މާލޭގެ ދާއިރާތަކުގައި ރަށްވެހިކަން އޮންނަ ފަރާތްތަކަށް ފްލެޓާއި ގޯތި ލިބިފައިވާ ފަރާތްތަކަށް މާދަމާ ރޭ ސަރުކާރުން އެކަމުގެ ލިޔުން ހަވާލު ކުރާނެކަން އެމްޑީޕީން އެފަރާތްތަކަށް އަންގަން ފަށައިފިއެވެ.
ފާއިތުވި ދެތިން ދުވަހު އެތައް ބަޔަކަށް އެމްޑީޕީ އޮފީހުން ގުޅާ އެފަރާތްތަކަށް ފްލެޓް ނުވަތަ ގޯތި ލިބިފައިވާ ކަމުގެ ސަރުކާރު ރަސްމީ ލިޔުން ހަވާލު ކުރުމުގެ ރަސްމިއްޔާތައް ވަނީ ދައުވަތު ދީފައެވެ. އެމްޑީޕީ އޮފީހުގެ ފޯން ކޯލް ލިބުނު ގިނަ ބަޔަކު އިއްޔެ އާއި މިއަދު ވެސް "ވަގުތު" އާއި މައުލޫމާތު ހިއްސާކޮށްފައި ވެއެވެ.
އެމްޑީޕީގެ ފޯން ކޯލް ލިބުނު އެކަކު "ވަގުތު" އަށް ބުނީ އޭނާ އަށް ގުޅީ އެމްޑީޕީ އޮފީހުން ކަމަށާއި ފްލެޓެއް އޭނާ އަށް ލިބިފައިވާކަމަށް އެމްޑީޕީން ބުނި ކަމަށެވެ.
"ގުޅާފައި މިބުނަނީ މިއީ އެމްޑީޕީ އޮފީހުންނޭ. ތިބޭފުޅާ އަށް އެބައޮތޭ ފްލެޓެއް ލިބިފައި. ފްލެޓާއި ހަވާލުވާން މާދަމާ ރޭ ދަރުބާރުގެ އަށް ވަޑައިގަންނަވާށޭ. ފްލެޓް ލިބުނު ކަމުގެ ލިޔުން ހަވާލު ކުރުމުގެ ރަސްމިއްޔާތު ދަރުބާރުގޭގައި އޮންނާނެއޭ. ލިޔުން ހަވާލު ކުރައްވާނީ ކުރީގެ ރައީސް ނަޝީދު ކަމަށް ވެސް ވިދާޅުވި." މައުލޫމާތު ދިން މީހާ ބުންޏެވެ.
އޭނާ ބުނީ އޭނާ އަކީ އަދި މިހާތަނަށް އެއްވެސް ސަރުކާރެއްގައި އެއްވެސް ފްލެޓަކަށް އަދި ގޯއްޗަކަށް ވެސް އެދިފައި އޮތް މީހެއް ނޫން ކަމަށެވެ.
"އަޅުގަނޑަކަށް ނޭނގެ އަޅުގަނޑުގެ ނަން އެލިސްޓަށް އެރީ ކިހިނެއް ކަމެއް. އަޅުގަނޑު ނޯންނާނެ އެއްވެސް ބޯހިޔާވަހިކަމެއް ހޯދަން އެއްވެސް ސަރުކާރެއްގައި ފޯމް ހުށަހަޅާފައި ވެސް." މައުލޫމާތު ދިން މީހާ ބުންޏެވެ.
އެމްޑީޕީގެ އޮފީހުން ގުޅާފައި ގޯތި ކަށަވަރު ކޮށްދިން މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އޭނާ އަށް މާލޭ ސަރަހައްދުން ގޯއްޗެއް ލިބިފައިވާ ކަމުގެ ލިޔުމާއި ހަވާލުވުމަށް އެމްޑީޕީން ދައުވަތު ދީފައިވާ ކަމަށެވެ.
