ފުލުހުންގެ ތަރުޖަމާން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު "ވަގުތު" އަށް މައުލޫމާތު ދިނުން ހުއްޓާލުމަށް ފަހު "ވަގުތު" ނޫސްވެރިންގެ ފޯން ނަމްބަރު ބްލޮކް ކޮށްލައިފިއެވެ.

މާޗް މަހުގެ 03 ވަނަ ދުވަހުން ފުލުހުންގެ ވަޓްސްއެޕް ގްރޫޕުން "ވަގުތު" ގެ ނޫސްވެރިން ބޭރުކޮށް ފުލުހުންގެ ޚަބަރާއި މައުލޫމާތު "ވަގުތު" އަށް ފޯރުކޮށްދިނުމަށް ވެސް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ވަނީ ހުރަސް އަޅާފައެވެ. ނަމަވެސް އޭގެ ފަހުން ވެސް ފުލުހުންގެ މީޑިއާ އޮފިޝަލުން ފޯނުން "ވަގުތު" އަށް މައުލޫމާތު ފޯރުކޮށްދީފައި ވެއެވެ.

މިރޭ "ވަގުތު" ގެ ނޫސްވެރިޔަކު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ އަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވުމަށް ފަހު އިރުކޮޅެއް ފަހުން "ވަގުތު" ގެ ނޫސްވެރިޔާ އަށް ގުޅުއްވިއެވެ. "ވަގުތު" ގެ ނޫސްވެރިޔާ ފޯނަށް ޖަވާބު ދެމުން "މިއީ ވަގުތުގެ ނޫސްވެރިއެއް" ކަމަށް ބުނުމާއި އެކު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ވަނީ ފޯނު ކަނޑާލާފައެވެ. އަދި "ވަގުތު" ނޫސްވެރިޔާގެ ނަމްބަރު ބްލޮކް ކޮށްލާ މައުލޫމާތު ހޯދާ، ލިބިގަތުމުގެ ޙައްޤަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ވަނީ އަރައިގެންފައެވެ.

ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާގެ އަމަލުތައް ކުށްވެރިކޮށް "ވަގުތު" ގެ ސީނިއާ އޮފިޝަލަކު ވިދާޅުވީ ފުލުހުންގެ ވަޓްސްއެޕް ގްރޫޕުން "ވަގުތު" ނޫސްވެރިން ބޭރު ކުރުމުން ވާހަކަދައްކައިގެން މައްސަލަ ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރެވުނު ކަމަށާއި ނަމަވެސް އެކަމަށް ފުލުހުން އިޖާބަނުދީ އަނެއްކާވެސް ޒާތީ ޖަޒުބާތު އިސްކޮށްފައި ވާތީ ހިތާމަކުރާ ކަމަށެވެ.

"ވާހަކަދައްކައިގެން މައްސަލަ ހައްލު ކުރުމުގެ ވިސްނުމެއް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާގެ ނެތް. އެކަމަނާގެ ކިބައިން ފެނިގެން މިދަނީ ދުވަހަކު ވެސް ފުލުހުންގެ މީޑިއާ އޮފިޝަލެއްގެ ކިބައިން ފެނުނު ފަދަ ކަންތައްތަކެއް ނޫން. ވަރަށް އަންޕްރޮފެޝަނަލް، އަދި އެތިކްސް އާއި ހިލާފު އަމަލުތަކެއް އެކަމަނާގެ ކިބައިން މިފެންނަނީ." އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާގެ މައްސަލަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި މީޑިއާ ކައުންސިލަށް ހުށަހަޅާ އަދި ނޫސްްވެރިކަމުގެ މިނިވަންކަމަށް ވަކާލާތު ކުރާ ޖަމިއްޔާތަކާއި ވެސް ހިއްސާ ކުރާނެ ކަމަށެވެ.

