އިމާރާތެއްގެ ހަ ވަނަ ބުރިން ވެއްޓި ރޭ ފަތިހު އަވަހާރަވީ ކުރީގެ ފިޝަރީޒް މިނިސްޓަރު އަދި އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާފައިވާ ޑރ.އިބްރާހިމް ދީދީ (ޑރ. ޑީޑީ) ގެ ބައްޕަ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އައްޑޫ ސިޓީ ހުޅުދޫ ބަހާރީވިލާ އުމުރުން 97 އަހަރުގެ އަބްދުﷲ ނަހީފް އަވަހާރަވީ ޑރ.ޑީޑީ އާއި އާއިލާގެ އެހެން ބޭފުޅުން ވެސް ދިރިއުޅުއްވާ ގ.ދަތުގެ ހަ ވަނަ ބުރިން ވެއްޓިގެންނެވެ.
އަބްދުﷲ ނަހީފްގެ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.
ފުލުހުން ވިދާޅުވީ، ރޭ ފަތިހު 4:00 ޖަހާކަންހާއިރު، އަބްދުﷲ ނަހީފް ވެއްޓިފައި ވަނީ ހެންވޭރުގައި ހުންނަ ގެއެއްގެ ހަ ވަނަ ބުރިން ކަމަށެވެ.
އޭނާ އައިޖީއެމްއެޗްއަށް ގެންދިޔައިރު ވެސް ނިޔާވެފަައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އަބްދުﷲ ނަހީފް އިމާރާތުން ވެއްޓެން މެދުވެރިވި ސަބަބެއް ނޭނގޭއެވެ. އަބްދުﷲ ނަހީފްގެ މަރާއި ގުޅޭ ގޮތުން އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.
ތި ވާނީ ވައްޓާލީ ކަމަށް. ފިޝަރީޒް މިނިސްޓަރަކަށް ތިމީހާ ހުރިއިރުވެސް އޭނަ ކޮއްޕާ ވައްޓާލާ ފައި ބިންދާލައިގެން އުޅުނެއްނު.
ތިކަމަކީ ވަރަށް ތަފުސީލްވަންޖެހޭކަމެއް. ތިއުމުރުގެ މުސްކުޅިޔަކު ބެލުމުގައި ފަރުވާކުޑަކުރުންވެސް ގޯހެއް. އަނެއްކާ ޑީޑީ އަކީ ބައްޕަޔަށް އިހްމާލުވެފައިވާފަރާތެއް.
ފުރިހަމަ ތަޙްޤީޤަކަށް ގޮވާލަން.
އިންނާލިއްލާހިވައިންނާއިލަހިރާޖިއޫން މާތްﷲއާއިލާޔަށްކެއްތެރިކަން ދެއްވާފާންދޭވެ.އާމީން
ޥެއްޓުނުގޮތް ތަހުގީގު ކުރން ޖެހޭ......
މަރުތައް ތަހްގީގުކުރާ ކޮމެޓީ ކޮބައިތޯ ވޭތުވި
5 އަހަރު ތެރޭގައި މަރުނުވާވަރަށް މީހުން މަރުވަމުންދާއިވެސް މަރުތަކުގެ ހަގީގަތްނޭންގެއެވެ
ވޭތުވެދިއަ 4 މަސްދުވަހުގެ މަރުތައްބަލައި ސާފް
ހަގީގަތް ހާމަކުރުމަށް މަރުކޮމެޓީއަށް ގޮވާލަމެވެ
ތިކަން ރިޔާސީ ކޮމިޝަނުން ވަރަށް ރަނގަޅަށް ތަހުގީގުކުރުމަށް ގޮވާލަން.
ކޮބާ މަރުތަހުގީގުކުރާ ބައިގަނޑު؟ ކޮން މަރެއް ތަހުގީގުކޮށް އާންމުކުރެވުނީ؟ ރިލުވާނު ކޮބާ؟ ތީރިލުވާނު ހޯދަން އޭނަގެ އާއިލާ ލައްވާ ޑްރާމާކުޅުވާ ރައްޔިތުން ބޯކާލައިގެން ވޯޓުހޯދި ބައިގަނޑު! ކޮންކަމެއްވަނީ؟
ކީއްވެ..؟؟ އެއީ ރަނގަޅު ފެންވަރަކަށް ހަދާފައި ހުރި ގެއެއް. އެހާ މުސްކުޅި މީހަކު ތަންތަނަށް އަރާ އުޅޭނެހެން ވަރަށް ހީނުވޭ، ބެލްކަނިން ވެއްޓުމުގެ ފުރުސަތުވެސް ނޯންނާނެހެން ހީވަނީ.....
އެ އުމުރުގެ މީހަކު 6 ވަނަބުރިން ވެއްޓެންވީ ކީއްވެ ؟ވަރަށްސުވާލުމާކް ؟؟؟؟؟؟؟؟
މަރުތަހުގީގު ސަރުކާރު އައިފަހުން ގޮތްނޭގޭ މަރު އިންތިހާ. ޢިބުރަތެއް ނުލިބޭތަ؟
އަވަހާރަ ވީކީ ނޫނޭ. އަވަހާރަ ކޮށްލީ. ސުއޫދޫ ޫ ޫ ޫ ކަލޭ ކޮބާ. ކަލޭ މަރުވީތަ އަޅެ ފަހެ. ނޫނީ ގެއްލުނީތަ. އޮތްތާކުން ނުކުމެބަލާށޭ. ކޮންމެވެސް މީހެއްގެ މޫނަށް ކުޅެއް ޖަހާބަލާށޭ. އޭ ޭ ޭ ޭއި ސުއޫދު ޫ ޫ ޫ ޫ ކަލޭ ބީރުތަ
ޑޮކްޓަރު ޑީ ޑީ ބުނީ މިނިސްޓަރ ކަން ކުރުމަކީ ފެންފުޅިއެއް ބޯލުން ކަހަލަ ކަމެކޭ، އޮޅުވާލުން އެއީ ކަރުކެހުން ކަހަލަ ކަމެކޭ، ...... މިއީ މީގެ 7 އަހަރު ކުރިން މީނާ ސާފު ދިވެހި ބަހުން ދައްކާފައިވާ ވާހަކަތައް ...ވިސްނާ ފިކުރު ކުރާ ބަޔަކަށް ކަންކަން ފަހުމު ވާނީ، މަރުވެގެން ދިޔަ ފުރާނައަށް ހެޔޮ ރަހުމަތް ލައްވާށި.
