އޭޕްރިލް މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީސް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ހަދިޔާ އާއި ރިޝްވަތު ދޭކަން ފާހަގަކުރެވިފައިވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މަޖިލީސް އިންތިހާބު އޮބްޒާރވް ކުރުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުން އަންނަކަމަށެެވެ. އަދި އެ ކޮމިޝަނުން މިހާތަަނަށް ކުރިއަށްގެންގޮސްފައިވާ މީޑިއާ މޮނީޓަރިންގގެ ތެރޭގައި ބައެއް ކެންޑިޑޭޓުންގެ އިންތިހާބީ ހައްގަށް އަސަރު ކުރާނެ ފަދަ ކަންކަން ކުރުމާއި، އެންޓި ކެމްޕޭން ކުރުމާއި، ބައެއް ކެންޑިޑޭޓުންގެ އަބުރަށް ބުރޫ އަރާނެ ފަދަ ގޮތަކަށް ކެންޑިޑޭޓުންގެ ޒާތީ ކަންކަމަށް ފާޑުކިޔަމުން އަންނަ ކަމަށެވެ.
އަދި އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހަދިޔާ ދިނުމާއި، ރަޝްވަތު ދޭކަންވެސް ފާހަގަވެފައިވަކަމަށް އެޗްއަރްސީއެމްގެ ބަޔާނުގައި ވެއެވެެ.
އަދި އެކަންކަމާއި، ގުޅިގެން ކަމާއި ބެހޭ ފަރާތްތަކާއި، ސިޔާސީ ޕާޓީތަކާއި ބައްދަލުކޮށް މަޝްވަރާ ކުރަމުންދާކަމަށް އެ ބަޔާނުގައި ވެއެވެ.
ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން ގިނަ އަދަދެއްގެ ކެނޑިޑޭޓުން ވާދަކުރާ މި އިންތިހާބުގައި، އިންތިހާބީ ގާނޫނުތަކަށް އިހުތިރާމް ކުރުމަށާއި އެންޓި ކެމްޕެއިން ނުކުރުމާއި، ވޯޓަށް ނުފޫޒު ފޯރުމުން އެއްކިބާވެ ތިބުމަށް އެޗްއާރްސީއެމް އިން އެދެެއެވެ. އަދި އެއްވެސް ކެނޑިޑޭޓަކަށް ފުރައްސާރަކޮށް އެފަރާތްތަކުގެ އަބުރު ގެއްލޭފަދަ ކަންކަން ނުކުރުމަށް އެޗްއާރުސީއެމުން އެދެއެެވެ.
ހެލްމެޓް ވެސް އެއީ ހަމަ އިންތިހާބަށް ނުފޫޒް ފޯރުވާށޭ ބުނެވިދާނެ ދޯ
އެޗްއާރސީއެމް ން ވަކިފަރާތަކަށްޖެހި ސަރުކާރުގެ ނުފޫޒުގެދަށުގައި ފިތި ބާރުވެފައި/ ކޮބާ ރާއްޖެއަށް އެތަކެއް ތަރައްގީއެއް ގެނެސްދެއްވި ރައީސް ޔާމީނުގެ މައްސަލަ/ކިތައް ދުވަސްވެއްޖިތޯ ހުށަހެޅިތާ! ޔާމީނަކީ 96000 ދިވެހިރައްޔިތުންގެ ހިތުގެ ވިންދު ރައްޔިތުންގެ ޖީބުން މުސާރަ ހޯދައިގެން ތިޔަގޮތަކަށް ނުތިބެވޭނެ!
މީ އެޗު އާރުއާ ޓުރާންސު ޕޭރަންސީގެދުވަސް
ރިޔާސީއިންތިޚާބު އޮޅުވައިލުމަށްޓަކައި އެލެކްޝަންސްގެ ވެރިންނަށް މިލިޔަނުން ހަދިޔާދިންއިރު މިމީހާކޮބައި؟
ބަލަގަމޮޔައާ ކަލެއައްކީއްތަ