ގދ. ތިނަދުއަށް އުފަން، ޕީއެސްއެމް ކުޅިވަރު ޓީމުގެ ކުޅަދާނަ ނޫސްވެރިޔާ ސާއިދު އަހުމަދުގެ ދެ ކިޑްނީ ފެެއިލްވެފައިވާކަން އެނގުނީ މިދިޔަ އަހަރު ޖޫން މަހުގެ ތެރޭގައެވެ. ސާއިދުގެ ކިޑްނީ ފެއިލްވެފައިވާކަން އެނގުނު ހިސާބުން ރާއްޖެއިން ބޭރަށްވެސް އޭނާ ގޮސް، ފަރުވާ ހޯދާފައިވާ އިރު، އެ ދުވަހުން ފެށިގެން އޭނާ މަސައްކަތް ކުރީ ކިޑްނީއެއް ހޯދުމަށެވެ.

އެހެން ނަމަވެސް، މިއަދާ ހަމައަށްވެސް ސާއިދުއަށް ކިޑްނީއެއް ލިބިފައި ނުވާ ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.

"ކިޑްނީއެއް ހޯދުމުގައި ތިޔަބޭފުޅުންގެ އެހީތެރިކަމަށް އެދެން. އަޅުގަނޑުގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް މަސައްކަތް ކޮށްދެއްވުން އެދެން. ﷲ ތައާލާ އިންސާނުން ލައްވާފައި ވަނީ އެކަކު އަނެކަކު، އަނެކަކާ ނުލައި ދުނިޔޭގެ ހަޔާތް ފުރިހަމަ ނުވާ ގޮތަށް. އެއީ އިންސާނުން އިމްތިހާނު ކުރެއްވުމަށްޓަކައި. ވީމާ ﷲ އަށްޓަކައި ކިޑްނީއެއް ހަދިޔާކުރަން ފަސްނުޖެހެމާތޯ؟،" ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ ސާއިދުގެ ޕޯސްޓުގައި ވެއެވެ.

އޯ ޕޮޒިޓިވް ލޭ ހުންނަ ސާއިދު ބުނެފައި ވަނީ ކިޑްނީއެއް ލިބޭ އިރަށް އޮޕަރޭޝަނަށް ދާން ތައްޔާރަށް ހުރި ކަމަށެވެ. ސާއިދުގެ ދިރިހުރުމަށް ބޮޑު ހަނގުރާމައެއް ކުރަމުންދާ އިރު، އެކަމަށް އޭނާއަށް ވަގުތުވެސް ކުޑަތަންވަމުންދެއެވެ.

ސަންއެފްއެމް އިން 2009 ވަނަ އަހަރު ނޫސްވެރިކަމުގެ ދާއިރާ އަށް ނުކުތް ސާއިދަކީ ފުޓުބޯޅަ ކޮމެންޓްރީގައި ފާހަގަކޮށްލެވޭ އަޑެކެވެ. ހާއްސަކޮށް ރޭޑިއޯ ކޮމެންޓްރީގައި ދެވަނައެއް ނެތް ހީވާގި ނޫސްވެރިއެކެވެ. ސާއިދު ޕީއެސްއެމްއާ ގުޅުނީ 2015 ގަ އެވެ. ކުޅިވަރު ޕްރޮގްރާމްތައް ހުށަހެޅުމާއި، ހަބަރުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސާއިދު ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިރު، އޭނާއަކީ ކުޅިވަރު އާއިލާއަށް މުހިއްމު ފަރާތެކެވެ.

ސާއިދާ ގުޅޭނެ ނަންބަރު: 7998981

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާަާަަައަސްލު

    ސަންޓީވީގަގިނަދުވަސް މަސައްކަތްކުރި ނަމަވެސް ސަން ޝިޔާމް މެންފަދަ މަހުޖަނުންނައް މީނަޔަކައް އެވަރުގެކަމެއްވެސް ކޮއްނުދެވެނު ދެއްތޯ..ސިޔާސީކަމެއްނަމަ ހަބޭސް،،

    17
  2. އިމް

    މާތްﷲ ސާއިދުއަށް ޝިފާ ދެއްވަވާށި އާމީން

    13