ވައްޓާޅީ
މިއީތޯ އަޅުގަނޑުމެންގެ ހާލަތަކީ މިހާރު. މީހަކު ނިޔާވީމަވެސް ޕޮލިޓިކްސް. އަޅުގަނޑުމެންގެ އޮތް ލޯއްބާ އެކުވެރިކަމާ އެއްބައެއްވަންތަކަން ކޮބާތޯ. ހެހޮނުވާނެ. ވަރަށް މޮޅުކަމެއްކަމަށް ތިޔަ ކޮމެންޓް ކުރައްވާ ފަރާތްތައް ހަމަ ކުޑަކޮށްވެސް ލަދެއް ނުގަނޭތަ.
ޑޮކްޓަރ ޑީޑީ ތިކާލޭގެ ހުރި ނުލަފާ ކަން މިހާރު ތިދައްކާލީ ބައްބައަށް ދޯ ހެޔޮނުވާނެ ތިހެން އުޅޭކަށް ދެންވެސް އިސްލާހުވެބަލަ މިހާރުވެސް މަގެއްގެ މަތިން ފެނުނަސް ހިނިއާދޭ އެކްސިޑެންޓް ވީދުވަހު ހެދި ދޮގުތައް މިފހަރުވެސް ދޮގުހަދާނަންދޯ
އެއުމުރުގެމީހަކު ވެއްޓެންޏާ ނުވަރޭފެނުތެރޭ ކުއްޖަކުވެސް
ޥެއްޓިދާނެ ނުބަޔެއްއެބައުޅޭ ތިޔަވަގުތާ މެދުވެސްސައްކު
ތިޔަކީ ޑީޑީ އެއްނު ތިޔަކަންބެލޭނގޮތެއްވާނެ ހެނެއްހިޔެއް
ނުވޭ ބައްޕަ ބަލަންބޮޑުވީހެންހީވަނީ ?
މީމަގޭހިޔާލު މީހުންގެވާހަކަތަކައްބަލާއިރު
މީހަމަޑީއެންއޭހަދަންޖެހޭކަމެއް ކުރިންވެސް
ވަނީތިބުނާޑީޑީއެއް އެމަރުހޫމުބެލުމުގައިހުމާލުވެފަ
ވެރިކަމާއުފަލުގެލައްޒަތުގައެމަރުހޫމުގުރުބާންކޮއްލީ
ނޫނޭވާމީވަރުގަދަބައިގަނޑެއް
ރީދޫކުލަޖެހުނީމާމިކަހަލަޖަރީމާހިންގާނެ؟
ﷲއައްބިރުވެތިވާންވާންވީ
މައިންބަފައިންގެހައްގުތަކައއްއިހުމާލުވާމީހުންނައް
ހައްގުއަދަބުދޭންޖެހޭނެ؟؟މީސަރުކާރުގެޒިއްމާއެއް؟؟
އެމަރުހޫމައްސުވަރުގޭގެދާއިމީނިއުމަތްދެއްވާށި
އާމީން
އަޅުގަނޑަކީ ޑީޑީ ބައްޕަޔާ ވަރަށް އެކުވެރި މީހެއް. ގެކައިރީ އުޅުނުއިރު ވަރައް ވާހަކަ ކިޔައިދިން، ޑީޑީ އަޅާނުލާ ވާހަކަޔާ، ބަލަހައްޓަން ހަވާލުކޮށްފަ ހުރި ބަންގާޅިމީހާ އަނިޔާބކުރާ ވާހަކަ. ޑީޑީ ގާތު އެ ޝަކުވާ ކުރީމަ ގަބޫލުނުކުރާ ވާހަކަ. ޢެއްފަހަރަކު ކި ތިމަންނަ ރަށަޢް ފޮނުވާލަ ދޭށޭ ވެސް ކި ވަރަށް އަސަރާއެކު. ބަންގާޅިގެ އަމަލަކައް ވާނީ. ޥﷲ އައުލަމް
ވަރަށް ރަނގަޅަށް ތަޙުޤީޤުކުރަން ފެނޭ، އެ ހިސާބުގަނޑުގެ ހުރިހާ ސީސީޓީ ކެމެރާތައް ޗެކްކުރަންވީ، ފަހަރުގައި ޑްރޯންނެއްވެސް ހުރެދާނެ، އެބޭބެއަކަށް ބެލްކަނި މައްޗަކަށް ނޭރޭނެ، އަދި ގުދުވިއަސް ބެލަންސް ކަޓާވަރަކަށް ގުދެއްވެސް ނުވެވޭނެ. ކުރިން ހިނގާފަހުރި ހާދިސާތަކަށް ބަލާއިރު ވަރަށް ސުވާލުތައްގިނަ.