ރާއްޖޭގައި ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދައުލަތުން މަހަކު 35000 ރުފިޔާ ދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ ކަމާއި ގުޅުންހުރި ކޮމެޓީން ނިންމައިފިއެވެ.
ނައިބު ރައީސުންނަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތާއި ގުޅޭ ބިލް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އޭދަފުށީ ދާއިރާގެ މެމްބަރ އަޙުމަދު ސަލީމެވެ.
ބިލްގައިވާ ގޮތުން ނައިބު ރައީސްކަން ކުރެއްވި ބޭފުޅަކު ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، އޭނާގެ މައްޗަށް ނިހާއީ ހުކުމެއް އަންނަ ވަގުތުން ފެށިގެން އޭނާ އަށް ބިލުން ލިބޭ އެއްވެސް ރައްކާތެރިކަމާއި އިނާޔަތެއް ނުލިބޭނެ އެވެ.
އޮގަސްޓް 7، 2008 އިން ފެށިގެން އަމަލު ކުރަން ފެށި ގާނޫނުއަސާސީގެ ދަށުން ނައިބު ރައީސް ކަން ކުރި ބޭފުޅަކަށް އިނާޔަތާއި ރައްކާތެރިކަން ލިބޭނެ ކަމަށް ބިލްގައިވެ އެވެ.
ނައިބު ރައީސުންނަށް ދޭ އިނާޔަތާއި ރައްކާތެރިކަން ލިބޭނީ ބިލަށް އަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން ކަމަށް ވެސް ސަލީމް ހުށަހެޅުއްވި ބިލަށް ކޮމިޓީން ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނެ އެވެ.
ކުރީގެ ނައިބު ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ލިބޭ ބިލެއް މަޖިލީހަށް ހުށަހެޅި އިރު، ނައިބު ރައީސްކަން ކުރެއްވި ފަސް ބޭފުޅަކު މި ވަގުތު ދުނިޔޭގައި އެބަތިއްބެވި އެވެ.
އޭގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައިވާތީ އޭނާ އަށް އިނާޔަތާއި ރައްކާތެރިކަމެއް ނުލިބޭނެ އެވެ. އަދި ކުރީގެ ނައިބު ރައީސް ޑރ. މުހަންމަދު ވަހީދު ފަހުން ރައީސްކަން ކުރައްވާފައި ވާތީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ ކުރީގެ ރައީސުންގެ އިނާޔަތްތަކެވެ.
ބިލް ފާސްވެ، ރައީސް ތަސްދީގު ކުރައްވައި، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެން އިނާޔަތާއި ރައްކާތެރިކަން ލިބިވަޑައިގަންނަވާނީ މުހައްމަދު ވަހީދުއްދީނަށާއި ޑރ. މުހައްމަދު ޖަމީލް އަހުމަދަށާއި އަބްދުﷲ ޖިހާދަށެވެ. އަދި މިހާރު ހުންނެވި ނައިބު ރައީސް ފައިސަލް ނަސީމަށް ބިލުން އިނާޔަތާއި ރައްކާތެރިކަން ލިބޭނީ ކުށްވެރި ނުވެ، މަގާމުން ވަކިވެ ވަޑައިގަންނަވާ ހިސާބުންނެވެ.
މީގެ އިތުރުން، ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ޞިއްހީ ފަރުވާ ފޯރުކޮށްދިނުމާއި ގުޅޭ ގޮތުންވެސް މި ބިލްގައި ވަނީ ގޮތްތަކެއް ކަނޑައަޅާފައެވެ.
ސާބަހޭ މިސަރުކާރަށް ގިނައިންލިބޭމީހުންނަށް ގިނައިންބަހާފަދީ ދައުލަތުގެބަންގާޅުންގެ ގޮތުގައިތިބޭ ސިވިލްސާވަންޓުން ބަޑަށްޖައްސާ ހަރާބުކުރޭ ދައުލަތުން އިތުރުޓެކުހެއްނަގަންފެނޭ ނޫންނަމަ ސިޔާސީމީހުންނާއި ކޮމިޝަންދެވޭ މުސާރަ ބޮޑުކުރަންއިދަގުވާނެ
