އއ.ކުރަމަތީ ރިސޯޓުގެ ފަޅުތެރޭގައި އޮތް ލޯންޗެއް ސްޓާޓް ކޮށްލިތަނުން އިންޖީން ގޮވައި އޭގައި ރޯވެ އަޑިއަށް ހިނގައްޖެއެވެ.
މިހާދިސާ ހިނގީ މިއަދު ހެނދުނު އެވެ.
ފުލުސް ފުލުހުން ވިދާޅުވީ ފަތުރުވެރިން އުފުލަން ބޭނުންކުރާ އެ ލޯންޗު ގޮވި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 7:40 ހާއިރު ކަމަށެވެ.
ލޯންޗު ގޮވީ އޭގެ ކެޕްޓަން ލޯންޗުގެ އިންޖީނު ސްޓާޓްކޮށްލި ވަގުތު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ހާދިސާ ހިނގި އިރު އޭނާ ނޫން މީހަކު އެ ވަގުތު ލޯންޗްގައި ނެތެވެ.
ފުލުހުން ވިދާޅުވީ ލޯންޗުގައި ރޯވުމާއެކު ކެޕްޓަން މޫދަށް ފުންމާލި ކަމަށާއި އެހެންވެ، އޭނާއަށް ލިބިފައިވަނީ ކުދިކުދި އަނިޔާތަކެއް ކަމަށެވެ.
"އއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އޭނާ މިހާރު ވަނީ ދޫކޮށްލާފައި،" ފުލުހުން ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ލޯންޗްގައި އަލިފާން ރޯވީ ފަތުރުވެރިން ބަލައި ނައްޓާލި ވަގުތުއެވެ.
މިހާރު މީގެ ކިތަށް ލޯންޗު ގޮވައިފިބާ؟ އަޅެ ޚަބަރުގަ އެވާހަކަ ވެސް ހިމަނާލިނަމަ ދޯ؟ މި ކަމާ ދޭތެރޭ ގަ ޓްރާންސްޕޯޓު އޮތޯރިޓީ ކޮން ފިޔަޅެއްތޯ މިހާތަނަށް އަޅާފަ ވަނީ އަދި ކީއްވެތޯ މި މައްސަލަ ދިމާވަނީ އެބަ ބަލަން ޖެހޭނު! އެއީ ފަސިންޖަރުން ތިއްބަވެސް މި ކަހަލަ ކިތަންމެ ހާދިސާ އެއް އެބަ ހުރި ހިނގާފަ ދޯ؟ މީ އަސްލުވެސް ސްޓްރަކްޗަރަލް ޑިފެކެޓް އެއް ކަމަށް ބެލެވެނީ! ހަމަ އެހެން ބުނާއިރަށް ބުނާނެ، އޭގަ ތިބި ބަޔަކު ސިނގޭރުޓު ބޯން ތިބިއްޔޭ ފަޅޮލޭ!
ގޮވާނެ ހައްދުފަހަނެޅީން ގިނަވި ވަރަކަށް ގިނަ ލޯންޗު