"ވަގުތު" އިން ބުނީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ތަކުރާރުކޮށް ފުލުހުންގެ ޤާނޫނާއި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި، ފުލުހުންގެ ކޯޑް އޮފް އެތިކްސް އާއި މައުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާއި ހިލާފަށް އަމަލުތައް ބަހައްޓަމުން ގެންދިއުމަކީ އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ފުލުހުންގެ ތަރުޖަމާންގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވީ މިދިޔަ ޑިސެމްބަރ މަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

 1. Anonymous

  އެއަންހެން މީހާގެ ގެދޮރުތަ ފުލުސް އޮފީހަކީ ރައްޔިތުމީހާ އެންމެ ބަލާނޫސް ބޮއިކޮޓް ނުކުރެވޭނެ!

  121
  28
  • ކަޅު ސޮރު

   އެއޮތީ ބުލޮކު ކޮއްފަ ދެން ލަލަލާ

   15
   29
  • ޛ

   ބުރާންތި

   15
   2
 2. ރާފަޅަާ

  ޒާތީވީ އޭނަތަ ނޫނީ ކަލޭމެންތަ

  61
  258
 3. މަތީނު

  މިއީ ހާދަފޮނި އަންހެނެއްދޯ! ކަމެއްލިބުނީމައި އޮޅުނީދޯ! އަދި ތުންފަތުގައި ރީދޫ ކުލަޖައްސާލާ!މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިމޭޖު ހަލާކުރަނީދޯ/އަވަހަށް ބޭރުކުރޭ! ވެރިކަން ބަދަލުވާއިރައް ބޭރުކޮށްލާނަން!

  130
  29
 4. އެނޯނިމަސް

  ކޯލް ރެކޯޑް ކޮއްލާފަ މި އާރޓިކަލްއާ އެއްކޮށް ވަށްޓާލިނަމަ.

  95
  13
 5. ޖަޒީރާ ރާއްޖޭގައިި ރިނދޫ ނޫން މީހުން ހައްޔަރުކުރާނެ

  ޖަޒީރާ ކަން ފައްކާ ވީމާ ލާދީނީ، އެއް ޖިންސު ފިކުރަކަށް ނޫނީ ފުލުހުންގެ އެއްބާރުލުމެއް ނުލިބޭނެ. "މިއީ ވަގުތުގެ ނޫސްވެރިއެއް" ކަމަށް ބުނުމާއި އެކު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ވަނީ ފޯނު ކަނޑާލާފައެވެ. އަދި "ވަގުތު" ނޫސްވެރިޔާގެ ނަމްބަރު ބްލޮކް ކޮށްލާ މައުލޫމާތު ހޯދާ، ލިބިގަތުމުގެ ޙައްޤަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ވަނީ އަރައިގެންފައެވެ. ޔަހޫދީ ބައިގަނޑު ރިޔާސީ އިންތިޚާބަށް "އިންވެސްޓު" ކުރިވަރު އިނގޭތަ، މަޖްލިސް އިންތިޚާބަށް ފަހު އިސްލާމް ދީން ނައްތާލަން، އެ އިންތިޚާބު ގެ ނަތީޖާ އަށް ނުފޫޛު ފޯރުވަން ހޭދަ ކުރިވަރު އިނގޭތަ. އިންތިޚާބަށް ފަހު، ޖަޒީރާ ރާއްޖޭގައިި ރިނދޫ ނޫން މީހުން ހައްޔަރުކުރާނެ.

