ކުރިއަށް އޮތް ރޯދަ މަހު މަރުކަޒީ ބޭންކު (އެމްއެމްއޭ)ގެ ހިދުމަތް ދޭނެ ގަޑިތައް މިއަދު އިއުލާނުކޮށްފިއެވެ.

އެމްއެމްއޭއިން ވިދާޅުވީ އަންނަ ރަމަޟާން މަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު އެއޮތޯރިޓީ ހުޅުވާފައި ހުންނާނީ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށްކަމަށެވެ.

އަދި މި ދުވަސްތަކުގައި އެ ބޭންކުން ބޭންކިންގގެ ޚިދުމަތުގެ ދަށުން ފައިސާ ބަލައިގަނެ ދޫކުރުމުގެ ހިދުމަތްދޭނީ ހެނދުނު 09:30 ހުން މެންދުރު 12:30 އަށް ކަމާއި، އަދި ވަކިލާރި ބަލައިގަނެ ދޫކުރާނީ 09:30 ހުން ފެށިގެން 11:00 އާއި ހަމައަށްކަމަށް ހާމަކޮށްފައި ވެއެވެ.

އެމްއެމްއޭއިން ބުނީ ރަމަޟާންމަހު އެ ބޭންކުން ސިޓީ އާއި ތަކެތި ބަލައިގަންނާނީ ހެންދުނު 09:30 ހުން ފެށިގެން 12:00 އަށް ކަމަށެވެ.

ރޯދަ މަހާއި ދިމާކޮށް ރާއްޖޭގެ ހުރިހާ ބޭންކަކުންވެސް ޚިދުމަތްތައް ދެމުން އަންނަ ގަޑިތަކަށް ބަދަލުގެނެއެވެ.