އާސައިންދަ ކުންފުނީގެ މުއައްޒަފުންނަށް ވޭތުވެދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭ ކަމަށް މުއައްޒަފުން ބުނެފިއެވެ.
"ވަގުތު"އަށް އެނގިފައިވާ ގޮތުގައި އާސަންދައިގެ މުސާރަ ނުދެވި ލަސްވަނީ ބަޖެޓް ނެތިގެންކަން އެ ކުންފުނީގެ މައައްޒަފުންނަށް ވަނީ އަންގާފައެވެ. އާސަންދައިގެ މުސާރަ އަދިވެސް ނުދެވި ވާކަން އެ ކުންފުނީގައި މަސައްކަތް ކުރާ މުއައްޒަފުން ވަނީ ކަށަވަރުވެސް ކޮށްދީފައެވެ.
"ފިނޭންސް މިނިސްޓްރީން އަންގަނީ މުސާރަ ލަސްވަނީ ބަޖެޓް ނެތިގެން ކަމަށް،" އާސަންދައިގެ މުއައްޒަފަކު ބުންޏެވެ.
އާސަންދަ ކުންފުނިން މީގެ ކުރިން މަސް ނިމުމުގެ ކުރިން މުސާރަ ދެއެވެ. އަދި މިއީ އެ ކުންފުނީގެ ތާރީހުގައިވެސް މުސާރަ ނުދެވި ލަސްވި ފުރަތަމަ ފަހަރެވެ.
އެތާ ލާރިއެއް އޮތިއްޔާ ދިރުވާލި ދެ ފެމުނު އެތިބީ މާފުށީ ޖަލުގަ
މިހާރު ވެރިއަކައް ހުރި މީހާގެ ނާގާބިލުކަން މީގެންވެސް އެނގެނީ
ފޭރޭ ސަރުކާރު ފޭރެނީ. އަނިޔާވެރިކަމުގެ އިންތިހާ. ރައްޔިތުން ފޭރުން ހުއްޓާލާ.