"އެމްޑީޕީން ގުޅާފައި ބުނި މާލޭ ސަރަހައްދުން އަޅުގަނޑަށް ގޯއްޗެއް ލިބިފައިވާ ކަމަށް. އަޅުގަނޑު ދެންނެވިން ގޯއްޗަށް ނުވެސް އެދެނީ ކިހިނެއްހޭ ގޯއްޗެއް ލިބުނީ. ދެން ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި "ވެށި ފަހި" ޕްރޮގްރާމުން ފްލެޓް ލިބުމުގެ ޝަރުތު ހަމަވެ، ފްލެޓް ނުލިބިފައި ވާތީ ގޯއްޗެއް މިދެނީ. އިތުރު މައުލޫމާތު ލިބޭނީ މާދަމާ ރޭ އޮންނަ ޖަލްސާއަށް ދިޔައިމަ ކަމަށް ވެސް ބުނި." މައުލޫމާތު ދިން މީހާ ބުންޏެވެ.
އެމްޑީޕީގެ ޓިކެޓްގައި މާލޭގެ ދާއިރާރަކަށް ވާދަ ކުރައްވާ ކެންޑިޑޭޓުން ލިސްޓަކާއެކު ގޭގެއަށް ވަޑައިގެން ގޯތި ލިބޭނެ ކަމުގެ ޔަގީންކަން ބައެއް މީހުންނަށް ދެމުންދާ ކަމަށް ވެސް މީހުން ބުނެއެވެ. ގޯއްޗާ ހަވާލުވާން ދާންވީ ތަނާއި ވަގުތު ވެސް ކެންޑިޑޭޓުން ދަނީ އަންގަމުންނެވެ.
ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ އެފަދަ ކަމެއް ކުރަން އެމްޑީޕީގެ އޮފީހާ ޑެލިގޭޓްކޮށްފައި ނުވާނެ ކަމަށާއި އެފަދަ ޔަގީންކަމެއް ސަރުކާރުން އެއްވެސް ފަރާތަކަށް ނުދެއްވާ ކަމަށެވެ.
އެމްޑީޕީގެ ތަރުޖަމާން އަފްޝަން ލަތީފް ވަނީ ފްލެޓާއި ގޯތި ލިބޭނެ ކަމުގެ ޔަގީންކަން އެމްޑީޕީން ރައްޔިތުންނަށް ދެމުން ގެންދާކަން ކަށަވަރު ކޮށްދީފައެވެ. އޭނާ ވިދާޅުވީ ބޯހިޔާވަހިކަމުގެ ވައުދަކީ އެޖެންޑާ 19 ގެ އެންމެ ބިޔަ އެއް ވައުދު ކަމަށްވާއިރު، ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައި ތިބި އެންމެންނަށް ހައްލެއް ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެއް ކަމަށެވެ. ރައީސްގެ އެ ވައުދާ އެއްގޮތަށް، އެމްޑީޕީގެ ކެންޑިޑޭޓުން ބޯހިޔާވަހިކަމުގެ ޔަގީންކަން ދެއްވަމުން ގެންދަވާ ކަމަށް އަފްޝަން ވިދާޅުވިއެވެ.
މަޖިލިސް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް އެމްޑީޕީން މާލޭގެ ރައްޔިތުންނަށް ފްލެޓާއި ގޯތި ހަވާލު ކުރަން ތައްޔާރުވެފައި ވާއިރު ރޭ އޮތް ކެމްޕޭން އެއްވުމެއްގައި ރައީސް ޞާލިހް ވިދާޅުވީ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެއް މާލޭ ސަރަހައްދުގައި ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ.
މީ ސީދާ ރިޝްވަތު. އޭސީސީ ކޮބާ؟
އެމްޑީޕީން ދައުލަތުގެ މުދާ ވަކި ބަޔަކާއި ހަވާލުކުރެވެނީ ކޮން ހަމަޔަކުން...
