ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަސައްކަތް ފެށި 7000 ފްލެޓްގެ މަޝްރޫޢުއަށް ބަދަލުތަކެއް ގެނެސް ފްލެޓްތަކުގެ އަދަދު ބަދަލު ކުރުމުން އޭގެ ތެރެއިން ދެން އެޅޭނީ 3588 ފްލެޓް ކަމަށް ހައުސިންގ މިނިސްޓަރު އައިމިނަތު އާތިފާ ވިދާޅުވެއްޖެ އެވެ.

ފްލެޓްތަކުގެ އަދަދު މަދުކުރިކަން މިނިސްޓަރ އާތިފާ އިއުލާން ކުރެއްވީ މިއަދު ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ފްލެޓްތަކުގެ ސްޓަކްޗާ ދެ ކޮޓަރިން ތިން ކޮޓެރިއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އެގޮތަށް ހެދުމުން ފުލެޓުތަކުގެ އަދަދު 3588 އަށް ބަދަލުވެގެން ދާނެކަމަށެވެ.

"މި ގެނައި ބަދަލާއެކު ފްލެޓުތަކުގެ އަދަދު މަދުވި ކަމުގައި ވީ ނަމަވެސް މި ޕްރޮގްރާމްގެ ދަށުން ލިބޭނެ ކަމަށް ހޮވިފައިވާ ޝަރުތު ފުރިހަމަވާ ހައްގުވެރިންނަށް ފްލެޓް ދިނުމަށްޓަކައި ސަރުކާރުން އިތުރު ފްލެޓު އިމާރާތްކޮށް އެ ފަރާތްތަކަށް ހައްގުވާ ފްލެޓުތައް އެ ފަރާތްތަކަށް ދޭނެ،" މިނިސްޓަރު އާތިފާ ވިދާޅުވިއެވެ.

ނަމަވެސް އެކަމަށް ހޭދަވާނީ ކިހައި މުއްދަތެއް ކަމެއް އެކަމަނާ ވިދާޅެއް ނުވެއެވެ.

ފްލެޓުތަކާއި ގުޅިގެން ވަރަށް ގިނަ ޝަކުވާތަކަށް ހުށަހަޅަމުން އަންނަކަމަށް ވެސް މިއަދު މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، އެ ހުރިހާ ޝަކުވާތަކެއް، ފްލެޓުގެ މައްސަލަ ބެލުމަށް ރައިސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމެޓީއަށް ފޮނުވަމުންދާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިގޮތަށް ބަދަލު ގެންނަނީ 2 ކޮޓަރީގެ ފްލެޓަކީ 5 މީހުންގެ ޖާގައަށްކަމަށްބަލައި އެތަނުގެ ބޮޑުމިން 550 އަކަފޫޓަށް ވުރެ ކުޑަވުމުން އެތަނުގެ ޖާގަ އާއްމު ދިވެހިން އުޅެމުންދާ ތަންތަނަށް ވުރެ ކުޑަވުމުގެ ސަބަބުންނެވެ. އަދި މިގޮތަށް ބަދަލު ކުރުމުން ޖާގަ އިތުރުވެ އިތުރު ބަޔަކަށް ބޯހިޔާވަހިކަން ލިބިގެންދާނެކަމަށެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އިމާރާތުގައި އެކަށީގެންވާ އަދަދަށް ލިފްޓު ނެތުމާއި ޖާގައިގެ ދަތިކަން ހުރިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ލޮސްޓް ހާރޓް

    އެ ގެއްލުނީ މަގޭ ފްލެޓް…

    59
    6
  2. އޮސްކާ

    100 ދުވަސްވެގެން އާއިރު ކަމަނާއަކަށް ލިޔުމެއް ނޫނީ ކުރެހުން ގަނޑެއްވެސް ދައްކާނުލެވުނު، މިހާރު ތިގެނައި ބަދަލު ނޫނީ ކުރިން އޮތް ގޮތުގެވެސް. ތި ދައްކާ ވާހަކަ ގަބޫލު ކުރަން ދަތި. އަދި ކަމަނާ ކޮން ގޮތަކުންތޯ 2 ކޮޓަރި ތަނެއްގައި 5 މީހުން އުޅޭނެ ކަމަށް ބެލީ؟ ކިހާ ވަރެއްގެ ރިސާޗެއްތޯ؟ ގިނަ ބަޔަކަށް ފްލެޓް ލިބުނީމާ އާއިލާތަށް ވަކިން އުޅޭނީ. އެއްތަނެއްގައި އުޅުމުގު ފުރުސަތު ކުޑަވާނެ

    85
    8
  3. ބުރޯ

    ކޮބާ ކުލިދައްކަން ދޭން ބުނި އެލަވަންސް. އޭގެ ވާހަކަ މިހާރު އެކަކުވެސް ނުދައްކާ

    47
    3
  4. އަލާ

    ބަލާވެރި ސަރުކާރެއް މިއޮތީ ސުއްޕާ ނޮރޮހޮއްޕާން ސަރުކާރެއް. މި ބަލާވެރި ކަމުން ދިވެހިން ސަލާމްތް ކޮށް ދެއްވާނދޭވެ. ބުދު ސަރުކާރު ޖައްބާރު ސަރުކާރު ލާދީނީ ގުންޑާ ސަރުކާރު

