މާލޭ ރައްޔިތުންނަށް ފްލެޓާއި ގޯތި ލިބުނު ކަމުގެ ލިޔުން ހަވާލު ކުރަން އެމްޑީޕީން ދައުވަތު ދެމުންދާކަން ބޭޒާރުވުމުން އެމްޑީޕީން އެބައްދަލުވުމާއި ބެހޭ ގޮތުން ދައްކަމުން ގެންދިޔަ ވާހަކަތައް ބަދަލުކޮށްފިއެވެ.
ފްލެޓާއި ގޯތި ހަވާލު ކުރުމުގެ ދައުވަތު ދިނުމަށް އެމްޑީޕީން ފާއިތުވި ދެތިން ދުވަހު އެތައް ބަޔަކު ގުޅިކަން ބޭޒާރުވެ ފާޑުކިޔުންތައް އަމާޒުވުމުން އެމްޑީޕީގެ ތަރުޖަމާން އަފްޝަން ލަތީފް ރޭ "ރާއްޖެޓީވީ" އަށް މައުލޫމާތު ދެމުން ވިދާޅުވީ މީހުންނަށް ފްލެޓް ދޭނެ ކަމަށް ބުނެ އެމްޑީޕީން ނުގުޅާ ކަމަށާއި، އެކަމަކު ބުދަ ދުވަހުގެ ރޭ އޮތް ބައްދަލުވުމަކަށް ދައުވާތު ދީފައިވާނެ ކަމަށެވެ.
"މާދަމާ ރޭ (ބުދަ ދުވަހު) ކާނިވަލް ސަރަހައްދުގައި ނުވައެއް ޖަހާއިރު ވެށި ފަހި މާލޭ ޕްރޮގްރާމްގެ ދަށުން އެޖެންޑާ 19ގެ ދަށުން ކުރިޔަށްގެންދާނެ ގޮތުގެ މައުލޫމާތު ރައީސް ނަޝީދާއި މާލެ މޭޔަރު ޝިފާ މުހައްމަދު ދެއްވާނެ،." އަފްޝަން ވިދާޅުވިއެވެ.
ނަމަވެސް އިއްޔެ އަފްޝަން ވިދާޅުވީ ބޯހިޔާވަހިކަމުގެ ވައުދަކީ އެޖެންޑާ 19 ގެ އެންމެ ބިޔަ އެއް ވައުދު ކަމަށާއި ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައި ތިބި އެންމެންނަށް ހައްލެއް ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެއް ކަމަށެވެ. ރައީސްގެ އެ ވައުދާ އެއްގޮތަށް، އެމްޑީޕީގެ ކެންޑިޑޭޓުން ބޯހިޔާވަހިކަމުގެ ޔަގީންކަން ދެއްވަމުން ގެންދަވާ ކަމަށް އަފްޝަން ވިދާޅުވިއެވެ.
މަޖިލިސް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް އެމްޑީޕީން މާލޭގެ ރައްޔިތުންނަށް ފްލެޓާއި ގޯތި ހަވާލު ކުރަން ތައްޔާރުވެފައިވާ ކަމުގެ އަޑުތައް ފެތުރިފައިވާއިރު އިއްޔެ ރޭ އޮތް ކެމްޕޭން އެއްވުމެއްގައި ރައީސް ޞާލިހް ވިދާޅުވީ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެއް މާލޭ ސަރަހައްދުގައި ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ.
އެމްޑީޕީ ވެރިކަމަށް އައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ނާޖާއިޒު ފައިދާ ނަގައިގެން ޕާޓީގެ އެކްޓިވިސްޓުންނާއި އިސް ބޭފުޅުންނަށް ފްލެޓް ދީފައިވާކަމަށް ތަކުރާރުކޮށް ބުނުމަށް ފަހުއެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަމަށް 100 ދުވަސް (ސަރުކާރުން ގުނާ ގޮތައް) ނުވަނީސް އެމްޑީޕީން މިފަދަ ކަމެއް ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ކޮންފަދަ ކަމެއް؟ ކަދުރުފަދަ؟
މިވެރިންގެ ގަމާރު ކަމާއެވެ، ދޮގުހެދުމާއި އޮޅުވާލުމުގައި ކުރިއަރާފަހުރި ވަރާއެވެ.