  82
  15
 6. ރަޙުމާނު

  އިންސާފު ޤާއިމުކުރަން އައި ސަރުކާރުގެ ހުރިހާ ތަނެއްގެ އިސް މީހުންނަށް އެމްޑީޕީ އެކްޓިވިސްޓުން ލީ ވެސް ކަމަކުތާ! ތިކަން މީޑިއާ ކައުންސިލަކުން ވެސް ނުބަލާނެ. އެކިޔާ ޓްރާންސޕެރެންސީ މޯލްޑިވްސް އިންވެސް، އެމްޑީޕީ ނޫން ސަރުކާރެއް އޮތް ނަމަ ބަޔާންތައް ނެރޭވަރުން ހީވާނީ އެހެން ކަމެއްހެން. އެޗްއާރުސީއެމުން އީނާޒް ވެސް އެމްޑިޕީ ސަރުކާރުވީމާ އިންސާނީ ހައްގެއް ކަރާމާތެއް ވެސް ނެތް. އިމްރާނު ބުނަނީ ތިމަންނައަށް މުހިއްމީ ސަރުކާރު ދަމަހައްޓައިގެން ވަޒީރުކަމުގަ ހުރުމޭ. އިންސާފެއް ދީނެއް ގައުމިއްޔަތެއް މުހިއްމެއް ނޫނޭ. އެންމެ ބޮޑު މަޞްލަޙަތަކީ އިސްލާމްދީނަށް ފުރައްސާކުރާން ފުރުޞަތު ފަހިކޮށްދޭ މި ސަރުކާރު ޚިމާޔަތްކުރުމޭ.

  105
  10
 7. ވިސްނޭ

  ތިކުއްޖާއައް ވެސް ވިސްނޭދުވަހެއް އަންނާނެ.. މަޤާމު ގެއްލި ކޮށި ދަނޑު ގެއްލި ކަތިވަޅި ގެއްލި ވަޒީފާ ގެއްލުނީމާ....

  87
  14
 8. އަޒާ

  މީނަޔަށް ހީވާކަހަލަ މި އުޅެވެނީ އަމާ ބަފާ ގެދޮރުގައޭދޯ..؟ ކަމެއް ލިބުނީމާ ސައިޒް އޮޅުނީދޯ..؟

  36
  6
 9. ވޮއިސް އޮފް ހުވަދޫ

  ޢިޒުމިއާ ފުލުހުން ބޭރުކުރުމަށް ސޯލިހުބެއަށް ގޮވާލަން ، ގާނޫނު ގެ ކުރިމަތީގައި އެންމެން ހަމަހަމަ ، ދޮނެއް ، ކަޅެއް ތަފާތު ކުރުމެއް ނެތް މީހަކަށް ނުވަތަ ތަނަކށް ކުށެއް ކުރެވިއްޖިއްޔާ އަދަބު ކަނޑައަޅަނީ ކޯޓްތަކުން ، ފުލުހުން ނެއް ނޫން ، ފުލުހުންގެ ދައުރު ގާނޫނުގައި ވަރަށް ސާފު، ފުލުހުންގެ ކޯރޑް އޮފް އެތިކްސް ނުދަން ނަ ، މި ރާއްޖޭގެ ގާނޫނާއި ، ގަވާއިދު ނުދަން ނަ ރަނޑާލިން މި ފުލުހުންގެ މުޅި މުއަށްސަސާ ގެ އަގު ވައްޓާލަން މި ތެޅި ބާލާ ބޭލުން ހުއްޓާލުމަށް ގޮވާލަން ، ތެއިރު ކައްކާ ބޮއްޔަކަށް ފުލުހުން ވެގެން ނުވާނެ ، އިޒުމިއާ ދޫނީ ، ވަކި ނޫހެއް ހަރާން ދަރިޔަކަށް ހަދާ ، ދެންތިބި ނޫސް ތަށް ހަލާލު ދަރީނަ ނަށް ހެދީމާ ، ރައްޔިތުން ނަށް އެނގި ހާމަ ވަނީ ތިމާގެ އަސްލު ސޫރަ ، ހަތަރު ފުއްދަޅު މޫނުގައި ހިސާބުގަނޑު އެންމެން ލައްވާ އުނގުޅާއިގެން ކެމެރާ ކުރިމަށްޗަށް ނުކުމެ ފުފޭ ތެޅިޔަސް ، ގާނޫނުގެ އަސްލު ހަމަހަމަ ސޫރަ ރައްޔިތު މީހާއަށް ނުފެންނަހާ ހިނދަކު ، ތިޔަސޫރައި ގެ ރީތިކަމެއ ނެތް .