    74
    7
  5. ޖެހޭނެއޭ

    އެމްޑީޕީގެ މެނިފެސްޓޯ އަކު ނޯންނާނެ މާލެ ސަރަހައްދުގައި ފްލެޓްސް ތައް އަޅާނެ ވާހަކަ އެއް އެމެން މެނިފެސްޓޯގައި ފްލެޓްސް އަޅަން އޮންނާނީ ފަޅުވަމުން އަންނަ ދަ ރާއްޖެތެރޭގައޭ އެތަނުގައި ފްލެޓްސް ތައް ތަމެން ހައުސިންގް މިނިސްޓަރޭ މެން އަޅަގަ ކޮންމެހެން ދެން މާލެ ސަރަހައްދުގައި ފްލެޓްސް ތައް އަޅަން އުޅޭނެ ކަމެއް ނެތޭ މާލެ ސަރަހައްދުގައި އެމްޑީޕީގެ މެނިފެސްޓޯގެ 16 ވަނަ ސޮފްހާގައިވާ ގޮތުގެ މަތިން ހުޅުމާލެ 2 އިން ކޮންމެ މީހަކަށް 5 ހާސް އަކަފޫޓްގެ ބިމެއްދޭން ޖެހޭނެއޭ..

    35
    2
  6. އޮރެންޖު

    ކިހާދެރަ ކަމެއް އަޅެ. މި ސުންޕާ ސަރުކާރުގަ މިނޫންގޮތެއް ނެތީތޯ؟؟؟؟

    62
    4
  7. ޏަމްޏަމް

    އަތަށް ގޮވަނީ އެއަރޕޯޓުވެސް ވިއްކާލަނީ މިހިސާބުން ވެރިކަން ވައްޓަން ރައްޔަތުން ނުކުމެ ހާޖާނު ހަދާނެ.

    78
    5
  8. ސާމް

    ތިގޮތަށް ތިކަން ނުކުރެވޭނެ.. ބަދަލު ގެންނަންށޭ ކިޔައިގެން ލާރިގަނޑެއް ކާލަން ތިއުޅެނީ.. ތީ ދިވެހި ރައްޔިތުންނަށްދޭ ވަރަށް ބޮޑު އަނިޔާއެއް... ރައިސް ޔާމިން ހޮވުނު ނަމަ ހާދަ ރަނގަޅޭ.. ތަރައްގީގެ ހުރިހާ ކަމެއް މިހާރު ހުއްޓި ގެރިކަލާންގެ ފަހަތުން އެދުވަނީ.. އެމީހުން ދުވަހަކުވެސް މިގައުމަށް ހެޔޮ ނޭދޭނެ.. އަބަދުވެސް އަޅުވެތި ކޮށްފަ ބާއްވާނީ.. ލަވް ޔޫ ރައީސް ޔާމީން

    20
  9. ނިޒާމަ

    ވަގުތުން އިސްތިއުފާ ދީފަ ކަމަނާ ގެއަށް ވަޑައިގަންަވާ

    21
  10. ޟަން

    މިހާރު ދީ އަހަރުމެން ނިކަމެތިންނަށް ލިބިފައި ހުރި ފްލެޓްތައް...ތި ހުރިވަރަކަށް ދީފައި މީހުން އުފާކޮށްދީބަލަ

    18
  11. ނިޢަމް

    ރައްޔިތުންގެ 138000 ރައްޔިތުން އެދުނީ ތަރައްޤީ މަޑުޖެހި ، 2012 ނިމުނުއިރު އޮތް ދަށްޙާލަތަށް އަލުންވެސް ރާއްޖެ ވެއްޓިގެން ދިއުމެވެ. ފަތުއަޑުކިޔާފަ ކުރިޔަށް ދިޔަ ޞިއްޙިނިޒާމު އަލުންވެސް އިނދަޖެހޭތަން ފެންނަމުންދާއިރު ތަރައްޤީ އޮތީ އެއްކޮށް ހުއްޓިފައެވެ. ދިވެހި މުސްލިމު ރައްޔިތުން ބިރުގަންނަހިސާބަށް މިއޮތީ ރާއްޖެ ނާމާންވެފައެވެ. ޢާމުދަނީ ދަށްވެ ސަލާންޖަހަން ދުވާތަން އެބަ ފެނެއެވެ. ތިންމަސްތެރޭގައި ދެބިލިޔަން ރުފިޔާގެ ދަރަނި ނަގާފިއެވެ. ކުރާނޭކަމެއްނެތެވެ. މިއީވެސް ބަޔަކު ބަދަލުކުރި ޙާލަތެކެވެ.

