ޝަރީޢަތް ނިމެންދެން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ފާރިސް އާއި ސިޔާދުވެސް ހައްޔަރުކޮށްފައިވާއިރު، ފާރިސްގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ ކްރިމިނަލް ކޯޓުގައި އުފުލާފައެވެ. އަދި ސިޔާދުގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ވަނީ އުފުލާފައެވެ.

ސިޔާދުގެ މައްޗަށް ދައުވާ ކޮށްފައިވަނީ ވިލާ ކުންފުނިން ދީފައިވާ ލިޔުމެއްގައި އުއްތަމަ ފަނޑިޔާރު ސައީދާއި ފަނޑިޔާރު އަލީ ހަމީދު ބޭރުގައުމަކުން ގަނެފައިވާ މުދާތަކަކަށް ފައިސާ ދައްކަން 2.4 މިލިއަން ޑޮލަރު ދީފައިވާ މައްސަލައިގައެވެ.

ފާރިސް މައުމޫނު އަދި ސިޔާދު ބަންދުގައި ބަހައްޓަން އަމުރު ކުރިއިރު، ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފައެވެ. މީގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައިވާ ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކުރީގެ ރައީސް މައުމޫންގެ މައްޗަށް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ، ޤާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިން ކަމުގެ ތުހުމަތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާއާއާއާ

    އެންމެން "ޓެރަރިސްޓުންނަށް" ހަދާތީ ޕީޖީ ދެކެ ހިތްހަމަނުޖެހިއްޖެ ނަމަވެސް އޭގައި ޕީޖީ ކުރާނެ ކަމެއް ނޯންނާނެއޭ އެއީ ޓެރެރިޒަމް އާއި ބެހޭ ގާނޫނުގައި އޮންނަ ގޮތަށޭ ޕީޖީ އޮފީހުން ދައުވާ ކުރަނީ ދެން ތަމެން ނޮން ޓެރެރިސްޓް އާއި ބެހޭ ގާނޫނެއް މަޖްލީހުން ފާސް ކުރަންވީއޭ އަބަހައްދަވޭ ވާހަކަ ނުދައްކާ. ތަމެން ޖުޑިޝަރީ ތެރޭން ކޫ އެއް ގެނެސް ގެން އެމްޑީޕީގެ ހަރުގެ ދޮށަށް މީހުން އެއްކޮށްގެން ފަޔަށް ހިނި އަރައިގަނެގެން އުޅޭ އެއްޗެހި ތަކެއް ގޮތަށް އުޅުނު އިރުވެސް މަމެންނަށް އިނގެއޭ އެކަން ތަމެން އަތަށް ކަން ގޮވާނީ. ރަންރީނދުލޭ މެންނޭ އައި އޭމް ވޮންޑަރިންގް ކޭން ޔޫ ވިން ފްރޮމް އަސް ކޭން ޔޫ ބީ އާއާ ކޭން ޔޫ ބީ އާއާ ކޭން ޔޫ ބީ އާއާ އާއާއާއާ އާއާއާއާ އާއާއާއާ...

  2. ނަޒުމްމިއާ

    ޥެރިކަންނިމެންދެން ބަންދުކޮއްދިނުމައް އެދޭނަމަ ތިކަމުގައުޅުއްވާ ކުދިންނައްކިހާފަސޭހަވާނެ