  20
  5
 10. ބުލޮކު

  ތީވެސް މޑޕގެ ޕަޕެޓެއް

  21
  4
 11. އަލީ ރަސަމް

  މަގޭ ކައިރީގަ ޕޮލިސްގައުޅޭ ރައްޓެއްސެއް ބުނީ އިޒްމިއާ އަކީ ބޯޑަރ ލައިން ޑިސްއޯރޑަރ އަށް ފަރުވާ ހޯދާ މީހެއް ކަމަށް. މިއީ ސީރިއަސް ވާހަކައެއް. ބަލި މީހަކަށް މިވަރުކަމެއް ހަވަލުކުރިމީހާ މަށަށް ގޯހީ އަސްލު.

  28
  6
 12. ޚުރުސް

  ފުލުހުންގެ އިދާރާޔަކީ ސިޔާސީވެރިންގެ ތަނެއް.
  އެއިރެއްގައި އޮންނަ ސަރުކާރެއްގެ ގަދަ 10 އިސްކޮށް އޮންނާނީ. އަދި އެއިރެއްގައި އޮންން އިދިކޮޅު ޕާޓީ އަކީ އެނީހުންގެ އަދުއްވުން ގޮތަށް ދެކިގެން މަސައްކަތް ކުރާ ބައެއް އެއީ.
  ކުރިން ތިހާލު ޖެއްސީ ރާއްޖެ ޓވ އަށް

  14
  7
 13. ޚުރުސ

  ތިތަނަކީ އެއިރެއްގެ ސަރުކާރު ދިފާއުގައި އޮންނަ ތަނެއް. ޕްރޮފެޝަނަލް ބައެއްނަމަ ވެރިކަން ބަދަލުވާއިރަށް އިސްވެރިން ބަދަލެއްނުވާނެ. ވީމާ ތިއީ ރައްޔިތުން އަދަވުޗެރކަމާއި އެކު ބަލައިގަންނަ ބައެއްނޫން.

  20
  3
 14. ޢަފްލާ

  ތިޑޯގު ބޭރުކުރޭ ހަމީދުވެސް

  17
  5
 15. ސަލީމް

  ބަފާ ގޮތައް ނުން ދަރިން ވާނީ. މަގާމް ހޯދަން ކޮންމެ ފަދަ ކަމެއްވެސް ކޮއްފާނެ. ސީނާ ޒާހިރު ތެޅި ބޭލީ މަގާމަށްޓަކައި މައުމޫނު ބުނިހާގޮތަކަށް

  23
  4
 16. ރައްޔިތު އަހުމަދު

  މިދުވަސް ވަރަށް ވުރެ ކުރީގެ ދުވަސްތަކުގައި ފުލުހުންނަށް މީޑިއާގައި ފުރައްސާރަ ކޮށް ރާއްޖެ ޓީވީ އާއި މިނިވަން ނޫހާ މިނިވަން ރޭޑިއޯ އިން ފާޑު ކިޔަމުން ދިޔަ އެކަމު ފުލުހުން ބަރާބަރަށް މައުލޫމާތު ދޭ.... ކޮބައިތޯ މީޑިއާ ކައުންސިލް އެތާނގޭ ގެ ރައީސް ފެނޭ ނާދިރާގެ ކެންޕޭން ޖަގަހައިގާ އުޅެނި ކޮށް ދެން ކިހިނެތް ވާނީ ... ރޮޒައިނާ މަޖިލީހުގައި މިވާހަކަ ކުރިން ދެއްކި ގޮތައް ދައްކާލަ ދީ ބަލަަ.... ބައްޕަ ގެ ރުޅި ދަރި ގައިގާ ވެސް ހުންނާނެ ސީނާ ޒާހިރަކީވެސް ކުއްލި ރުޅިގަނޑެއް އަރާ މީހެއް މިކަން އޭނާ އުޅުނު އޮފީސްތަކުގެ މުވައްޒަފުންނަށް ރަނގަޅަށް އިނގޭނެ....