    16
  12. ނުރަބޯ

    ހެހެހެހޭ ދެން ބާރަށް އަތްޖަހާ. ފުލެޓެއްވެސް ކަލޭމެން ނަކަށް ނުދެވޭނެ، ތަރައްގީއެއްވެސް ކަލޭމެންނަކަށް ނުކުރެވޭނެ. ކުރެވޭނެހާވެސް ކަމަކީ ގައުމު ދަރުވާލުން.

    21
  13. ޖުމާ

    މިމީހުންނޫނީ މާވަރުގަދަ ރިސާރޗް ހަދަން ދަންނަބަޔަކު ނުތިބޭނެ.މީގެކުރީސަރުކާރުން ކިތަންމެ ރަނގަޅުކަމެއްކުރިޔަސް މިސަރުކާރުން ބަލާނީ އެކަން ނަފީ ކުރެވޭތޯ . ތިމާ މެންނަށްވުރެން ދެން މާމޮޅު ބަޔަކު ނެއްކަމަށް ދައްކަންވެގެން. ޔާމީން މިރާއްޖެ ތަރއްޤީކުރި ގޮތަށް މިރާއްޖެ މިމީހުންނަށް ތަރއްޤީކުރަން ނޭނގޭނެ.ކަމެއްކުރަން ނޭނގިގެން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަންވެގެން ފްލެޓް ތައް މިހާރު ހަދާފަ ހުރި ގޮތް ގޯސްވެއްޖެ،ޖަޒީރާ ވަންތައޭ މިކިޔަނީ ވެސް ރާއްޖެ ހިންގަން ނޭގިގެން ރައްޔިތުންގެ ލޮލުގައި އަނދުންއަޅުވަން. ބަލަ ދެން ރާއްޖޭގެ މީހުން ފާޚާނާ ހަނޑަސް ބުރިއަށް ސީއެއް ނުލާނެ. އެމީހުންވެސް ދެން ބަލާނީ ދުނިޔޭގެ ފެންވަރުން އުޅެން.ހަތަރު ފަސްބުރި ޢިމާރާތުގައި އުޅެފަ ދަނޑިފަނުން ގެއޅަން ބޭނުންވާނީ ކޮންބައެއް. މިމީހުންވެސް ޤަބޫލެއްނުވާނެ.

    13
  14. ޙުސައިން

    މިކިހާދެރަކަމެ އަހަރެމެންގެ ސަރުތު ހަމަޔެަނުވެ 5 ކުދިން އެަބަހުރި 43 އަހަރު މާލެގަ ދަފުތަރުގަ އުޅޭތާ 32 އަހަރު މި ކޮންގޮތަކަ އިންސާފް ދޭން މިގައުމުގަ ވެަރިކަމާހަވާލް ވި ބަޔެއްތަ ފުރަތަމަ އާތިފާ ހުރިހަމަބުދީގަތޯބަލަން އަބަޖިހެ ސަރުކާރުން ލިޔުމެއްދީފިއްޔާ ފުރަތަމަ އެކަމަަ އިސްކަން ދީފަދޯ ތިމާގެ އަމިއްލެ މީހާގެ ރަހުމައްތެރިންނާށް ދޭންވާނީ
    ޓިއުޅެނީ ހުސްވަގުން

    15
    3
  15. ޅަވިޔަނި

    ޔާމިން ނުހައްގުން ދިން ފްލެޓްތައް ކޮބާ. ލަދު

    4
    27
    • Anonymous

      ކަލޭގެ ލަދު ކޮބާތަ ލާދީނީ ގުންޑާ. ސަހާދެއް

  16. ބޯބުރާންތި

    ކުރީ ސަރުކާރުން އަޅަންފަށާފަ ހުރި ތަނެއް މަދުކުރާނީ ކިހިނެއްތޯ؟؟؟

    14
  17. ްައަހްމަދު

    550 އަކަފޫޓައްވުރެކުޑަވެގެން ހިތްހަމަނުޖެހުނުއިރު ފުރަތަމަ ދޫކުރި ޗައިނާފްލެޓުގެ 3 ކޮޓަރީގެ ފުލެޓްގެބޮޑުމިނަކީ 600 އަކަފޫޓު ކޮޓަރިއެއްގަ އެނދަކާ އަލަމާރިއެއް ބެހެއްޓީމަ ފުރުނީ އެކަމުއޭރުއޯކޭ ތަފާތަކީކޮބައިބާ

    13
  18. އދނ

    މީ ބޮޑު ބަލާ ވެރިކަމެއް

    16
  19. ޢަލީ

    ތިކަހަލަ ހަޑި ހާވަން ކަލޭމެންނަށް އިގޭނީ

  20. ޙިބާ

    ފުލެޓުތައް ދީފަހުރި ގޮތް ފެނިއްޖެއްނު. ހާދަ ގޮތް ކުޑަ ބައެކޭ ސަރުކާރު ތަކުގަ ތިބެނީ

    3
    2
  21. ހިފިދާނެ، ކުރެވޭނެ

    މީތަ ބަންގާޅަކޮށި، ؟ ބަންގާޅީން ގެންގުޅޭ ފަރާތްތަކަން މިތަންތަން ދޫކުރަންފެނޭ!