ފެނަކަ އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރަން ފަށައިފިއެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދު މިއަދު ވިދާޅުވީ ފެނަކައިގެ އިތުރުން ދައުލަތުގެ މީޑިއާއާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަމުންދާ ކަމަށާއި، އެ ދެ އިދާރާގައިވެސް މިހާރު ޓީުތައް ހަރަކާތްތެެރިވަމުންދާ ކަމަށެވެ.

އޭސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒު ރަޝީދު އިއްޔެ ވަނީ އޭސީސީގެ މިދިޔަ އަހަރުގެ މަސައްކަތަށްވެސް އަލިއަޅުވާލާފައެވެ. އެގޮތުން މިދިޔަ އަހަރުވެސް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 108 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ލިބެން ޖެހޭ ކަމަށް މުއައްވިޒު ވިދާޅުވިއެވެ.

އަދި މިދިޔަ ހަތް އަހަރު ތެރޭގައި 3.9 ބިލިއަން ރުފިޔާ ދައުލަތަށް ލިބެން ޖެހޭ ކަމަށާއި، އޭގެ ތެރޭގައި އެމްއެމްޕީއާރްސީ ހިޔާނާތުގައި ހިމެނޭ 1.3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވެސް ހިމެނެއެވެ.

މުއައްވިޒު ވިދާޅުވީ ކަމާ ބެހޭ އިދާރާތައް މެދުވެރިކޮށް، 1.8 ބިލިއަން ރުފިޔާ މިދިޔަ އަހަރުވެސް ހޯދަން ޖެހޭ ނަމަވެސް، މިހާތަނަށް ލިބުނީ އެންމެ 1.4 މިލިއަން ރުފިޔާ ކަމަށެވެ.

ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ތަހުގީގުކޮށް 1299 މައްސަލައެއް ނިންމި އިރު، ތަހުގީގު ނުނިމޭ 532 މައްސަލައެއް އޮތެވެ. އަދި ދައުލަތުގެ ކުންފުނިތަކުގެ ތެރޭގައި ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަނާއި ހިޔާނާތުގެ 238 މައްސަލައެއް އޭސީސީ އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ރައްޔިތު ބެއްޔާ

    ތިޔަ ތިއްބެވި ބޭބޭ ފުޅުން ބައްލަވާ ކަމެއް ހަލާލް ކޮށް ނިމިދާނެ ކަމަކަށް ގަބޫލު ނުކުރަން ! ވަރަށް ސާފު

  2. ޢަލީ ޚާލިދު

    ޕަބްލިކް ސާރވިސް މީޑިއާގައި ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފަށް ތަހްގީގުކުރަން 3 މީހަކު އައްޔަން ކޮށްގެން މުވައްޒަފުންގެ ކަރާމާތާއި އިއްޒަތައް ހުތުރުވާގޮތަށް ކުރިއްގެންދާ ބޮޑު ޖަރީމާ އެންޓި ކޮރަޕްޝަނުން ނުބަލަނީ ކީއްވެ؟ މި ތިން މީހުންނަނީ ޖިންސީ އެކިއެކި މައްސަލަތަކުގައި ހިމެނޭ ބައެއް. ބަދަލު ހިފުމުގެ ރޫހު މި މީހުން ގާގަ ހުރީ. ވަރަށް ވާހަކަ

    • Anonymous

      ވަރަށް ބޮޑު ތެދެއް. މިމީހުން މިގަންނަ ގަނޑަކީ، ނިމިދިޔަ ސިޔާސީ ދައުރުގައި ކޮންމެވެސް ގޮތަކުން ކުޑަކޮށްލާފަ ހުރި މީހުން ހޮވައިގެން، އެމީހުން ލައްވާ ފާޑުފާޑުގެ ތަހުޤީޤުތައް ހިންގަނީ. މިމީހުން އިންސާފުވެރިވާނެތަ؟ ފުރަތަމަ ތިމާ މީހާގެ އަޚްލާޤެއް ހުރެގެންދޯ އިންސާފާ ހަމައާއި ފެންނާނީ. މިދިޔަ ފަސްއަހަރުގެ ޖަރީމާއޭ ކިޔައިގެން އަޑުގަދަކޮށްފަ މިކުރާ ކަމަކީ، ބޮޑެތި ޖަރީމާތައް ހިންގާ، އެމީހުން އޭރު އެދެއްކި ވާހަކައިގެ 1 ޕަސެންޓް ނަމަވެސް ތެދުކަމަށް ދެއްކުމަށް މަސައްކަތް ކުރުން.

