ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑިއަށް އަބްދުﷲ ޖާބިރު އިންތިޚާބުވުމާއި ގުޅިގެން އެކަން ފާހަގަ ކުރުމުގެ ގޮތުން މިރޭ ގާފަރުގައި ހަވާ އަރުވަން ނިންމައިފިއެވެ.
ހަވާ އެރުވުން އޮންނާނީ މިރޭ 9:00 ގައި ގާފަރު ޖެޓީ ސަރަހައްދުގައެވެ.
މިކަމާއި ގުޅޭގޮތުން “ވަގުތު” އަށް މަޢުލޫމާތު ދެއްވަމުން ޖާބިރުގެ ކެމްޕެއިން މެނޭޖަރ ވިދާޅުވީ ހަވާ އެރުވުމުގެ ބޭނުމަކީ ޖާބިރަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުން ކަމަށާއި އެއީ އެ ދާއިރާގެ ރައްޔިތުން ބޭނުންވާ ގޮތް ކަމަށެވެ. އަދި މި ކާމިޔާބީ ފާހަގަކުރުމުގައި ދާއިރާގެ ހުރިހާ ރައްޔިތުން ބައިވެރިވުމަކީ ޖާބިރުގެ ކެމްޕެއިން ޓީމުގެ ވަރަށް ބޮޑު އެދުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
”މިރޭ ގާފަރުގަ ހަވާ އެރުވުން އޮންނާނެ. ރޭގަ ކާށިދޫގަ ހަވާ އެރުވީ. 1438 ބޮޑު ބެރު ގުރޫޕު މިރޭ އޮންނާނެ ގާފަރުގަ. ފޯރި ވަރަށް ގަދަވާނެ.” ކެމްޕެއިން މެނޭޖަރ ވިދާޅުވިއެވެ.
ޖާބިރު ވަނީ މީގެ ކުރިންވެސް އެ ދާއިރާގެ މެމްބަރުކަން ކުރައްވާފައެވެ. ދެ އަހަރުގެ މުއްދަތަށް މެމްބަރުކަން ކުރެެއްވީ ބައި އިލެކްޝަނެއް ކާމިޔާބު ކުރައްވައިގެންނެވެ. މިފަހަރުގެ އިންތިޚާބު ޖާބިރު ކާމިޔާބު ކުރެއްވީ އަމިއްލަ ގޮތުން ކުރިމަތި ލައްވައިގެންނެވެ.
ޖާބިރު ވަނީ އެ ދާއިރާގައި މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްތަކެއް ކުރިއަށް ގެންދާނެ ކަމުގެ ވައުދު އިންތިޚާބު ތެރޭގައި ވެވަޑައިގެންފައެވެ. ކާށިދޫ ދާއިރާގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއުތަކަށް މިސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރިހަމަ ތާއީދު ލިބޭނެ ކަމަށް ޖާބިރު ވިދާޅުވި އެވެ.
މިސޮރު ހަމަތޯބަލަން ވެއްޖެހެންހީވަނީ މިހާރު. ޢެމްޑީޕީއަށް 80 މިލިއަން ޑޮލަރު ޚަރަދުކުރިއޭ ކިޔައިގެން މޮޔަވާހަކަ ދައްކާނެ ކަމެއްނެތް. ފުރަތަމަ ގެންގުޅޭ މުވައްޒަފުންނަށް މުސާރަ ނުދޭއިރު ކޮންލާރިއެއް ހުންނާނީ ބަޔަކަށް ޚަރަދުކުރަން. މަހިތަށް އަރާ ދިޔާނާ އެހާތަންދޮރު އިނގޭ އެޑިއުކޭޓެޑު މީހަކު މީނައާއިއެކު އުޅެނީ ކިހިނެއްތޯ. މަޖިލީހަށް މިފަހަރުވެސް މީނަކަހަލަ ތަންދޮރު ނޭނގޭ ތިން ފައިސާވެރިއަކު އެބަތިބި. ޢެއީ ގާސިމާއި ސަން ސިޔާމުއާއި ރެޑްވޭވް ސަލީމު.
މިތިބީ ބަލަން ! ކަލޭ ގާފަރާއި ކާށިދޫ ، ކޭބަލް ކާރުން ގުޅާތަން ! ފޮނިކެޑިއަސް ތިމާގެ ފެންވަރުން ފޮނިކަޑާބަލަ ! މީގެ ކުރިން ތިކަހަލަ ކުލަހުވަފެން ދިވެހިންނަށް ދެއްކީ ފޭލްވެގެން ދިޔަ " ޝައިނީ " ހީވި ދެންމެ ދެންމެ ތެޔޮފީފާތަށް އެކްސްޕޯރޓް ކުރަން ފަށަނީއޭ ! އެކަމު ދިޔައީ ފުއްވަޅުން ! ކަލޭވެސް ކާށިދޫގައި ދެތިން ބާރ އެއް ހަދާފާ ފަސްއަހަރު ހަމަވާން ކައިރިވީމާ ރަށުގެ ރައްޔިތުންނަށް އޮޅުވާލަން ކޮންމެވެސް މޮޅު ވާހަކައެއް ދައްކާނެ ކަމީ ޔަޤީން ކަމެއް !
އަލްޖިބްރާ އަށް .. ތީ އެއްވެސް ކަމެއްނޫން .. މާދަންވެސް ސަރުކާރުގެ މުއައްސަސާ އަކަށްސިޓީފޮނުވަންވީ ، ކޭބަލްކަރ ހިދުމަތް ފެށުމައް ކާށިދޫއާއި ގާފަރާ ދެމެދު ، ދެން ސަރުކާރުން ޖަވާބުދޭނެ ތިފަދަ ހުއްދައެއް ދެވޭކައްނެތޭ ، އެނިމުނީނު .. ސަރުކާރުން ހުއްދަ ނުދީގެން ނުފެށިފަތާ އޭރުން އެއޮތީ