"ކުރީގެ މެންބަރުންގެ ރިޒްގަށް ހުރަސް އަޅާނަން ކަމަށް އީވާ ބުނެފި" ސުރުހީގެ ދަށުން "ވަގުތު" ގައި ޚަބަރެއް ގެނެސްދީފައިވާ ކަމަށް ދޭހަކޮށްދިނުމުގެ ބޭނުމުގައި މީސް މީޑިއާގައި ދައުރު ކުރަމުންދާ ސްކްރީން ޝޮޓަކީ ފޭކް ސްކްރީން ޝޮޓެއް ކަމަށާއި އެފަދަ ޚަބަރެއް "ވަގުތު" ގައި ގެނެސްދީފައި ނުވާނެ ކަމަށް "ވަގުތު" އިން ބުނެފިއެވެ.

"ވަގުތު" ގެ އޮފިޝަލަކު މިއަދު ވިދާޅުވީ މަޖިލިސް މެންބަރު އީވާ އާއި އަދި އެހެން މެންބަރަކާއި ގުޅޭ ގޮތުން ވެސް އެފަދަ ޚަބަރެއް "ވަގުތު" ގައި ގެނެސްދީފައި ނުވާނެ ކަމަށެވެ.

"މިއީ "ވަގުތު" ގެ އަގު ވައްޓާލާ، "ވަގުތު" އާއި މެދު މީހުންގެ ހިތުގައި ރުޅިވެރިކަން އުފެދުމުގެ މަޤުޞަދުގައި ބަޔަކު ކުރަމުން ގެންދާ ކަމެއް. އަޅުގަނޑުމެން އެފަދަ ޚަބަރެއް ގެނެސްދީފައެއް ނުވާނެ." ވަގުތުގެ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން "ވަގުތު" އަށް ދަތިތައް ކުރިމަތިކޮށް، ޖެއްސުން ކުރުމުގެ ސިލްސިލާ މަސައްކަތްތަކެއް ބަޔަކު ފަށާފައިވާ ކަމަށާއި ނަމަވެސް އެއީ "ވަގުތު" ގެ މަސައްކަތައް މަޑުޖެހުމެއް އަންނާނެ ކަމެއް ނޫން ކަމަށެވެ.

"އެންމެ އަވަހަށް ޚަބަރާއި މައުލޫމާތު ގެނެސްދޭ ނޫހުގެ މަގާމު އަޅުގަނޑުމެން ދަމަހައްޓާނަން. މިފަދަ ފޭކް ސްކްރީން ޝޮޓްތަކެއް ދައުރުކޮށްގެން ހާސިލް ވާނެ އެއްވެސް ކަމެއް ނޯންނާނެ." އޮފިޝަލް ވިދާޅުވިއެވެ.

"ވަގުތު" އަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ޒިޔާރަތް ކުރާ އެއް ވެބްސައިޓެވެ. ކޮންމެ ދުވަހަކު އެވްރެޖްކޮށް "ވަގުތު" އަށް ދޮޅު ލައްކަ އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރއެވެ. އަދި މިހަފްތާ ފެށުނު ފަހުން ކޮންމެ ދުވަހަކު "ވަގުތު" އަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު ވަނީ ދެލައްކަ އަށް ވުރެ ވެސް އިތުރު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ސިޒާ

  އެންމެ ސަޅި ނޫހަކީ ވަގުތު.

  67
  35
 2. ބިންގޯ

  ވަގުތުގެ ހަބަރުތައް ވަރަށް ސަޅި

  58
  22
 3. ހަގީޤަތް

  ވަގުތު ދިވެހިންގެ ނޫސް، އެންމެންގެ ނޫސް، ދިވެހިން ތިބީ ވަގުތު ނޫހާއެކު

  52
  19
 4. ޒާހިރު

  ވަގުތު ބަރާބަރު

  48
  19
 5. ޖާބިރު

  ވަޤުތުގެނޫސްވެރިން ވަކިފަރާތަކައްބުރަނުވެ ޚަބަރުތައްގެނަސްދިނުމައް ތިކުރައްވާބުރަމަސައްކަތައް ފައްފަށުންޝުކުރިއްޔާ

  40
  11
 6. ޑީ

  އަޅާނުލާ ޖޭ ވާ މީހުން އުޅެނީ އެހެން.

  6
  1
 7. މަރީ

  ސާބަހޭ ވަގުތު ކުދިންނަށް... ތިޔައީ ހަމަ ނަންބަރ ވަން ނޫސް.. އެއުޅެނީ ހަޖަމް ނުވެގެން. އެއްގޮތަކަށް ވެސް ފަހަތަށް ނުޖެހޭތި... އަޅުގަނޑުމެން މި ތިބީ ވަގުތާއެކު. ވަގުތާ ހަމައަށް އާދެވޭނެ ނޫހެއް މިވަގުތު ރާއްޖޭގައި ނެތް..މެނޭޖްމެންޓަށް ވެސް ސާބަސް..

  14
  5
 8. ހަސީނީ ސައީދު

  ދަރިފުޅާ ތިޔަކުރައްވާ ހިތްވަރު ގަދަ ގައުމީ ޖިހާދަށް ވަގުތުގެ ކިޔުންތެރިއެއްގެ ހައިސިއްޔަތުން މަރުހަބާ ދަންވަމެވެ.

  15
  4
 9. ހިށަަަ

  ވަގުތު ބަރާބަރު

  14
  6
 10. ނުރަބޯ

  ވަކި އަތަކަށް ނުޖެހި ޒިއްމާދާރު ނޫސްވެރިކަމެއް ކުރާ ނޫހަކީ ހަމައެކަނި ވަގުތުނޫސް.