ހިސާނަކީ ވަރަށް ނުބައި މީހެއް
ބަޅެއްގެ ނަގޫ ސަންފާ އޮނަކަށް ލިޔަސް ތެދުނުވާނޭ ބުނާ އުސޫލުން ރީނދޫ ބައިގަނޑު ދުވަހަކު ތެދެއް ހަދާނެތަ؟
100 ގެ ވާހަކައެއް. އެމީހުންނަށް ތެދުވެވެންވެސް މިހާރު ނޯންނާނެ. އެމީހުންގެ ވެރިކަން ވެއްޓުނު ދުވަހުގެ ފަހު ދުވަހު ނުކުމެ ގައުމުގައި ހުޅުޖަހައި، ޖެހިގެން އައި ދުވަސްތަކުގައި، އުސްފަސްގަނޑުގައި ފޭލިގެޖަހައިގެން، ހަނދުބޮޑުވާ ދުވަސްވަރާ ދިމާކޮށް ރަތް ހާ ލާއި ކާޅު ހަތިލާ، ޝައިޠާނާއަށް ގުރުބާންކުރީ އެމީހުންނަށް ވެރިކަން ލިބުމުން، އެޝައިޠާނާ އެދޭ ކޮންމެ ކަމެއް ކުރުމަށް. މިގައުމު ހަލާކު ކޮށްލަން އެ ޝައިޠާނާ އެދުމުން މަޖުބޫރުވާނެ އެކަން ކުރަން. ނޫނީ ފުރާނަ ދުއްވާލާނެ. މިކަން ޔަގީން ނުކުރެވޭނަމަ، ރާއްޖޭގައި އުޅޭ ސިހުރު ހަދާ މީހުން ކައިރީ އަހާާލާ. ނުވަތަ ޔޫޓިއުބުން ސަރޗް ކޮށްލީމަވެސް މިއީ ތެދުކަން އެނގިގެންދާނެ.
އޭގެ އަސަރުގަ ޖެހިފައެއްނު އިމްރާންމެން ފަދަ ބޭފުޅުންވެސް އެތިއްބެވީ. ގައިމު ރަނގަޅު ކިޔެވެއްޔެއް ކިޔަވަން ވެއްޖެދޯ އެމީހުންގެ މައްޗަށްވެސް؟
ތިޔައިމުނާފިގުންގެސިފަ ރައްޔިތުންވިސްނާ
މިއަދު ފެރީން ދިމާވި އައްޑޫ މީހަކު ބުނި އޭނަގެ ދަރިފުޅަށް ފްލެޓް ލިބޭނެ ކަމަށް ބުނިވާހަކަ އަދި ތިޔަ ދަރުބާރުގެއަށް ދާން ދަޢުވަތު މީގެ 2 ދުވަސް ކުރީން އޭނަގެ ދަރިފުޅަށް ފޯނުން ގުޅާފަ ދިންވާހަކަ. ޕާޓީ އެކްޓިވިސްޓުންނަށް ފްލެޓް ބެހީމަ ވަރަށް އިންސާފުވެރި އެހެންނޫންތަ؟؟؟ އަދި މީގެ ކުރިން ޕްލެޓް ލިބޭނެކަމަށް ޔާމީން ސަރުކާރުން ނިންމާފަވާ ލިސްޓުވެސް ބަދަލުކޮށް އެލިސްޓުގައި ނުހިމެނޭ ބަޔަކަށް ފްލެޓް ލިބޭނެކަމަށް ( ދަންނަ މީހަކަށް ފްލެޓް ދޭ ލިސްޓަށް ކުރިން ނެތި މިހާރު އަރާފަ އޮތީ) ލިސްޓަށް އަރުވާފަވޭ. އެހެންވީމަ މުޢިއްޒު ފްލެޓް ދިން ލިސްޓް އެން.ޑީ..ޕީ އިން ބަދަލު ކުރިކަން ވަރަށް ސާފުކޮށް އެބަ އިގޭ.