ދައުލަތުން ފްލެޓް ހަވާލުކުރާނަމަ އެކަމާއި މެދު ސުވާލެއް ނޫފެދޭ... މިވަގުތު ރައީސަކީ އެމްޑީޕީ އަށް ވީނަމަވެސް ދައުލަތަކީ އެމްޑީޕީ އެއްނޫން..
ނޫސްވެރިން ނަށް އޮޅުނީ ތޯ...؟ ނޫނީ ތިވިދާޅުވެލެއްވި ފަރާތައް އޮޅުނީތޯ؟
ހަމައެއް ލަމައެއް އޮންނާނީ، އިންސާނީ ސިފައެއް ހުރެގެންތާ. ރީނދޫ ބޮޑު މީހާ ނަޝީދު އެ ބުނަނީ އިޙްލާސް ތެރިކަމަކީ، ބޭކާރު އެއްޗެއްކަމަށް. އިހްލާސްތެރިކަމެއް ނެތި އަޅުކަމެއް ނުކުރެވޭ. މީހަކަށް ހެޔޮކަމެއް ކޮށްނުދެވޭ. މުޢާމަލާތެއް ނުހިންގޭ. އިންސާނުންގެ ޖަމާއަތުން ބޭރުވެ އެހެން ކޮންމެވެސް ނުފެންނަ ބާރެއްގެ އެހީތެރިއަކަށްވެފައި ހުރި މީހަކަށް ކޮން ހަމައެއް ލަމައެއް އޮންނާނީ. ނަޝީދުއާއި، ސަރުކާރުގެ އިސްމަގާމުތަކުގައި ތިބި މީހުނާއި، މޑޕ ހިންގަންތިބި އެންމެންނަކީ ހުސް ދޮގުވެރިން. މަކަރުވެރިން. ޚިޔާނާތްތެރިން. ދީނުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ.
ކޮބާއިތޯ އެއްކަލަ އޭސީސީ.. އިލެކްޝަން ކޮމިޝަން.. ޕޮލިސް..
އެމްޑީޕީން ނާޖާއިޒު ކޮށް ދައުލަތުގެ ބާރު ބޭނުން ކުރާއިރު އަގައިން ބުނެލާނެ ހަމަ އެކަކުވެސް ނެތީ ތޯ
ވޯޓަށް ޖަހާމަޅި ! ރައްޔިތުންނޭ ވިސްނާ މިބައިގަނޑަށް ވޯޓުނުދޭތި ' މިބުނީ އެމްޑީޕީ ކުދިންކޮޅަށް ' ވޯޓުނުދޭށޭ އެއުޅެނި މެޖޯރިޓީ މަޖިލީހުން ހޯދައިފަ މިޤައުމުގަ އިސްލާމްދީން ނޫންދީންތަށް ފަތުރަންވެގެން މިހާރުވެސް އާބިދާގެ މޮހޮނު ދައްކާ ވާހަކައަށް ވިސްނާ ރައްޔިތުންނޭ ހެޔޮނުވާނެ
ރަން ފްލެޓެއްދިނަސް މިފަހަރު ސޮރީއޭ ބުނެލަން އޮތީ. ކަލޭމެން ޖަހާހާ ބެރަކަށް ނަށަން ތިބިބައެއްނޫން މީ.
އެމްޑީޕީ އޮފީހުންތަ މިހާރު ފުލެޓުވެސްދނީ????
ޕާޓީ މިހުންނައް ކަންތައްވަނީ މިސަރުކާރުގަވެސް ދެން އަންނަ ސަރުކާރެއްވެސް
އެމްޑީޕީ ސަޅިއޭ
ޢޭސީސީ އާ އީސީ އަށް ނިދިޖެހިފަ މިހާރު އެމްޑީޕީ ކޮއްފިއްޔާ ކޮންމެ ކަމެއްސް އޯކޭވާނެ އެކަމަކުނާޒިމްސޯގެ މައްސަލަ އޭސީސީއަށް ހުށަ ހަޅައިގެން އުޅުނެއްނު ލަދު ހަޔާތް ކުޑަ ކަމުން އެހެން ނޫނަސް އެމްޑީޕީގެމެމްބަރުން ނަށް ކޮންބާރެއްބާއޮތީ ގޯއްޗާ ފްލެޓް ދިނުމުގެ މަވެސް ބުނަންވީ ދޮތަ ގޯތި ދޭނަމޭ
ފާސިދު ނުލަފާ ބަޔަކު ތިބިތަންތަނުގެ ވާހަކަ ތިދައްކަނީ.
