މިދިޔަ މަހު 22 ވަނަ ދުވަހުގެ ރޭ ގެއްލުނު ލ. މާމެންދޫ ޝިމާ ނާފިޒު ކަނޑު މަގުން ހޯދުމުގެ މަސައްކަތަކީ މިއަހަރުގެ މިހާތަނަށް އެމްއެންޑީއެފް ކޯސްޓް ގާޑުން ހިންގި އެންމެ ބޮޑު އޮފަރޭޝަން ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
މިއަދު ކޯސްޓްގާޑް ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއަހަރުގެ މިހާތަނަށް ކޯސްޓް ގާޑުން ހިންގާފައިވާ އޮޕަރޭޝަން ތަކާއި ގުޅޭގޮތުން ކޯސްޓް ގާޑްގެ ކޮމާންޑަރ ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު ވިދާޅުވީ ރާއްޖެ އިގުތިސޯދީ ސަރަހައްދު ބެލެހެއްޓިމަށް ރާއްޖޭ ހުރިހާ ސަރަހައްދެގައި ޑިޕްލޮއި ވެފައިވާ ހުރިހާ ކޯސްޓް ގާޑްގެ އުޅަދުތަކުގައި ދަނީ ކެނޑި ނޭޅި މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
"މިއަހަރު މިހާތަނަށް އަޅުގަނޑުމެންގެ އޮޕަރޭޝަން ތަށް މިހިންގެނީ ވަރަށް ރޭވިގެން އެގޮތުން މިއަހަރުގެ މިހާތަނަށް އަޅުގަނޑުމެން ހިންގި އެންމެ ބޮޑު އޮޕަރޭޝަން އަކީ 19 އަހަރުގެ އަންހެނަކު ގެއްލިގެން އެ އަންހެން ކުއްޖާ ހޯދަން ފެބްރުއަރީ 22 ވަނަ ދުވަހު ފެށި އޮޕަރޭޝަން " ޒުހައިރު ވިދާޅުވިއެވެ.
މިދިޔަ މަހު 22 ވަނަ ދުވަހުގެ ރޭ ގެއްލުނު ލ. މާމެންދޫ ޝިމާ ނާފިޒު ކަނޑު މަގުން ހޯދުމުގެ މަސައްކަތަކީ މިއަހަރުގެ މިހާތަނަށް އެމްއެންޑީއެފް ކޯސްޓް ގާޑުން ހިންގި އެންމެ ބޮޑު އޮފަރޭޝަން ކަމަށް އެމްއެންޑީއެފް އިން ބުނިއިރު ޝިމާ ހޯދަން އަދި މިހާތަނަށް ބެލިބެލުމުން އެއްވެސް އެއްޗެއް ފެނިފައިނުވާއިރު ޝިމާ ގެއްލުނުކަމަށް ބުނާ ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުންވެސް، ޝިމާގެ ހަބަރެއް ވޭތޯ ބެލުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.
ޒުހައިރު އިތުރަށް ވިދާޅުވީ މިއަހަރުގެ މިހާތަނަށް ކަނޑު މަތީގެ 90 އޮޕަރޭޝަނެއް ހިންގި އިރު އެންމެ ބޮޑު ހާދިސާ ތަކަކަށް ކުރިމަތިވަނީ އުޅަދު ފަހަރުގެ އިންޖީނު ހުއްޓުމާއި ފަރަށް އެރުމުގެ ހާދިސާތަށް ކަމަށެވެ.
ނޫސްވެރިނާއި ވާހަކަ ދައްކަވަމުން ޒުހައިރު އިތުރަށް ވިދާޅުވީ ފެބްރުއަރީ 22 ގެ އޮޕަރޭޝަން އަށް ފަހު ދާދި ފަހުން ގަވާއިދާއި ހިލާފަށް ރާއްޖެ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ 4 މަސްބޯޓެއް ވެސް ހިފަހައްޓާފައި ވާނެ ކަމަށެވެ.
" ހަތަރު މަސް ބޯޓު ހިފެހެއްޓުމަށް ހިންގުނު އޮޕަރޭޝަން އަށް އިންޑިއާ ނޭވީގެ އެހީތެރިކަން ލިބުނު މިއީ ކޯސްޓް ގާޑް އުޅަނު ހުރަވީ އާއި އިންޑިއާ ނޭވީގެ ޑޯނިއާ އެއާ ކްރާފްޓެއް ގުޅިގެން ހިންގުނު އޮޕަރޭޝަނެއްގެ ނަތީޖާ " ޒުހައިރު ވިދާޅުވިއެވެ.
ޒުހައިރު ވިދާޅުވީ ކުރިއަށް އޮތްތާގައިވެސް ރާއްޖެ ކަނޑުގެ ސަރަހައްދު ބެލުމުގައި ބޭރުގެ އެހީތެރިކަން ހޯދަމުން ދާނެ ކަމަށެވެ.
ގައުމު ތަކާއި އެކު ފިތުނަ ފަސާދަ އުފައްދަން ނޫޅެއޭ ދަންޑެހެލު އުމަރެއް އުމަރު އެއުޅެނީ އެއީ މަމެން ޕިންކީން އުތީމު ތިން ބެއިންގެ ދަރިކޮޅުން އެކަނި އައިސްފައިވަނީ މަމެން ޕިންކީން ކަމަށްވާތީވެ މަމެން ދަންޑެހެލު ގާތު އެދުނީއޭ ވޯރާ ވިޔަފާރިވެރިންނާއި ގުޅިގެން ހޮޅިންގެ ދަރި ކޮޅު މީހުން ރާއްޖެ ވޯރާ ވިޔަފާރިވެރިންނަށް ވިއްކާލާ މިގައުމުގެ އިގްތިސާދީ މިނިވަން ކަން އިންޑިއާ އަށް ވިއްކާލާ މިގައުމުގެ މިނިވަން ކަން ވެސް ވިއްކާލާ އެެމެން ފިލާނޭ ކަމަށް
ތަމެން ޕިންކީންނަނީ ގައުމު ދަވާލި މީހުން! ތަމެން ޕިންކީންނަށް ކަމުދާނީ މުއްލާ އުމަރު!