ސިނަމާލެ ބުރިޖު ހުޅުވިތާ އަހަރެއް ވާން އަދި ދުވަސްކޮޅެއް އެބައޮތެވެ. އެ ބުރިޖު މަތީގައި މީހުން މަދުވާނީ ހަމައެކަނި ދަންވަރު ގަޑިތަކުގައެވެ. އެހެން ވަގުތުތަކުގައި މާލެ އާއި ހުޅުމާލެ އާ ދެމެދު އެއްވެސް ހާސްކަމެއް ނެތި ދަތުރުކުރަމުންދާ މީހުން އިންތިހާއަށް ވަނީ ބޮޑުވެފައެވެ.
އެންމެ ކޮފީއަކަށް އަރާލަންވެސް މިހާރު ސައިކަލުގައި ހުޅުމާލެއަށް ދިއުން މިވަނީ އާއްމު ކަމަކަށް ވެފައެވެ. ބައެއް ފަހަރު މާލޭގައި ދިރިއުޅޭ މީހުން ކޮފީއަށް އަރާލަން މި ދަނީ ހުޅުމާލެއަށެވެ. ހުޅުމާލޭގައި ތިބޭ މީހުން މި އަންނަނީ މާލެއަށެވެ.
ނަމަވެސް މިއަދު މިއީ އާދަޔާހިލާފު ދުވަހެކެވެ. އެހެން ދުވަސްތަކާއި ހިލާފަށް މިއަދު ބުރިޖު މަތީގައި ހިނގާދަނީ ހެއްވާ މަޖާ ކަންތައްތަކެވެ. ހެލްމެޓްގެ ބަދަލުގައި ތެއްޔާއި، ޑަސްޓިބިން ފަދަ އެއްޗެހި ބޮލުގައި އަޅައިގެން ދަނީއެވެ. އަދި އެހެން ދުވަސް ދުވަހު ބުރިޖު މަތީގައި އެންމެ މީހުން ގިނަވާ ވަގުތުކަމަށް ބެލެވޭ މަޢްރިބް ނަމާދާއި އިޝާ ނަމާދާއި ދޭތެރޭގައި މި އޮތީ ފަޅުވެފައެވެ.
ބުރިޖު މަތީގައި މީހަކު ފެންނަން ނެތް ފޮޓޯއެއް މިފަދަ ގަޑިއެއްގައި ނެގުމަކީ ވަރަށް ނުވާ ކަމެކެވެ. ބެލެވޭގޮތުގައި، މިހާރު ބައެއް މީހުންނަށް ކުރިމަތިވެފައިވާ މަޖުބޫރީ ހާލަތުގެ ސަބަބުން ބުރިޖަށް ނޭރެނީއެވެ. ބުރިޖާއި ހައިވޭގައި ސައިކަލު ދުއްވާއިރު، ހެލްމެޓް އަޅަން ބަޖުބޫރުކުރުމުން، ހެލްމެޓެއް ނުލިބޭތީ ނުދުއްވަނީ ކަމުގައި ވެދާނެއެވެ.
ބައެއް ފިހާރަތަކުން މިހާރު ހެލްމެޓް ހުސްވެއްޖެކަމަށް ބައެއް ފަރާތްތަކުން މައުލޫމާތުދީފައި ވެއެވެ.
ބުރިޖާއި، ބުރިޖާއި ގުޅިފައިވާ މަގުގައި ހެލްމެޓް އެޅުން މަޖުބޫރުކުރުމަކީ ސަރުކާރުން ނެގި ވަރަށް ރަނގަޅު ފިޔަވަޅެކެވެ. މިހާރުވެސް އެ މަގުގައި ހިނގާ އެކްސިޑެންޓްތައް ވަނީ އިތުރުވެފައެވެ. އަދި އެ އެކްސިޑެންޓެގެ ސަބަބުން މީހުންނަށް ލިބެމުންދާ ގެއްލުންތައް ވަކި ކުޑައެއް ނޫނެވެ.
ޙެލމެޓް އެޅުމުން އެކްސިޑެންޓެއް ދެން ނުހިނގާނެބޭ
ބޯ ތިހުންނަނީ ހަމަ އެކަނި ފުނާ އަޅަން ދޯ ؟
އެކްސިޑެންޓް ވަނީ ބުނެފައެއްނޫން، އެކްސިޑެންޓް ހިނގާނެ، ހެލްމެޓްގެ ސަބަބުން ބޮލަށް ލިބޭ އަނީޔާ ކުޑަވާނެ.
އިންޝާﷲ
ބުރިޖަށް މީހުން ނާރަންޏާ އެކްސިޑެންޓް ނުހިނގާނެ އެއްނު
ހެލްމެޓް އެޅީމަ ހުރިހާކަމެއް ޙައްލެއްނުވޭ. ބޭނުންހާގޮތަކަށް ދުއްވާ މީހާ ހައްޔަރުކޮށޤ އޭނާ ދުއްވާ ވެހިކަލްޓޯކުރަންވެސް އެބަޖެހޭ
އެކްސިޑެންޓް ހިގަނީ ގަވާއިދާ ޚިލާފް ވާތީ. ހެލްމެޓް އެޅުމުގެ މާނައަކީ އެކްސިޑެންޓްވުން ހުއްޓުނީއެކޭ ނޫން. އެއީ ވެއްޖެނަމަ އޭގެންވާ ހާނީއްކަ ކުޑަކުރަން އަޅާ އެއްޗެއް.
އަހަރެމެން ދިވެހީންނަށް ކޮންމެ ކަމެއްގައިވެސް އިދިކޮޅު ގޮތަށް ވިސްނޭތީ ހާދަހާ ދެރަޔޭ.
އެކްސިޑެންޓް ނުހިނގާނެ ކަމަކަށް ނޫން.އެއީ އެކްސިޑެންޓްވާލެއް ގިނަކަމުން ގެއްލުންވާވަރު ކުޑަކުރެވޭތޯ
އެކްސިޑެންޓް ނުހިނގާނެ ވާހަކަ އެެއް ނޫން ދޯ. ލިބޭ ގެއްލުން ކުޑަކުރުން.
ބުރިޖު ފަޅުވީ....
އަސްލުވާގޮތަކީ ބުރިޖުމަތިން ގިނައިން ދުއްވަނީ އެއްވެސް ބޭނުމެއްނެތި "ތަޅާބުރުވާ" އުސޫލުން ދުއްވާމީހުން. އެހެންވީމާ ހެލްމެޓު މަޖުބޫރު ކުރުމުން ހެލްމެޓް އަޅައިގެން އުޅެން އުނދަގޫވުމުން ބުދިޖަށް ސައިކަލު ނާރަނީ.