އެމްއާރްއެމްގެ ސްލޮޓްތަކުގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ގިނަ މެންބަރުންތަކެއް މިއަދު އެ ޕާޓީން އިސްތިއުފާ ދިން ނަމަވެސް ޕާޓީގެ އެދުމަކީ އެ މެންބަރުން ސަރުކާރުގެ މަގާމުތަކުގައި ދެމިތިބުން ކަމަށް އެމްއާރްއެމް އިން ބުނެފިއެވެ.

އެމްއާރްއެމް އިން މިއަދު އިސްތިއުފާ ދިން ބޭފުޅުންގެ ތެރޭގައި އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރ ތަޒްމީލް އަބްދުއްސަމަދު، އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު، މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރ ޝަޒައިލް ޝިޔާމް، ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރ އަބްދުލްހަމީދު އަހްމަދު، ސީނިއާ ޕޮލިސީ ޑިރެކްޓަރ އިބްރާހިމް ފަރުހާދު، ހެރިޓޭޖް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ އިސްމާއިލް ނާއިލް ނަޝީދު, އަބޫދާބީގެ ޑެޕިއުޓީ އެމްބެސެޑަރ މުހައްމަދު ފައިސަލް އަދި އެކްސްކޯ މެންބަރު ހަސަން ހައްޔާން އަހްމަދު ހިމެނެއެވެ.

އެމްއާރްއެމް އިން ނެރުނު ބަޔާނެއްގައި ބުނީ އެބޭފުޅުން ފުއްވަމުން ގެންދަވާ ސަރުކާރުގެ މަގާމުތަކުގައި އެބޭފުޅުން ތިއްބެވުމަކީ އެމްއާރްއެމް އިން އެދޭގޮތް ކަމަށެވެ.

އެމްއާރްއެމް އިން ބުނީ އެޕާޓީން އަދިވެސް މަސައްކަތް ކުރަމުން ގެންދާނީ ރައްޔިތުންގެ މަސްލަހަތުގައި ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމަށް ކަމަށެވެ.

މެންބަރުން ހަމަނުވެގެން މިހާރު ވެސް "ނޭވާ ހޮޅިއަށް" އެޅިފައި އޮތް އެމްއާރްއެމްގެ ކައުންސިލް މެންބަރުންގެ މެދުގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވުން އުފެދި، ޕާޓީގެ ސީނިއާ މެންބަރުންތަކެއް ޕާޓީން އިސްތިއުފާ ދޭން ތައްޔާރުވި ޚަބަރު ފުރަތަމަ އާއްމުވީ މިދިޔަ ހަފްތާގައެވެ.

ޕާޓީގެ އެތެރޭގައި ހިޔާލު ތަފާތުވުން އުފެދިފައި ވަނީ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ގެންނަން އެމްޑީޕީ އާއި ކޯލިޝަން ހަދާނީތޯ ނުވަތަ ނޫންތޯ އާއި ގުޅޭ ގޮތުން ކަމަށް ވެއެވެ.

އެމްއާރްއެމް އުފެއްދުމުގައި އެންމެ އިސްކޮށް ހުންނެވި މިނިސްޓަރ ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ބޭނުންވަނީ ރައީސް ސޯލިހް އާއިއެކު ދެމިތިބޭށެވެ. ޔުމްނާގެ އިތުރުން ކައުންސިލްގައި ތިއްބެވި ސަރުކާރު މަގާމުތައް މިހާރު ވެސް ފުރުއްވާ ބޭފުޅުން ބާރުއަޅުއްވަނީ ވެސް އެގޮތަށެވެ.

ނަމަވެސް ޕާޓީގެ ރައީސް ފާރިސް މައުމޫން އާއި ފާރިސްގެ ކޮންޓްރޯލް އޮތް ކައުންސިލް މެންބަރުން ބާރުއަޅަނީ ކޯލިޝަނުން ވަކިވެ، އެހެން ޕާޓީއަކާއި ކޯލިޝަން ހަދާށެވެ. ނުވަތަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވަކިން ވާދަކުރާށެވެ.

އެމްއާރުއެމްގެ ސްލޮޓުގައި ކެބިނެޓުގައި ތިއްބެވި ޔުމްނާ އާއި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވެސް އެމްއާރްއެމްގެ ސިޔާސަތުތަކާއި މިހާރު ދެކޮޅު ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދަރަނި ދަންތުރަ

    މި ކޮންތާކު މޮޔައެއް މަގާމު ދޫނުކުރަންވެގެން ޕާޓީ ދޫކޮށް ދިޔައީ

    12
    1
  2. އާދަނު

    މަތި އޮމާންކުރަން ސަޅި ވަހަކައެއް ތީ! ބަލަގަ މަޤާމު ދިފާޢުކުރާކަށް ނޫންތަ ޕާޓީން ވަކިވީ؟

  3. އާދަނު

    މަތި އޮމާންކުރަން ސަޅި ވަހަކައެއް ތީ! ބަލަގަ މަޤާމު ދިފާޢުކުރާކަށް ނޫންތަ ޕާޓީން ވަކިވީ؟
    ޔާމީނާއެކު ހުރިނަމަ 2023 ގެ ރައީސަކީ ތިޔައީ! އަވަސް އަރުވައިލީ ހިތުން މޮޅުތަކެއްވާނޭކަމަށް!

  4. އިއްބެ

    މީތަ 12 މެމްބަރުން ގަންނަން ރުފިޔާގޯނި ހިފައިގެން ހިނގި ގޮލަޔަކީ؟

  5. އާދަންބެ

    ހެހެހެ. ކަސޯޓީ ކުޅެންނަހައްދަވާ. އެނގެންވާނެ ޕާޓީއާ އެމީހުން ގުޅުނީ ވަޒީފާ ހޯދުމަށްކަން. ދެންކޮން އެހެންކަމެއް ތި ޕާޓީތެރޭން އެމީހުނަށް އޮތީ؟

  6. ހުވަދޫ އަލިބެއްޔާ

    ހެހެހެހެހެ..

  7. ޣާޞީ

    ޕާޓީވަކިވީމާ ދެން އަނެއްކާ ދަލުބޭރުންޖެހިގެން ވާހަކަ ނުދެއްކުން އެދެން