  3. ހަސަން

    ބިގަށް 78 މިލިޔަން ކަމަކާ ނުލާ ދޭން ނިންމާ މިހާރު 30 މިލިޔަން ދިންމައްސަލަ އެންމެ ކުރިއަށްލާތި އަދަދުގެ ގޮތުން އެންމެ ބޮޑި އެކަން

    • ކކކކކ

      ނުކެރޭނެ. ތި ބިގަކީ، އިބްރާއާއި، އިކޮނޮމިކްސް މިނިސްޓަރ ފައްޔާޒުގެ ކޮއްކޮގެ ކޮމްޕެނީ. އެތަނަށް ދިނުމަށް ނިންމި ފައިސާ ދޭން ހުކުމް ކުރުމާއެކު، އެފައިސާ ދިނުމުގެ މަސައްކަތް ކުރަންފެށީނު. ކޮބާ، އިސްތިއުނާފު ކުރުން. ރައްޔިތުންގެ ފައިސާތަކެއް ބަޔަކަށް ދިނުމުގެ ކުރިން، ދައުލަތުން އަދާކުރަންޖެހޭ ޒިންމާއަކީ، ސުޕްރީމް ކޯޓާ ހަމައަށް އެމައްސަލަ އިސްތިއުނާފު ކުރުމެއްނޫންތަ؟ ރައްޔިތުން ވެރިކަން ހަވާލު ކުރީމަ، ރައީސް އޮފީހުގަ އުޅޭ ފައްޔާޒުގެ ކޮއްކޮ ކުންފުންޏަށް މިފައިސާ މިދެނީ، މިއީ އެމީހުންގެ ކެމްޕޭނު ފައިސާއަށްވާތީ. މިހިންގަނީ، ގަރީމާއެއްނޫންތަ؟ މިއީ ވައްކަމޭ ނުކިޔާ ރައްޔިތުންގެ ފައިސާ ކެއުމެއްނޫންތަ؟

  4. ޒުހާ

    އޭސީސީގަ މިހާރު ތިބި މެންބަރުން ތިކަމަށް ޤާބިލެއް ނޫން. އެމީހުންނަށް ނޭނގޭ ކޮމްޕެނީއެއްގެ އެކައުންޓުން ފައިސާ ޖަމާކުރާ ކޮންމެ މީހަކީ، ކޮރަޕްޝަންގެ ފައިސާ ލިބޭ މީހެއްނޫންކަމެއްވެސް. ވަރަށް ޒިންމާދާރުކަން ކުޑަ، ވަގުތުގެ ފައިދާ ނުބައިގޮތުގައި ހޯދުމަށް މަަސައްކަތްކުރާ ބައެއް އޭސީސީގަ ތިބީ.

  5. ހާމިދު

    ޤާނޫނާ ޤަވާއިދާ އެއްގޮތަށް ހުއްޓަސް ތި އޭސީސީން ބުނާނީ ކޮރަޕްޝަނޭ. ތިއީ ތާކުންތާކު ޖެހޭ މުއައްސަސާއެއްނޫން. ތިތާ ތިބި މީހުންގެ ނާގާބިލުކަން އެއީ.

  6. ޔާމިން

    އޭސީސީ އޭ ބުންޏަސް އަންނަނީ ހިނި. އަމިއްލަ ފައިދާއަށް ނޫން ގޮތަކަށް ތިތާ ތިތިބި 5 މެންބަރުން އިނގިއްޔެއްވެސް ތަޅުވާ ނުލާނެ. ދެން ތިތާނގެ ސީނިއަރ މެނޭޖްމަންޓަކީ، ތެދުވެރިކަމެއް ބިރެއް ސިހުމެއް ހުންނަ ބައެއްނޫން. މަރުވާނެކަންވެސް އެބައިމީހުން ހަނދާނެއް ނުހުރޭ. ޒިންމާދާރުވުމުގެ މާނައަކީ ކަލޭމެން ތިހިންގާ ޖަރީމާތައް ކަމަށްވަންޏާ، އަހަރަކު، 30 މިލިއަން ޚަރަދު ކުރާ ތި މުއައްސަސާ ބަންދުކުރޭ.

  7. ޖަރީމާ ރާނީ

    ފެނަކައިގެ މައްސަލަތައް ބަލަންޏާ، 2010 އިން ފަށާންޖެހޭނީ. އެއިރު ތެޔޮވިއްކީ އެއިރުގެ ސަރުކާރުގައި ތިބި މީހުންގެ އަމިއްލަ ކުންފުނިތަކުން ބިޑު ކޮށްކޮށް. 2013 ގައި ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، އެސްޓީއޯ އިން ކަމަށް ތެޔޮނަގާނީ. ފެނަކަ ދަވާލައިފަ ހުންނާނީ މޑޕ ގެ ވެރިކަމުގައި. އެކަމަކު، ތި ނަޒާހަތްތެރި ކިޔައިގެން އުޅޭ މީހުންނަކަށް ހަމަ ހިލާ ނުކެރޭނެ 2013 ގެ ނޮވެމްބަރ 17 ގެ ކުރިއަށް ޖެހިލާކަށް. މަގާމު ގަނޑު ގެއްލިދާނެ. އަމާނާތެއް އިންސާފެއް ކަލޭމެން ނުދަންނާނެ. ގެއަށް ގެންދަން ލިބޭ ފައިސާކޮޅު އެކަނި ކަލޭމެނަށް ފެންނާނީ. ތިތާ ތިތިބި މީހުންގެ އަމިއްލަ ނަމުގައި ހުރި އަގުބޮޑު މުދަލާ ވިޔަފާރިތައް ނިކަން ކެރެންޏާ ކިޔާލަބަލަ.