއްމެ އަވަހަކަށް ނިހާން ހައްޔަރުކުރޭ
ގާބުރި ވެހިކަލް ދަށަށްލީމަ ކޮންމޮޅެއްތަ ވަނީ؟ އަޖައިބު ހީވޭ. ވެހިކަލް ދުއްވާލީމަ ތިޔަ ގާބުރިމަތިން އަރައިގެން ދާނެ. ނިހާނު ކުރާ ކަނޑުކޮސް ކަންތައް.
ދޮންކެޔޮވަކެއްލެެެެެެެެެވުނުނަމަ މަންޒަރުމާ ރީތިވިސްކަންޔަގީން
ތިޔަ ކަން ފުލުހުންގެ ތެރޭގައި ބެލޭނޭ އިންތިޒާމް ހަމަޖެހިފައިވާކަމަކަށް މިވަގުތަށް ނުފެނޭ އެހެނީ ނިމިދިޔަ '' އަނިޔާވެރި '' ވެރިކަމުގެ މުގުލުގައި ތިއްބެވި މީހުން މިހާރު ތިބީ ހަމަތިބި ހިސާބު ނުވަތަ އެއަށްވުރެ މަތީގައި ބައެއްގެ ނިވާފަތްގަނޑެއްގެ ދަށުގައި ނުވަތަ މަތީގައި ކަރަޕްޝަން މުޅި ޤަުމުގައި މިހާރުގެ ރައީސް މިކަންކަން ހައްލުކޮށްދެއްވާ ތިޔަ ބުނާނާ ގައު ނިހާން ގެނެސް ބަޔާނެއް ނަގާފާނެ އެހިސާބުން ނިމުނީ
ތިޔަ ނިހާނުވެސް ހިފާ ހައްޔަރު ކުރޭ ! ތިއީވެސް ބޮޑު މުޖްރިމެއް !