މި މީހުން ކޮންމެ ވާހަކައެއް ދެއްކިއަސް އެވާހަކަ ޤަބޫލުކުރާ ބަޔަކު އުޅޭތީ އެފަދަ ވާހަކަ ދައްކަނީ. މީކީ އަލަށް މިމީހުން ދައއްކާވާހަކައެއްނޫންކަން ނުދަންނަ ކުޑަކުއްޖަކުވެސް މިޤައުމުގައި ހުންނާނެހެނެއް ހީއެއްނުވެއެވެ. 2003 ވަނަ އަހަރުން ފެށިގެން ގ. ކެނެރީގެ މުޙައްމަދު ނަޝީދު ކިޔާމީހަކު އިސްކޮށް ހުރެގެން ހިންގަންފަށާފައިވާ ދިވެހި މުސްލިމުންނާ އިނދިކީލަ ފިކުރުތަކާއި މިޤައުމުގައި ފިތުނަ ފަސާދަ އުފައްދައި އާއިލާތަކާއި ދޭދޭ ފަރުދުންގެ މެދުގައި ހަމަޖެހުން ނަގާލުމަށް ކުރަމުންދާ މަސައްކަތަކީ ދުވާލު އިރުފެންނަ ފަދައިން އެންމެންނަށްވެސް އެގޭކަމެކެވެ. ނަމަވެސް މިއަދުކުރާނެކަމެއްނެތެވެ. ރާއްޖޭގެ ޢިލްމުވެރިންނާއި ރައްޔިތުންގެ ރުހުމާއި ލޯބި ލިބިފައިތިބި މީހުންވެސް މިއަދުވަނީ މި މަޅީގައިޖެހި ބާރުވެފައެވެ.
ޢަޖައިބު ނުވާނެތަ މި ނަޝީދު ކޮން ހައިސިއްޔަތެއް އޮތް މީހެއްތަ ރައްޔިތުންނާއި ގުޅޭ ކަންކަމުގަ ވާހަކަ ދައްކަން އަހަރުމެންގެ ރައީސަކީ އިބޫ އެވާހަކަ ދައްކާނީ އިބޫ
އިބޫއަކީ، ނަޝީދު. ނަޝީދަކީ އިބޫ. ނަޝީދުގެ އަނގައިން ފުރަތަމަ އެވާހަކަ ނުކުންނާނީ. ދިވެހިން ނުވަތަ އީސީ ޝަރީފު ވެރިކަން ހަވާލުކުރި އިބޫ ނަޝީދުގެ ވާހަކަ އެންޑޯޒް ކުރުމުން އެނިމުނީ. އެހިސާބުން ދިވެހިންގެ މައްޗަށް އެކަން އެއައީ.
ދޮގުހެދުމާއި މަކަރުވެރިކަން ދަސްކުރީ ޔަހޫދީންގެ ކަިބައިން .
ނަޒާހަތްތެރިަކން މިހާރު ފެންނަމުންމިދަނީ.
ލަދުން ބޯހަލާކު.
މިފަހަރު ރައްޔިތުން ވަރަށްވިސްނާތި ވޯޓުދުނުމުގައި އެހެނޫނީ ފަހުންދެރަވާނެ.
ލާދީނީ ކުރިއަރުވަންކުރާމަސައްކަތަށް ނޫނެކޭ ބުނަންޖެހޭ
ބޯހިޔާވަހިކަމުގެ ޔަގީންކަން، ސަރުކާރު ކޮބާ ބާވައޭ ބުނި ނަމަވެސްް އެމްޑީޕީ އަކީ މިހާރު ސަރުކާރު ހިންގާ މައިޕާރޓީ ކަމަށްވާތީވެ އެމްޑީޕީން ކިކް އޮފް ކުރާ ކަން ކަން ސަރުކާރުން ޖެހޭނީ ތަންފީޒު ކުރަންއޭ އެއީ ގައުމަށް ފައިދާ ކުރަނިވި ކަމެއް ކަމުގައިވާނަމަ އެގޮތުން މިހާރު މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ އެންމެންނަށް ގޯތި ދިނުމުގެ ޔަގީން ކަން އެމްޑީޕީގެ މެނިފެސްޓޯގައިވާ ގޮތަށް އެމްޑީޕީ އަށް ދެވޭނެއޭ ރައީސް އޮފީސް ޖެހޭނީ އެކަން އެގޮތަށް ކުރިއަށް ގެންދެވޭނެއޭ ގެންދާށޭ...