އިބްރާހިމް މުޙައްމަދު ސޯލިހުގެ ނަޒާހާތްތެރިކަމުގެ ލާމަސީލު މިސާލެއް މިފެންނަނީ. ކޮބާތަ އޭސީސީ؟ ނިދައިފަ ނުތިބެ މިކަންކަން ބަލައިބަލަ. އޭރުންނެއްނު ކަމެއްކުރެވުނު ކަމަށްވާނި. ރައްޔިތުންގެ ވަސީލަތްތައް ބައެއްގެ ކެމްޕޭނަށް ނަހަމަ ގޮތުގަ ބޭނުންކުރަންޔާ ޕްލިހުންވެސް ޖެހޭނެމިކަން ހުއްޓުވަން. އެކަމު ކީއްކުރާނި ފަހަރި ފިރިމީހަ ހިމާޔަތް ކުރަންޖެހޭނެ. މުޅިންވެސް ކޮރަޕްޝަނުން ތިކެމްޕޭން ތިހިންގަނީ.
ޙިތުހުރި ގޮތަކަށްބަހަން ތި އީ ތަރިކަ މުދާތަ.މިވަރުދެން ބޮޑު.ހަޔާތް އޮތީ ކިހާހިސާބެއްގައި ކަމެއްވެސް ނޭގެ.ކުރި ހުވާ ގެ ކަންފުޅެއްވެސް ނެތް.ތާހިރެއް ނޫން އަރާތިބެ ޑިމޮކްރަސީއޭ އިންސާފޭ އަނިޔާވެރިކަމޭ ގޮވަން.ތިހެން ނަގޫ ނަގާފަ ނުކެރޭނެ ހިލާ.ތިޔަ އަރައިގަންނަނީ އެތައްބައެއްގެ ހައްގަށް.
ބަޔަކު ނިންމާފަ ހުރި ކަންކަމުގެ ފައިދާނަގަންފެށީ
އެންމެ ފުލެޓު ގަނޑެއްވެސް ނޭޅެނީސް ފުލެޓު ބަހަން ފެށީ؟
މިސަރުކާރުން އިހަށް ދުވަހު ބަހާލި ހެލްމެޓްނޫންބާ ގަރާޖްތަކާ ފިހާރަތަކުގާ ވިއްކަން އެހުރީ . ސައިކަލްދުއްވާ ސައިކަލް ހުރި މަދުމީހަކަށް ނޫނީ ހެލްމެޓެއް ނުލިބޭ މިއީ ދަވްލަތުގެ ފައިސާ އަށް ހަރާންކޯރު ވާގޮތަކީ
މިއީ ވޯޓް ހޯދުމަށް ދެވޭ ރިސްވަތަކަށް ނުވޭބާ ؟ ހަމަ ގައިމުވެސް އެ ދެވެނީ މާލީފައިދާއެއް. ދަވްލަތުން ދިނަސް ދަވްލަތުގެ މުދަލެއް ދޭނެ ކަމުގެ ޔަގީންކަން ދިނުން ވެގެންދާނީ ވަރަށް ބޮޑު ގޯހަކަށް. މިއީހަގިގީ ރިސްވަތަކީ މިއީ އެމްމއެމްއާރުޕީސީގެ ފައިސާއަސް ވުރެ ކުޑަ ވާހަކައެއްތޯ؟
ނޫނޭ ރައީސް ޔާމީނަކީ ބޮޑުވަގު. ކޮންމެ 2 މީހަކު އެއްވާ ތަނެއްގައި އެމަނިކުފާނަށް ވަގަށް ނުގޮވާ ނުދޭ. އެކަމުގެ ގެއްލުންތޯއްޗެ ދިވެހިން ދެން ތަހައްމަލު ކުރަންޖެހޭނީ. ނުބައި ބަޔެއް ދިވެހިންނަކީ. ގަމާރުކަންވެސް އިންތިހާ.
