ތާރީޚާއި ގުޅޭގޮތުން ހިލާފުތަކެއް އުފައްދަން މިހާރު އެބަ މަސައްކަތް ކުރާ ކަމަށް ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވެއްޖެއެވެ.
ދިވެހި ބަހުގެ އެކެޑެމީން އިންތިޒާމުކޮށްގެން އަލްގާޟީ ހަސަން ތާޖުއްދީންގެ ވާދައިގެ ތައްޓަށް ކުރީގެ އެމްއީއެސް ގައި ބާއްވާ ގައުމީ ސުވާލު މުބާރާތުގެ ފެށުމުގެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން އަޝްރަފު ވިދާޅުވީ ދިވެހި ތާރީހަށް ބަލާއިރު ކުރީގެ ރަންނަމާރީގެ ވާހަކައާއި ދިވެހި ރާއްޖެ ޕޯޗުކީޒުންގެ އަށް ދަށުން ސަލާމަތް ކުރެއްވި ބޭފުޅަކާއި ގުޅޭގޮތުން ވެސް މިޒަމާނުގައި އޭރު ދެއްކި ވާހަތަކާއި މުޅިން ހިލާފު ވާހަކަ ތަކެއް މިހާރު ދައްކަން ފަށާފައިވާކަމަށެވެ.
"ހަމަ މިއާއި އެކު އަލި ރަސްގެފާނު ޝަހީދު ވުމާއި ގުޅޭގޮތުން ވެސް މިހާރު ތަފާތު ވާހަކަތަކެއް ދަނީ ދެކެވެމުން މި ގޮތަށް ކަން ވަމުންދަންޏާ ތާރީހު ހިމާޔަތް ކުރަން ކިހިނެއްތޯ އަޅުގަނޑުމެން ކުރިއަށް ދާނީ ކޮބާތޯ ދާންވީ މަގަކީ" އަޝްރަފް ސުވާލު އުފެއްދިއެވެ.
އަޝްރަފް ވިދާޅުވީ އަދާއި ހަމަޔައަށް ހިމާޔަތް ކުރަން ނިންމި ތަންތަނަކީ ނެތް ތަންތަނުގެ ގޮތުގައި ވެސް މިހާރު ވަކާލާތު އެބަކުރާ ކަމަށާއި މުސްކުޅި މުނި މާމަ ހޫރު މާމައިންގެ މަހާނަ ސަހަރާގައި ހުރި ނަމަ އެބަލާފައި އަޅުގަނޑުމެން ނަރަކައަށް ނުދާނެ ކަމަށެވެ.
"ދުވަސްވީ އިމާރާތެއް ހުރުމަކީ އަޅުގަނޑުމެން ކާފަރުވާނެ ކަމެއް ނޫން, އަޅުގަނޑުމެންގެ ކާބަފައިންގެ މަހާނަށް ހުރިޔާ އެ ބަލާފައު ފަހުރުވެރިވެވޭނީ މަހާނަ ހުރެގެން " އަޝްރަފް ވިދާޅުވިއެވެ.
ދިވެހި ތާރީހު ހިމާޔަށް ކުރަން އަދިވެސް ގިނަ ކަންތައްތަކެއް ކުރަން ޖެހިފައިވާކަމަށް އަޝްރަފް ވަނީ މި ޖަލްސާގަައި ފާހަގަ ކުރައްވާފައެވެ.
މިއަދުން ފެށިގެން މި މަހު 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާ ގައުމީ ތާރީހު ސުވާލު މުބާރާތުގައި އަތޮޅުތަކުގެ ބައެއް ސްކޫލުތަކާއި މާލޭގެ ބައެއް ސްކޫލުތަކުން ވަނީ ބައިވެރިވެފައެވެ.
ރާއްޖޭގެ ތާރީހާއި ސަގާފަތް އަދި އާދަކާދައާ ގުޅޭ މައުލޫމާތު އެއް ކުރުމުގެ މަސައްކަތް ދިވެހި ބަހުގެ އެކެޑަމީން މިދިޔަ އަހަރު ވަނީ ފަށާފައެވެ.
މީގެ އިތުރުން ތާރީހު ހިމާޔަތް ކޮށް ރައްކާތެރިކުރުމަށް އާޓްސް އެންޑް ކަލްޗަ މިނިސްޓްރީގެ ނަމުގައި އާ ސަރުކާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ އަލަށް މިނިސްޓްރީއެއް އުފައްދަވާފައެވެ.