މިސަރުކާރުން ވެރިކަމަށް އައީ ދޮގުހަދައި އޮޅުވާލުމާ މަކަރާ ފަސާދަ (ވަގަށް ގޮވުން އާއްމުކުރުން) ތެރެއިން. އެމީހުން އިސްލާމް ދީން ހަލާކުކޮށްލާ މަޖްލީހުގެ ތެރެއިން ދީނުގެ މިނިވަންކަން ދިނުމަށާއި، ރައްޔިތުންގެ މުދާތައް އިންޑިޔާގެ ވިޔަފާރިވެރިންނަށް ދިނުމަށް ނެރެގެން އުޅޭ "ބޮޑު އެޖެންޑާ" ކާމިޔާބު ކުރުމަށްވެސް ނުހަދާނެ ދޮގެއް ނޯންނާނެ. ދިވެހިން މިހާރު ތަންފުކެއް ހޭލުންތެރިވާންވެއްޖެކަމަށް ފެނޭ.
ކޮބާ އެއްކަލަ ފްލެޓް ވަގު ޑރ. މއއޒ. ހާދަ އަޑެއްބަޑެއް ނީވެޔޭ
ޖަޒީރާވަންތަ މީހުން ބަހާއި އަމަލް ދިމާނުވާނެ. މައްސަލައެއްނޫން އެއީ. ކޮރަޕްޝަނާ ޖަހައިގެން ދުނިޔެ ކާން އުޅޭނީ
ބޯހިޔާވަހިކަމާއި މާލޭގެ މޭޔަރާއި ރައީސް ނަޝީދާ އޮތީ ކޮން ގުޅުމެއް. ގުޅުމެއް އޮތިއްޔާ އެއީ ގޯހެއް. ދައުލަތުގައި ވަކިން މިނިސްޓްރީއެއް ހަދާފައި އެތަނުގައި ތިޔަކަން ކުރަން މިނިސްޓަރަކު ލާފައި އެބަހުރި. އެކަމަށް ކުންފުނިތައް ހަދާފައި އެބަހުރި. އެހެން ބަޔަކު ނުކުމެ އެވާހަކަ ދައްކާނަމަ އެކަމުގައި ގޯހެއް އޮންނާނެ.
އިންތިހާބާއި ދިމާކޮށް މި މީހުން އެއްޗެހި ދޭނަމޭ ބުނީމާ އެ ނުވޭ ދޯ އެއީ ކަރަޕްޝަން އަކަަށް..ނޫނީ ރިޝްވަތަކަށް ވެސް...އެހެން މީހަކު ޖަމިއްޔާއަކަށް އެއްޗެއް ދިއްކޮށްލަން ބުނީމާ އޭސީ ސީ އަށާއި އިލެކްޝަންއަަށް އަށް މި ރޮނގާލިފަތި މައްސަލަ ހުށައެޅީ..ފަހެ މީ ބަލާއެއްތާ...
އެމްޑީޕީ އަކީ ދޮގާ މަކަރާ ހީލަތުން އުޅޭ ބައިގަޑެއް މުޅިންވެސް ނަންބަދަލުކުރުން ނޫންކަމެއްނުކުރެވޭނެ. ވިސްނާލުން މުހިންމު . މަދަނަ ހިންގަމުންދަނިކޮށް އާސަންދަ ކިޔާ ނަންބަދަލުކުރި ، ވިޓީސީ ކިޔަމުންދަނިކޮށް ހުނަރުޕްރޮގްރާމޭކިޔާ ނަންބަދަލުކުރީ . އެ ޑިޔުކޭސަން މެދުމަދަރަސި ތައުލީމު މަތީތައުލީމު ކިޔަމުންދަނިކޮށް ވަށާޖެހޭ ތައުލީމު ކިޔާ ނަންބަދަލުކުރި މުޅިންވެސް އޮޅުވާލުން މަކަރާ ހީލަތް ދޮގުހެދުން އެއީ އެމްޑީޕީ ގެ ސިފަ. މިހާރު މިކިޔާ އެޖެންޑާ19 އަކީ އެލިއުމުގާ ހުރި ކަނަކަމެއްނޫން އެޖެންޑާ19 އޮތީ ނަސީދު ގެ ހިތުގަ އޭނަ އިޔޫއަށް ވެފައިވާ ވައުދު ހަގީގީ އެޖެންޑާ19 އަކީ އެއީ ދީން ބަދަލުކުރުމާ އެއްޖިންސުން ކައިވެނިކުރުންފަދަ ކަންކަން ގައިމުކޮށްދިނުން.