މާލޭގަ އެކަނިތަ ބޯހިޔާވަހިކަން ބޭނުންވާ މީހުން ތިބީ. މާލެ މީހުން އަލިފާން ފޮށިވަރުގެ ތަންތަން ހަދާފަ ރާއްޖެ ތެރޭން އަންނަ ނިކަމެތިންނަ ބޮޑު އަގުގައި ތަން ކުށްޔަ ދީފަ ލަންކާ، އިންޑިއާ، މެލޭޝިޔާ، ސިންގަޕޫރު ތަންތަނަ ދިރިއުޅުން ބަދަލް ކުރަނީ މި. ތި ބަހާ ފުލެޓުތަކުގެ ޙައްގު ވެރިންނަކީ ރާއްޖެ ތެރޭ މީހުން. ??
އެމްޑީޕީ ގެ މެންބަރުންގެ ކޮރަޕްޝަނެއް ނޯންނާނެ. އެކައުންޓަށް އެމްއެމްޕީއާރސީ ގެ ޚިޔާނާތުގެ ފައިސާއިން 33000 ޑޮލަރު ވަދެފައޮތޭބުނެ ރިޕޯޓްގައި ނަންލިޔުނު މީހާގެވެސް ކޮރަޕްޝަނުގެ އެއްވެސްކަމެއް ނެތޯ ފަހުން އެތަނުން އެބުނީނު. ލަދުޙަޔާތް ކޮބައިބާއޭ ހިތަށްއަރާ. ތިއޮޅުވާލެވެނީ އަމިއްލައަށް އަމިއްލަ ނަފުސަށް.
ދެރައީސުން އެބައުޅެއެވެ. އަންނި މީ ފިތުނަ އުފައްދާ މީހެކެވެ.
ކޮބާ މެޑަމް ފާތުން އާތަފާތެއްނެތެއްނުން. މާލޭސަރަހައްދުގެ ބިމާ ފްލެޓް އެއީ އެމްޑީޕީގެ ތަރިކަތަ ހިތައްއެރިމީހަކަށް ބަހަން. ހީކުރަނީ މާލޭ ހުރިހާމީހުންނަކީ ނަޝިދުވަރު ގޮތެއްނެތް ދަށުދަރަޖާގެ މީހުންކަމަށްތަ. ޔާމީނުވެސް ހުވަފެންދެއްކި ވޯޓެއްނުދިނެއްނު. މައުމޫން ސަރުކާރުގަ ބިން އަދި ފުލެޓް އަގުހެޔޮކޮށް ޝަރުތުހަމަވާމީހުންގެ މެދުގަ ގުރުއަތުލާގެން ދޫކުރަމުންދިޔައިރު މާއަގުބޮޑޭ ފައިސާނުދައްކާށޭ ކިޔާ މީހުންގެ ބޮލަށް ޗިޕްޖަހާފަ. ޥެރިކަންލިބުނީމަ ބިންތައްދޫކުރަމުންދިޔައީ އަތިރިމަތިންވެސް އެއްގަމުންވެސް ބީލަމު އުސޫލުން އަގުބޮޑުކޮއްނު. މަޖްލިސްލިބުނީމަ ކަންވާގޮތް އެމްޑީޕީ މެމްބަރުންނަށް ރަގަޅަށް އެގިގެންދާނީ.
