"މަންތާ އެއާ"ގެ ފްލީޓުގައި ހިމެނޭ ތިން ވަަނަ ފްލައިޓްވެސް ރާއްޖެ އަތުވެއްޖެއެވެ.

މި ބޯޓު ރާއްޖެ އައިސްފައި ވަނީ މިއަދުއެވެ. ޑެންމާކްގެ ބިލަންޑުން ފުރައިގެން އެ ބޯޓު ރާއްޖެ އައިސްފައި ވަނީ މިއަދު ހަވީރުއެވެ.

އޭޓީއާރް 72-600 މަރުކާގެ އެ މަތިންދާ ބޯޓަކީ، މަންތާއިން މީގެ ކުރިން ދެ ފަހަރު ގެނައި މަރުކާގެ މަތިންދާ ބޯޓެކެވެ.

މަންތާ އެއާގެ އުދުހުންތައް މިހާރު ވަނީ ފަށާފައެވެ. މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ދަތުރުތައް ފަށާފައިވާއިރު، އެ އާލާއިން މިހާރު ދަތުރުކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޑަހުވަދޫގެ ދާލު އެއާޕޯޓާ ދެމެދުއެވެ.

ނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމުގެ ވިސްނުން އެބަހުއްޓެވެ.

މަންތާ އެއަރ އިން ބުނީ، ކޮންމެ ދުވަހަކު އެ އެއަރލައިނުން ހަތަރު ފްލައިޓެއް ބާއްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ޝެޑިއުލް ފްލައިޓް ދަތުރުތައް ކުރިއަށްދާނީ، ފިކްސްޑް ޝެޑިއުލެއްގެ މައްޗަށް ކަމަށްވެސް އެ އެއާލައިނުން ބުންޏެވެ.