ކަންކަމުގެ މަތީން ހަނދާ ކުރަންޖެހޭ އަދި އެތަންތަން އެގޮތަށް ދަމަހައްޓަން ޖެހޭ، މިސާލަކަށް ގަބުރާސްތަނެއް ނެތި ގަބުރުސްތާނަށް ޒިޔާރަތް ކުރާނީ ކިހެނެއް، މަހާނަތަކެއް ނެތި ގަބުރަސްތާން ސިފަވާނީ ކިހެނެއް. ގަބުރުސްތާނަށް ޒިޔާރަތް ކުރުމަކީ މަރުހަނދާންވާކަމެއް.
ކަލޯ ބޯގޯސްވެއްޖެ މިސޮރު. ޢަހަރެން ބުނެލަން އޮތީ އަލި ރަސްހެފާނުގެ ވާހަކައިގެ ބުއްދި ހަމަނުޖެހޭ ވާހަކަތައް ކަލޭމެން ގެނެސްދީފަ އެބަހުއްޓޭ.
މިއީ ވަރަށް ބޮޑު ތެދެއް... އަޅުގަނޑުށް މިކަން ފާހަގަ ވިތާ މިހާރު 8 އަހަރު ވެއްޖެ... އެކަމުގެ އަޑީގައި ތިބީ ސެކިއުލާރ މީހުން.... ބަޔަކަށް ޤަބޫލު ނުކުރެވުނަސް ކުރީގެ ރައީސް މުހައްމަދު ނަސީދު އެއީ މިކަމުގެ ބޮސް... ދާތިފަހުން މުހައްމަދު އަމީނު ވެރިކަން ވެއްޓުނީ ޤިޞާސް ހިފައިގެންނޭ ކިޔައިގެން އިންޓަރވިއު އެއްގައި ދޮގުވާހަކަ ދެއްކި
ދޮގު ފުލޯކު ވާހަކަ އަބަދަކު ތެދު ކަމުގައި ބަލައެއް ނުގަންނާނެ. މިހާރުގެ މީހުންގެ ހުންނާނީ ކްރިޓިކަލް ތިންކިން. މީހަކު ބުނާހާއެއްޗެއް ބުނާގޮތަކަށް ޤަބޫލު ކުރާކަށް ނުޖެހޭ. މާތްވެގެންވާ އިސްލާމްދީނުގަވެސް އޮތީ ޚަބަރަކާއިގެން މީހަކު އަތުވެއްޖެނަމަ އޭގެ ދޮގު ތެދު ބެލުން. ރަންނަމާރީގެ ވާހަކަ ޤަބޫލުނުކުރާނެ މިހާރު ކުޑަކުއްޖަކުވެސް ނުހުންނާނެ. ރާއްޖެ އިސްލާވި ހާދިސާގެ ވާހަކަ ލަދު ވާހަކަޔަކަށް ވިޔަސް ކަން ހިނގާދިޔަގޮތައް ކިޔުމުގަ އޮތް މައްސަލަޔަކީ ކޮބާ. އިސްލާމްވުމުގެ ކުރީގައި ކުރެވިފައިވާ ފާފަތަކަކީ އިސްލާމްވުމުން ފޮހެވިގެންދާނެ ފާފަތަކެއް.
ތާރީޚް ހިމާޔަތް ކުރަން ޒިޔާރަތްތަކަށް ނަދުރުބުނުމާއި ކަންކަން ހިނގައިގޮސްފައިވާ ގޮތާއި ޚިލާފަށް ދޮގު ވާހަކަ ހަމަ އެގޮތުގައި ފެތުރުން އެއީ އިސްލާމީ މުޖުތަމަޢެއްގަ ކުރެވޭނެ ކަމެއްނޫން.
ތާރީޚް އޮލުވާލަން މަސައްކަތް ކުރަނީ ނަސީދު ސަރުކާރުން އެނަގެ ލަފާގެ މަތިންނެވެ
ޢަލީ ރަސްގެފާނު މާލޭގެ ހުޅަނގުކޮޅު އަތިރިމަތީގައި ހަނގުރާމަކުރައްވަން ހުންނެވިތަން ވިލިނގިލީ ރާވެރިބެއަށް ވިލިނގިލީގައި ހުއްޓާ ފެނުނުގޮތެއް ބުނެދޭންވީނު. ރާއްޖޭގެ ރައްޔިތުން އިސްލާމްދީން ޤަބޫލުކުރީ ރަންނަމާރިއޭ ކިޔާ ފުރޭތައެއް މާލެއަށް އަރާތީ އެކަމުން ސަލާމަތްކޮށްދިން މަޣްރިބް ކަރައިގެ މުސްލިމް ދަންނަބޭކަލެއްގެ ނަސޭހަތަށޭ ކިޔައިގެން ލިޔެގެން އުޅެނީވެސް ސީދާދޮގު ވާހަކައެއް.