ބަލަގަ އެމްޑީޕީވާނީ ހަމަ އެމްޑީޕީއަށްތާ! އެމްޑީޕީގެ އުފެދުން ބަލާބަލަ! ނުބަޔަކުން ރަނގަޅެއް ނުއުފެދޭނެ. ނުބައިން އުފެދޭނީ ހުސް ނުބައި.
ތީކީމަސް އަލަޔެއް ނޫން 1978 އަހަރު ފެއްޓި ގޯތިނުދީ ރަށްޔަތުން އަޅުވެތިކުރުމުގެ ސަގާފަތުގެ ދަށުން ރަށްޔަތުން ނިކަމެތިކޮށް ފަސޭހަކަމާއެކު ވޯޓް ހޯދަން ހިންގާ ޕުރޮގުރާމެއްތީ އެހެންވީމަ ކޮންމެ ސަރުކާރަކުންވެސް ބަލާނެ ތިކަން ދަމަހައްޓަން ރަށްޔަތުން މިކަމާ ހޭއަރަންވީ މިވެރިންނަށް ނޫނެކޭ ބުނަންކެރެންވީ މިވެރިން މިހާރު ބޭނުންވަނީ ވިޔަފާރި އުސޫލުން ފުލެޓްގެ ނަމުގައި ގެސްޓް ހައުސް އަޅައިގެން ރަށްޔަތުން ހޯދާމަދުފައިސާކޮޅު އަތިލާ ނިކަމެތިކުރަން ވިސްނަވާ 1978 އަހަރާ ހަމަޔަށް ނުހުންނާނެ ސަރުކާރަކުން އާއްމު ރަށްޔަތަކަށް ގޯއްޗެއް ވިއްކާ އަދި ކޮޓަރި ކުއްޔަށްދީފަކައެއް ސަރުކާރުން ރިސޯޓް ތަރައްގީ ކުރިއްޔާ މާގިނަ ރުފިޔާލިބޭނެ ވަޒީފާ އިތުރުވާނެ ރަށްޔަތުންނަށް ތަނަވަސް ކަމާއެކު އުޅެވޭނެ މީދޯ ހިދުމަތަކީ މިހާރު މިކުރަނީ ވިޔަފާރި ޙިދުމަށް ދޭނަމޭ ކިޔާފަ އަިސް
ރާއްޖޭގެ ކޮންމެ 100 ދިވެހިންގެ ތެރޭން 99 ދިވެހިން އެދެނީ މާލެ ސަރަހައްދުން 4 ހާސް އަކަފޫޓްގެ ބިމެއް އެމެންނަށް ލިބުމޭ މިހާރު ވެރިކަން ކުރަނީ އެއީ އެމްޑީޕީގެ %85 ހިއްސާ އޮވެގެން ކަމަށްވާއިރު އިބޫ ވެރިކަމަށް އައީ އެމްޑީޕީގެ މެމްބަރުންގެ ވޯޓް ސީދާ ގޮތެއްގައި ލިބިގެން ކަމަށްވާއިރު އެމްޑީޕީއިން ނެރެފައިވާ މަޖްލީސް މެމްބަރުންނަށް ބުނެވޭނެ އެމެން މާލެ ސަރަހައްދުން ބިން ދޭނެ ކަން ރިފަރ ޓު މެނިފެސްޓޯ އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑައި
މާލޭގައި ގިނަ ދުވަހު އުޅޭ މީހަަކަށްވާތީ. ވެށިފަހި ގެ ދަށުންވެސް ފްލެޓަށް ހުށަހެޅިން. ޝަރުޠު ހަމަވޭ. މާލޭ ދޢިރާގެ މީހުންނަށް ވޯޓު ނުލެވޭތީ ނުގުޅީތަ އަދި ނުވިތާކަށް އމޑޕ ން ގެންގުޅޭ ފްލެޓް ލިސްޓުގައި ނަންވެސް ނެތީތަ. ތަފާތުކުރުން ގެންގުޅޭ މިންވަރުދޯ.