މިސަރުާރުން މިއައީ ވަރަށްގިނަވަޢުދުތަކެއްވަމުން އެވަޢުދުތައް މިހާރު ފުދެމުންދާތަން ވަރަށްބޮޑަށް އެބަފެނޭ މިކާށިދުއަށްބަލާލިއަސް އެކަން ޤަބޫލުކުރެވޭނެ ރައިސްޔާމީނުގެ ދައުރުގައިފެށި ނަރުދަމާ މަސައްކަތް 60 އިންސައްތަ މަސައްކަތް ނިމުނުފަހުން މިހާރުމިވަނީ ހގުއްޓިފައި ރައިސްޔާމީނުގެ ދައުރުގައި ފެށި ނެރުމަގު ކޮނުމުގެ މަސައްކަތް 60 އިންސައްތަ ނިމުނުފަހުން މިވަނީ ފިނިހަކި ދުވެއްޔަށްވެ ހުއްޓުމަކާއި ކައިރިވެފައި ރައިސްޔާމީނުގެ ދައުރުގައި ނިންމަން މަސައްކަތްފެށި މިސްކިތް ފައިސާނުލިބިގެން މިހާރުވިވަނީ ހުއްޓުމަކަށް އައިސްފަ މިއީ ރައިސްޔާމީނުގެ ދައުރުގައި މަސައްކަތްފެށި ޓޫރިސްޓް ވިލެޖު މަސައްކަތް ހުއްޓިފައި ރައިސްޔާމީނުގެ ދައިރުގައި އަމިއްލަ ދެކުންފުންޏަކުން ފެށިދެމަސައްކަތް ސިޓީހޮޓާ ޕްރަޖެކުޓާއި ހުއިފިލަނޑާ އާލާކުރުމުގެ ޕްރަޖެކުޓު ،ބޭންކުން ލޯނުނުލިބުމުގެ ސަބަބުން މިވަނީ ހުއްޓިފައި މިއީ ތޯތޯ އެއްނޫން ލޮލުންބެލީބަ ފެންނާނެ މީޑިޔާތަކުން އައިސްމިކަންކަންބަލާޚަބަރުތައް ހަދާދީބަލަ މިކޮމެޓުން ނުޖަހާނެކަންވެސް އެނގޭ ވަގުތަކު އެހާހިއްވަރެއްނުހުންނާނެ
ތިކަމެއްނު ކިރަންވީ އެންމެން ވެގެން! ޜައްޔިތުން ހާދަހާލެއްގަ އޭ އުޅެނީ ތިބޭފުޅުން ތިން ހަތަރު ތަނުން މިސާރަ ނަގާއިރު!
މި ސަސްޓެއިން ކުރާނީ ކިހިނެއް؟ މަޖްލިސް މެމްބަރުން ނަށް ވެސް އެބަ ދޭންޖެހޭ މުސާރަ 2 ދައުރު ހަމަ ކޮށްފިއްޔާ އުމުރު ދުވަަހަށް...
ރައްޔިތުންގެ މަޖްލިހަށް ހީވާކަހަލަ ދިވެހިދައުލަތުގެ މާލިއްޔާ ގައި ހުރި ފައިސާކޮޅަކީ އެއީ ރައްޔިތުންގެ މަޖްލިހުގެ މެންބަރުން ހިތައްއެރި ގޮތަކަށް ހިތައްއެރި ބަޔަކަށް ބަހާ ތަޅާ ބުރުވާ ހުސްކުރަން ހުރިއެއްޗެކޭ ދޮތަ؟ ކޮބާ ކަލޭމެންގެ ލަދުހަޔާތް އޭނ....؟؟ ކަލޭމެން ނަކީ މާ މަތީ ބަޔަކަށްވާތީ އަމިއްލައަށް ބޮޑުމުސާރައެއް ކަނޑައަޅައިގެން ތިބެފަ ދައުރުނިމުނީމާ އަލުން ނުހޮވުމުން ދައުލަތުން ކަލޭމެންނަށް މުސާރަފުޅެއްދީ، އަނެއްކާ ވަޒީރުކަން ޒަމާނެއްގެ ކޮޅުން ކުރިމީހަކަށްވެސް މުސާރަފުޅެއްދީ، ރައީސުލްޖުމްހޫރުއްޔާ އަށާ އޭނާގެ ނައިބުކަންކުރިހާ ބަޔަކަށް މުސާރަފުޅެއްދީ ގެޔާ ކާރާ އޮފީސްހިންގާން އިމާރާތެއްދީ ދެން ސަލާމަތެއްނެތެއްނު؟
މިއޮތީ ވާގައުމެއް. ސްޓޭޓް މިނިސްޓަރަކަށް ވެސް މިލިބެނީ 35 ހާސްރުފިޔާ. އިރެއްގަ ނައިބު ރައީސްކަން ކުރިއެކޭ ކިޔާފައި ނުޖެހޭ ދަތުރުފަތުރާއި ބޭހާއި ވީއައިޕީ ސާރވިސް ދޭކަށް، މިއީ މަޖިލީހުން ތި ބިލްފާސްކުރި މީހުންގެ ތަރިކަ މުދަލުން ދޭ އެއްޗެއްނޫން. މިއީ ދިވެހި ރައްޔަތުން ގައިން ދާއޮހޮރުވައިގެން ހޯދާ ފައިސާ އިން އެމީހުންދައްކާޓެކްސް ފައިސާ.
ކިހާބޮޑު ބަލާއެއްމިދެން! ރައްޔިތުންގެ ޓެކްސް ފައިސާ މަހުޖަނުންނަށް...ނޫނޭވާ ގޮތްކުޑަ ބައެއް ސިޔާސީ މީހުނަކީ!
މި ގައުމަށް ޖެހިފަ އޮތް ވަބާއެއް ތީ
ހާދަ ސަޅިއޭ.. މުއްސަންދިން އިތުރައް މުއްސަންދި
ސަހަރޯ މީހަމަ މި ނާއިބުން ނަށް ދޭން ޖެހޭ ފައިސާ ތޯ ރައްޔިތުން ބަނޑަށް