  23
  3
 17. ޖަޒީރާ

  ޖަޒީރާވަންތަ ފުލުހުން ޕްރޮފެޝަނަލް ތަރުޖަމާ ކޮއްލީމާ އަންނަނީ ޒާތީވުން. އަދި ވަގުތު މީހުންނަށް ނުވިސްނެނީ. ފަހުން ރަނގަޅުވާނެ. ހެހެހެހެ

  53
  7
 18. މަންޖެ

  މީހަކާ އިނީމަ ވިސްނޭނެ. އޭރުން އަދި ހަމަ ބުއްދި އަންނާނީ.

  12
  5
 19. މުހައްމަދު

  އަނިޔާވެރިކަމޭކީމީހުންގެ އަނިޔާވެރިކަން ހައްދުން ނައްޓާލާއިފިތާ.
  ދެންއަތްޖަހާލާ ޖަހާލާތިބޭ.

  14
  3
 20. ފފ

  މަގާމުގެ ވާޖިބު އަދާ ނުކުރެވެންޏާ ތި ތަނުން ނުކުމޭ. ކަލެއަށްދޭ މުސާރައަކީ ކަލޭ ހިތުހުރި ކަމެއް ހިތުހުރި ގޮތަކަށް ކުރަންދޭ އެއްޗެއްނޫން. މިއަންހެނާ މިއީ ހާދަ ހަޔާތްކުޑަ އެއްޗެކޭ.

  11
  4
 21. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  ތީ ހަމައެކަނި ތިކަމަނާގެ ނިންމެވުމެއްކަމަށް ނުބެލެވޭ.. އެންމެ ޒިންމާދާރުކަމާއެކީ މިސަރުކާރުގެ ފަތިފުއް ހާމަކުރާ ނޫހަކީ "ވަގުތު" ކަމަށްވާތީ މިނޫހަށް އެއްބާރުލުން ނުދޭން ސަރުކާރުން ސީދާ އިޒްމިޔާއަށް ކުރާ ޕްރެޝަރުކަމަށް ބޮޑަށް ބެލެވެނީ.. މީގަ އަހަރެން ސަރުކާރުވެސް ކުއްވެރިކުރަން.. އަދި ހަމަހަމަކަމާއެކީ މީޑިޔާއަށް އެއްބާރުލުން ދިނުމަށް ސަރުކާރަށް ގޮވާލަން..

  11
  4
 22. ރަގާ

  މިނޫހުން ގުޅާމީހާގެ މައްސަލައެއް އުޅެނީ ކަމަށް ވެދާނެ

  7
  6
  • ޑިމޮކްރަޓިސްޓް، ރ.ވާދޫ

   ދެން ވަޓްސްއެޕް ގުރޫޕުން ބޭރުކޮށްލީއޯ؟

   6
   2
 23. ޖަމްޝީދު

  އެކްޕީރިއެންސް ދި އަދަރ ސައިޑް ޕީޕަލް. އަދާރސް ހޭވެ ސަފަރޑް އަލޮޓް ޑުއުރިން ޕާސް 5 އޯރ 7 އިޔަރސް، ބަޓް ޔޫޕީޕަލް ހޭވް އެންޖޯއިޑް ދި މީޑިއަރ ލައިފް ވިތް ނޯ ޑިފިކަލްޓީޒް. އިޓްސް ޔުއަރ ޓައިމް .

 24. ލާމު

  ވަގުތު ނޫހާ ރާއްޖެ ޓީވީ އާ. މިއީ އެއްފެންވަރެއްގެ ތަންތަން.

  2
  1