މެޑަމް ފާތުން ނަށް ހުތުރު އެއްޗެހި ގޮވީ މޑޕ މީހުން. އެކަމަނާ ބެހި ކަދުރަކީ، ސައޫދީ އެމްބަސީން އެކަމަނާގެ ފައުންޑޭޝަނަށް ދިން އެއްޗެހިކަމަސް ސައޫދީ އެމްބަސީން ނެރުނު ބަޔާނުގައިވޭ. އޭރު ދިވެހިންތިބީ ބީރުވެ ކަނުވެފަ. ލާރިއާއި ތަކެތި ނޫނީ ނުފެނޭ. ވާނެ 6 އެތި މިއޮތީ ވެފައި. އިޒްރޭލުގެ ކޮންޓްރޯލުގައި ތިބި، އެމެރިކާއާއި އިންޑިޔާގެ ޕަޕެޓަކަށް މިގައުމާއި ރައްޔިތުންވެ ނިމިފައިމިވަނީ. އެހެންވެ ކީރިތި ޤުރުއާނުގައި ﷲ އަންގަވާފައިއެވަނީ، ހަސަދައަކީ، އިންސާނާގެ ހެޔޮއަމަލުތައް ކައި ހުސްކުރާ އަލިފާން ފަދަ އެއްޗެކޭ. ރައީސް ޔާމީނާ ގުޅޭގޮތުން މޑޕ ގެ މީހުން ހެދި ދޮގުތަށް ދިވެހިން އެހީ އެމީހުންގެ މުދާ ރައީސް ޔާމީން ކަނީކަމަށް ބަލައިގެން. އެހަސަދައިގަ ވެރިކަން މިދިނީ ކޮންބަޔަކަށް. އިޒްރޭލުގެ އަޅުންނަށް.
ލަނޑަޔާ ވާނީ ލަނޑަޔާ އަށް.. ވަރަށް ސާފު
އެއީ އެމްޑީޕީން އެޅި ފުލެޓްތަކެއް ހަވާލުކުރުން. ސަރުކާރުން އެޅިފުލެޓްތައް ހަވާލުކުރާނީ ސަރުކާރުން.
ޜައީސް ސާލިހުއަށް ކަރެޕްޝަން ދަސްކޮށްދޭންވެއްޖެއެއްނު. އަދިޚިޔާނާތްވެސް. ޤައުމު އިންޑިޔާއަށް އަޅުވެތިކުރުވީމަ އެއީ ބޮޑު ޚިޔާނާތް. ދައުލަތުގެ މުދާ ވަކިބަޔަކަށް ދޭވާހަ އަމިއްލައަށްޒިންވާންޖެހޭ ޕާޓީމީހުން ދެއްކީމަ އެއީ ކަރެޕްޝަން. ޕާޓީގެ އެެއްމެ އިސްވެރިޔަކީވެސް ސާލިހުއެއްނު.
ޝިފާޒު ކުރިން ބުނިހެން އެމްޑީޕީ މީހުންނަށް ދީފަތާ އެހެން ބަޔަކަށް ފްލެޓް ދެވޭނީ. އެމްޑީޕީގެ ސަރުކާރުގަ ފްލެޓް ލިސްޓުގަ ނަން އޮވެފަ ފަހުން ވީ ނުވީއެއް ނޭގި ނަން ގެއްލުނުގޮތަށް ޚަބަރެއް ނުވޭ. ކޮބައިބާ އަހަރެންގެ ހައްގު
މީތޯ ކޮރަޕްޝަނަށް ދޭނެކަމަށް ވިދާޅުވި ޒީރޯ ޓޮލެރަންސަކީ؟ ކަމާބެހޭ މުއައްސަސާތަކުން ނަޒާހަތްތެރިކަން ދައްކަވާ މި މައްސަލަ ބައްލަވާ ރައްޔިތުންނަށް އިންޞާފު ހޯއްދަވާ ދެއްވުމަށް ގޮވާލަން. ކޮބައިތޯ ރައީސް އުފެއްދެވި ކޮމިޝަން ތިބޭފުޅުން ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވައި އެފައިސާ އަނބިދަރީންނަށް ކާންދޭއިރު ރިޝްވަތުގެ މިފަދަ ޢަމަލުތަކަށް ބީރުކަންފަތެއްދީގެން ތިއްބެވުމަކީ ތިޔަ ބޭފުޅުންގެ ނަޒާހަތްތެރިކަމާމެދު އަޅުގަނޑުމެން ސުވާލު އުފައްދާކަމެއް. ތިހެން ނުތިއްބަވާ މިފަދަ ކޮރަޕްޝަންގެ ޢަމަލުތައް ސަރުކާރުތެރެއިން ހުއްޓުވުމަށް މަސައްކަތްކޮށްދެއްވުން އެދެމެވެ.
