ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން މައްޗަންގޯޅި މެދު ދާއީރާއަށް ވާހަދަ ކުރައްވާ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު (އިއްބެ) އަށް ތާއީދު ކުރައްވާކަން ޝެއިޚް އަހްމަދް ސަމީރާއި ޝެއިޚް އަލީ ޒާހިރު ހާމަކުރައްވައިފިއެވެ.
ޝެއިޚް އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިއްބެ އަކީ ރައްޔިތުންގެ މަޖިލީހަށް ވަރަށް އެކަށީގެންވާ ގާބިލް ބޭފުޅެއް ކަމަށެވެ.
"އިއްބެ އިސްލާމްދީނާއި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާނެ ކަމާއި މެދު ޝައްކު ނުކުރަން" ޝެއިޚް އަލީ ޒާހިރު ވަނީ ވިދާޅުވެފައެވެ.
@ibrahimjanab akee Rayyithunge Majilihah v ekasheegenvaa gaabilu beyfulheh. Islam dheenaai rayyithunge haggugai vakaalaathu kuravvaane kamaa medhu shakkeh neh. Alhugaduge heyo dhua vanee manikufaanaa eku. Allah kaamiyaabu minvaru kuravvaashi. Aameen. https://t.co/h4AcFK37U2
— Dr.Ali Zahir bin Saeed Gasim (@alizahirsaeed) April 1, 2019
ޓްވިޓާގައި ދީނީ ޢިލްމުވެރިޔާ ޝެއިޚް ސަމީރު ވެސް ވަނީ އިއްބެ އަކީ ރައްޔިތުން މަޖްލީހަށް ދީނީ ޢިލްމުވެރިންގެ މަޝްވަރާ ފޯރުކޮށްދެވޭނެ، ދޮރެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
އިބްރާހީމް މުޙައްމަދަކީ ރައްޔިތުން މަޖްލީހަށް ދީނީ ޢިލްމުވެރިންގެ މަޝްވަރާ ފޯރުކޮށްދެވޭނެ، ދޮރެއްކަމުގައި އަޅުގަނޑު ދެކެމެވެ. މާތް ﷲ ތިޔަ ބޭފުޅާއަށް ހެޔޮތައުފީޤު ދެއްވާށި!@ibrahimjanab pic.twitter.com/DttkZ2uTgU
— Ahmed Sameer (@Ahmadhsameer) April 1, 2019
މީސް މީޑިޔާގައި ދެ ޢިލްމުވެރިން ވެސް އިއްބެ އަށް ތާއީދު ކުރާކަން ހާމަކޮށް އިއްބެއަށް ކާމިޔާބަށް ވަނީ އެދިވަޑައިގެންފައެވެ. ޝެއިޚް ސަމީރާއި ޝެއިޚް އަލީ ޒާހިރު އިއްބެއަށް ތާއީދު ކުރައްވަން ނިންމެވި އިރު ކުރީގެ އިސްލާމިކް މިނިސްޓަރ ވެސް ވަނީ އިއްބެއަށް ތާއީދު ކުރައްވާ ކަން ހާމަކުރައްވާފައެވެ.
ކުރިއަށް އޮތް މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރާ އިއްބެ އަށް ތާޢީދު ކުރުމަށް ޕްރޮގްރެސިވް ކޯލިޝަނުންންވެސް މިހާރު ވަނީ ނިންމާފައެވެ.
އިއްބެ އަކީ، ޤާނޫނީ އަދި އިސްލާމީ ޝަރީޢާގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކޮށްފައިވާ ބޭފުޅެކެވެ.މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.
އުފާވެރި ޚަބަރެއް
އަަޅުގަނޑުގެ ތާޢީދުވެސް ހަމަ އިއްބެއަށް. އިންޝާﷲ މިފަހަރު ހޮވާނީ ހަމަ އިއްބެ.
އިންޝާﷲ މިފަހަރު ހޮވޭނީ އިއްބެ. އިއްބެއަށް ކާމިޔާބީއެއް އެދެން
ހިޒްބީން އެއްބަޔަކު އަނެއްބަޔަކަށް ތާއިދު ކުރާނެ
އަޅުގަނޑާ އަޅުގަނޑުގެ ޢާއިލާވެސް އިއްބެއަށް. މިއީ ވަރަށް ސަޅި ސިޔާސީ ބޭފުޅެއް. މިދެންނެވީ ޤައުމާ އިސްލާމް ދީނަށް ވަރަށް ރަނގަޅު ބޭފުޅެކޭ. އަދި ނުވިކޭނެ ބޭފުޅެކޭ
ބައިއަޅަނީތަ
އަޅުގަނޑުގެ ދުޢާއަކީވެސް މާތް ﷲ ގެ ހެޔޮ ރަޙުމަތާއެކު އިއްބެއަށް މި އިންތިޚާބުގައި ވަރަށް ފުރިހަމަ ކާމިޔާބީއެއް މިންވަރުކޮށްދެއްވުން.