ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ހައްޔަރުކުރުމަކީ މި ސަރުކާރުން ކުރި ވަރަށް ނާތަހުޒީބު ފިނޑި ޢަމަލެއް ކަމަށް، ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ހީނާ މިހެން ވިދާޅުވީ، ޗެނަލް 13 ން ރޭ ގެނެސްދިން "ނިއުސް ޓޯކް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްވަވަމުންނެވެ.
"ވަރަށް ނާތަހުޒީބު ފިނޑި ޢަމަލެއް އެއީ. ޑިމޮކްރަސީގެ ރިވެތިި އުޞޫލަކީ ހުރިހާ އެންމެންނަށްވެސް ކެމްޕެއިން ކުރުމުގެ ފުރުޞަތު ލިބުން. ދެން ހަމަ އެނގިވަޑައިގަންނަވާނެ، މަޖިލީހުގެ އިންތިޚާބާއި ދިމާކޮށް ވަރަށް ވީކް ޕޮއިންޓެއްގައި ހިފާ ދަމައިގެން، ރައީސް ޔާމީން ޖަލަށް ލާފައި އެ ވަނީ." ހީނާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ހީނާ ވިދާޅުވީ، ރައީސް ޔާމީން ހައްޔަރު ކުރުމުގެ މައިގަނޑު މަޤްޞަދަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ނުފޫޒު ފޯރުވުން ކަމަށާއި، އެއީ ވަކި ބަޔަކަށް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން، ޕީޕީއެމް އަށް ދަތިކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ. އަދި ޕީޕީއެމް އަށް ސަރުކާރުން ދޭންޖެހޭ ފައިސާވެސް މިއަދާއި ހަމައަށް އައިއިރުވެސް ދީފައި ނުވާކަމަށްވެސް ހީނާ ވިދާޅުވިއެވެ.
"ޕީޕީއެމް އަށް ތާޢީދު ކުރައްވާ، ބޭފުޅުންނަށް، އަދި ރައީސް ޔާމީނަށް ތާޢީދު ކުރައްވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ތިބޭފުޅުން މާޔޫސްވެ ނުލައްވާށޭ. އިދާރާކުރެެއްވިއްޔާ ރައީސް ޔާމީން ވެސް އެނބުރި އަންނާނެ. އަޅުގަނޑުމެންވެސް އަބަދު ތިބޭނީ މިގޮތަކަށް ނޫން. އަޅުގަނޑުމެންނަށްވެސް ދުވަހެއް އަންނާނެ. އަޅުގަނޑުމެން ހިތްވަރާއި އެކު މަސައްކަތް ކުރާނަން. އެހެންކަމުން ރައީސް ޔާމީން ޓިކެޓް ދެއްވާފައި ތިބި ބޭފުޅުންނަށް ވޯޓު ދެއްވުމަކީ ވަރަށް ބޮޑަށް އެދޭ އެދުމެއް." ހީނާ ވިދާޅުވިއެވެ.
ހީނާ އަކީ، ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން، ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ދިއްގަރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓެވެ. މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހުއެވެ.
ކަމަނާ ލަދު ކޮބާތަ !
ވައްކަން ތަހުޒީބު ދޯ ؟
ވައްކަން ސާބިތެއް ނުކުރެވުނު ދޯ؟
މިދެން ކާކު މިވާހަކަ ދަަައްކަން
މީ ހަކުރު ސަރުކާރު.. އޮށްޓަރުހުރި ކަމެއް ކުރާކަށް ނޭގޭނެ. ހުސް ދޯހަޅި ގަމާރުން . ހީނާ އަށް ސާބަސް. ޔާމީނު ކާލަން މި ދިޔޯތައް ބޭނުންވަނީ.. ހަނދު ބޮޑުވާ މޫސުން ކައިރިވާތީ ދިޔޯތައް ކުޅުދިޔާވެގެން ޔާމީނު ޖަލަށްލީ އިން ޝާ ﷲ ވ އަވަހަށް ޔާމީނު މިނިވަން ވާނެ
ހީނާ އަހަރެމެން މިތިބީ ޔާމީނުއާ އެކު އިރާދަކުރެއްވީޔާ ހޮވޭާނީ ޔާާމީނުއަށް ތާއީދުކުރާމީހުން
އެގެންޑާ 19 އަށް ނވުމުން ލަދުގެ ވާހަކަ އައީ....
ބަލަ ކެނެރީގޭ ލާދީނީ ނަސީދުއާ އިބުރާޔާ ދިއްދޫ އަލީހާސިމާ ސަހިންދާ ވެލަިނިޔާ މިގައުމުގެ ލާދީނީ ފިކުރު ބޭރުން ފަންޑު ކޮއްގެން ހިންގާ ކަމެންކަން ގިނަރައްޔަތުން ދަނީބުނމުން އެހެންވެގެން މިފަހަރު ރީދޫ ކުލަ ގަބޫލު ނުކުރަންވީ ނޫނެކޭ ބުނޭ ރީދޫ ނޫނެކޭބުނޭ