ތި އިބޫވެސް ދޮގެއްނޫނީ ނުހަދާނެ. ދިވެހިންގެ ސިކުނޑިތައް މަރުވެފަތަ ހުރީ. މިމީހުން ދުވަހަކުވެސް ތެދު ބުނިތަ؟ ވައުދެއްވެއްޖެއްޔާ އެއަށް ގަދަރު ކުރާނެ. ނުބައިކަމުގެ ލާމަސީލު ނަމޫނާ މޑޕ ގެ ތެރެއިންނާއި ސަރުކާރުގެ ތެރެއިން ފެންނަނީ.
ނަޒާހަތްތެރިކަން މިފެށެނީ ބަލަންތިބޭތި.
ބާޣީ ސަރުކާރުން މަގުމަތީ ހަޅޭއްލަވަން އުޅުނު މީހުނަށް ވަގަށް ފްލެޓް ބަހަން އުޅެނިކޮށް ފަޅާ އެރީމަ އަދިވެސް ރައްޔިތުންނަށް އޮޅުވާލަނީބާ؟؟ ވަކި ބަޔަކަށް ގުޅައިގެން ތިޔަ ޖަލްސާއަށް ގެންދާ ސަބަބެއް ރައްޔިތުންށަށް އިގެން ޖެހޭ . އިސްތިއުފާ ރައީށްމީހާ
އެތަނަށް ވަންނަން ހެޔޮނުވާނެ. ހަނދު ބޮޑުވާ މޫސުމުގައި، ހަދާ ސިހުރަކާ ބޮޑަށް ވަށްތަރުވަނީ. މިމީހުންނަކީ، ސިހުރުހަދައިގެން ކަންކަން ކާމިޔާބުކުރާ ބައެއް. ﷲ ގެ މަގުގައި ތިބި ބައެއްނޫން މިވެރިކަމުގައި މިއުޅެނީ.
އެމް.ޑީ.ޕީން ފުލެޓާއި،ގޯތި ހަވާލުކުރަނީ ޕާރޓީގެފައިސާގަ ޢިމާރާތްކުރައްވާފަތޯ ސަރުކާރުގެ
ޚަރަދުގައި ޢިމާރާތްކުރައްވާފައިވާތަނަކީ ހުރިހާ ރަށްޔިތުންގެ ފައިސާއިންއިމާރާތްކުރައްވާފައިވާ
ތަނަކަށްވާނެ ވީމާ ، އެމް.ޑީ.ޕީން ފުލެޓާއި،ގޯތި ހަވާލުކުރައްވާނަމަ ތިއީ މައްސަލައެއް ތިއީ
ކޮރަޕްޝަނުގެޢަމަލެއްކަމަށްބަލަ ތިކަންބައްލަވަންޖެހިލައްވާނެ
ތީތި ކަޑައޭ އެމްޑީޕީ.ވަރަށް ކަޑަ.ތި ވާނީ ކޮރަޕްޟަން ،ނާޖާއިޒު ގޮތުގައި ވޯޓަށް ނުފޫޒު ފޯރުވުން.މި މި މައްސަލަ ބަލަނީ ކޮންތާކުން؟